ހުޅުމާލޭގައި ގަރާޖު ހިންގަން ބިން ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭގައި ގަރާޖު ހިންގަން ބިން ދޫކުރަން ހުޅުވާލައިފި

މާލޭގައި މިހާރުވެސް ގަރާޖު ހިންގަމުންދާ ފަރާތްތަކުގެ ތެރެއިން، ހުޅުމާލޭގައި ގަރާޖު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން 23 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެ ބިންތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ މި ބިންތައް ކުއްޔަށް ހިދުމަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި، އެ ބިންތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވަނީ ތިން ޝަރުތެކެވެ.

އެއީ، އެ ކޯޕަރޭޝަނަށް އެއްވެސް މިންވަރަކަށް ފައިސާ ދައްކަން ޖެހި، އެފައިސާ ނުދައްކާ އޮތް ފަރާތެއް ކަމުގައި ނުވުމާއި، ފޯމު ހުށަހަޅާ ފަރާތަކީ އުމުރުން އަށާރަ އަހަރުވެފައިވާ ފަރާތަކަށްވުމާއި، އެ ފަރާތަކީ މިހާރުވެސް މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތް ކުރަމުންދާ އަމިއްލަ ފަރުދެއް ނުވަތަ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްގެން ގަރާޖު ހިންގަމުންދާ ފަރާތެއް ކަމުގައި ވުމެވެ.

ހުޅުމާލެއިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ބިންތަކުގެ ކުރެހުމެއް -- ފޮޓޯ އެޗްޑީސީ
ހުޅުމާލެއިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ބިންތަކުގެ ކުރެހުމެއް -- ފޮޓޯ އެޗްޑީސީ

ހުޅުމާލެއިން ކުއްޔަށް ދޫކުރުމަށް ހުޅުވާލި ބިންތަކުގެ ކުރެހުމެއް -- ފޮޓޯ އެޗްޑީސީ

ބިންތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު، އެ ކޯޕަރޭޝަނުގެ ވެބްސައިޓުންނާއި ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީހުގެ ރިސެޕްޝަނުން ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މި އިއުލާނާ އެކު ވަނީ ހުޅުމާލޭގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގައި ގަރާޖު ހިންގޭނެ ގޮތުގެ އާންމު އުސޫލެއް ވެސް ހިމަނާފަ އެވެ.

އެ އުސޫލުގައި ކުއްޔަށް ދޫކުރާ ބިން ބޭނުން ކުރެވޭނެ ގޮތާއި، ގަރާޖު އިމާރާތް ކުރެވޭނެ އުސްމިނާއި، އެތަނުގައި ބިންގާ އަޅަންޖެހޭނެ ފުންމިނާއި، އިމާރާތުގެ ވަށާ ފާރު ރޭނޭނެ އުސްމިނުގެ އިތުރުން އިމާރާތުގެ ޑިޒައިންއާ ބެހޭ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.

ކުދިކުދި ތަންތަންކޮޅުގައި ގަރާޖު ހިންގުމުން ކުރިމަތިލާން ޖެހޭ ބޮޑެތި ނުރައްކާތަކުން ރައްކާތެރިވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިފަހަރު ހުޅުވާލި 23 ބިމުގެ ތެރޭގައި ހިމެނެނީ:

  • 1000 އަކަފޫޓާއި 1100 އަކަފޫޓާ ދެމެދުގެ ބާރަ ބިން
  • 1100 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ދެ ބިން
  • 1200 އަކަފޫޓާއި 1300 އަކަފޫޓާ ދެމެދުގެ ދެ ބިން
  • 1500 އަކަފޫޓާއި 2000 އަކަފޫޓާ ދެމެދުގެ ދެ ބިން
  • 2600 އަކަފޫޓުގެ އެއް ބިން
  • 3000 އަކަފޫޓާއި 4000 އަކަފޫޓާ ދެމެދުގެ ދެ ބިން
  • 4100 އަކަފޫޓުގެ އެއް ބިން
  • 5800 އަކަފޫޓުގެ އެއް ބިން

އެ ކޯޕަރޭޝަނުން ބުނީ އެ ބިންތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅަން ޖެހޭނީ ފޯމުގައި ހުރި ލިޔުންތަކާ ހުރިހާ ލިޔުންތަކާ އެކުގައި ކަމަށެވެ. އަދި ހުށަހުޅާ ފޯމުތައް ބެލުމަށް ފަހު އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ގުޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މި އިއުލާނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ނަންބަރު 1516 އިންނާއި އެ ކޯޕަރޭޝަނުގެ އޮފީސް ރިސެޕްޝަނުން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox