ޒިޔަދަމްގެ މަރު: ސިފާމާއި ޝަނޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ

މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި ޒިޔަދަމް؛ ދައުވާ އުފުލި މީހުނަށް ހުކުމްކޮށްފި

މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި ޒިޔަދަމް؛ ދައުވާ އުފުލި މީހުނަށް ހުކުމްކޮށްފި

މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އޭނާގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާ ދިން ދެ މީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި މުހައްމަދު ޝަނޫން ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.

ސިފާމް އާއި ޝަނޫންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭގެ އިތުރަށް ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލައާ އެންމެ ފަހުން ހަވާލުވެ ހުންނެވި ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް މަރާލުމުގެ ދައުވާ ސާބިތު ކަމަށާއި ސިފާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

ގަސްތުގައި މީހަކު މެރުމުގެ މައްސަލައަކަށް ވުމުން، އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ނަގައި، ވާރިސުން އެދޭ ގޮތަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް ވާރިސުން ހާޒިރުވެފައެއް ނުވެ އެވެ. އެ ކަމަށް ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ގާޒީ އެރުވި އެވެ.

އަދި ޝަނޫންގެ މައްޗަށް އުފުލާފައިވާ ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް ސާބިތުވާތީ އެ ހުކުމް ވެސް ދެން އޮންނަ އަޑުއެހުމެއްގައި އިއްވާނެ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގައި އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ޒިޔަދަމްއާއި ޝަނޫންގެ ލޭ ވެސް ފެނިފައިވެ އެވެ. ޒިޔަދަމަށް ހަމަލާ ދިނީ ޝަނޫން ކަމަށާއި، ޝަނޫނަށް އެ ކަމަށް އެއްބާރުލުން ދިނުމުގައި ސިފާމް ބައިވެރިވާ ކަން ސާބިތުވާ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަފީއު ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox