ކެނެޑާގައި ބަޑި ޖަހައި ފަސް މީހުން މަރާލައިފި

ބަޑި ޖެހީ ކެނެޑާގެ ވާން ސިޓީގައި. -- ފޮޓޯ: ރޮއިޓާޒް

ބަޑި ޖެހީ ކެނެޑާގެ ވާން ސިޓީގައި. -- ފޮޓޯ: ރޮއިޓާޒް

ކެނެޑާގެ ވާން ސިޓީގެ ފްލެޓްތަކެއް ކައިރީގައި ބަޑި ޖަހައި ފަސް މީހުން މަރާލައިފި އެވެ.

އެ ހާދިސާ ހިނގީ ޓޮރޮންޓޯގެ އުތުރުން 30 ކިލޯމީޓަރު ދުރުން ވާން ސިޓީގަައި އާދީއްތަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެވެ. ރިޕޯޓު ލިބުމާ އެކު ފުލުހުން އެ ތަނަށް ގޮސް، ތުހުމަތު ކުރެވޭ މީހާގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.

ފަސް މީހުން މަރުވެފައިވާ އިރު، އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެކަކުގެ ހާލު ސީރިއަސް އެވެ.

Advertisement

ހަމަލާދިން ސަބަބު ދެނެގަތުމުގެ މަސަައްކަތް ކުރަމުންދާ އިރު، ބަޑި ޖެހި މީހާ އާއި އޭނާގެ ޓާގެޓަކަށް ވީ މީހުންނާ އެއްވެސް ގުޅުމެއް އޮތްތޯ ދަނީ ބަލަމުންނެވެ.

ޔޯކް ފުލުހުންގެ ޗީފް ޖިމް މެކްސްވީން ވިދާޅުވީ ފުލުހުންނަށް ފެނުނީ ބިރުވެރި މަންޒަރެއް ކަމަށާއި އިމާރާތުގެ އެކި ފްލެޓްތަކުގައި މީހުން މަރުވެފައި ތިބި ކަމަށެވެ.

ކެނެޑާއާ އަވައްޓެރި އެމެރިކާއަކީ ބަޑީގެ ހާދިސާތައް އެންމެ ގިނައިން ހިނގާ ގައުމެވެ. އެއާ ހިލާފަށް ކެނެޑާއަކީ އާއްމުކޮށް ވަރަށް ސުލްހަވެރި އަމާން ގައުމެކެވެ.

އެހެން ނަމަވެސް، ފަހަކަށް އައިސް ބަޑި ބޭނުންކޮށްގެން ދޭ ހަމަލާތައް ކެނެޑާގައި ވެސް ދަނީ އިތުރުވަމުންނެވެ. އަތުގައި ގެންގުޅޭ ކުދި ބަޑި ނުވަތަ "ހޭންޑްގަން" މަނާކުރުމަށް ނިންމީ އެހެންވެ އެވެ.

އެގޮތުން މޭ 2020 ގައި އެ ގައުމުން ނިންމީ 1500 ބާވަތެއްގެ ހަތިޔާރު މަނާކުރުމަށެވެ. އެއީ ފުލުހަކަށް ހެދިގެން ހުރި މީހަކު ނޯވާ ސްކޮޓިއާގައި ބަޑި ޖަހައި 22 މީހުން މަރާލި ހާދިސާއަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox