ދެ އަހަރުގެ ކުއްޖަކު ކަނޑުގެރީގެ ހަމަލާއަކުން ސަލާމަތްވެއްޖެ

އެ ހާދިސާ ހިނގީ ޔުގެންޑާގެ ހުޅަނގު ދެކުނުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެ ހާދިސާ ހިނގީ ޔުގެންޑާގެ ހުޅަނގު ދެކުނުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެފްރިކާގެ ގައުމެއް ކަމުގައި ޔުގެންޑާގެ ހުޅަނގު ދެކުނުގައި ކަނޑުގެރި ނުވަތަ ހިޕޮޕޮޓަމަސްގެ ހަމަލާއަކުން ދެ އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެ އެވެ.

އީގާ ޕޯލް ނަމަކަށް ކިޔާ ފިރިހެން ކުއްޖާއަށް ކަނޑުގެރި ހަމަލާ ދިނީ ލޭކް އެޑްވާޑްގެ އައްސޭރިފަށުގައި ކުޅެން އުޅެނިކޮށެވެ.

ފުލުހުން ބުނީ ކަނޑުގެރި އެ ކުއްޖާ ޖަހައި ގަނެ، "ހަށިގަނޑުގެ އެއްބައި ދިރުވާލި" ކަމަށެވެ. އެ ކުއްޖާ ސަލާމަތްވީ އެ އަވަށުގެ ފިރިހެނަކު ކަނޑުގެރިއާ ދިމާލަށް ގާ އުކައި ކުރި މަސައްކަތުންނެވެ.

ފުލުހުން ބުނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ހާދިސާއަަށް ފަހު ފިރިހެން ކުއްޖާއަށް މެޑިކަލް ސެންޓަރެއްގައި ފަރުވާ ދިން ކަމަށެވެ.

އޭގެ ފަހުން ބްވެރާ ހޮސްޕިޓަލަށް ބަދަލުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭބީޒް ވެކްސިން ދިނެވެ. ރޭބީޒްއަކީ ބައެއް ކަހަލަ ޖަނަވާރުންގެ ގައިން އިންސާނުންނަށް ފޯރާ ޖަރާސީމެކެވެ.

ފުލުހުން ބުނީ އެއީ ލޭޑް އެޑްވާޑްގައި އުޅޭ ކަނޑުގެރިއެއް މީހަކަށް ހަމަލާ ދިން ފުރަތަމަ ފަހަރު ކަމަށެވެ. ބަރުދަނުގައި 1.5 ޓަނު ހުންނަ ކަނޑުގެރީގެ ހަމަލާތަކުގައި އެފްރިކާގައި އަހަރަކު 500 މީހުން މަރުވާ ކަމަށް ބެލެވެ އެވެ.

ކަނޑުގެރިއަކީ އެއްގަމުގައި ދިރިއުޅޭ ތިން ވަނައަށް އެންމެ ބިޔަ މެމަލް އެވެ. އޭގެ ދަތްތައް 50.8 ސެންޓިމީޓަރަށް ދިގުވެ އެވެ. އެއީ ބިޔަ ޖަނަވާރެއް ނަމަވެސް، ގަޑިއަކު 20 މޭލު ބާރުމިނުގައި ދުވެވެ އެވެ.

ކަނޑުގެރިއަކީ އާއްމުކޮށް ގަސްގަހާގެހި ކައިގެން އުޅޭ ޖަނަވާރެކެވެ. އެހެން ނަމަވެސް، އެ ތަކެތި އުޅޭ މާހައުލަށް ނުރައްކަލެއް ނުވަތަ އުނދަގުލެއް ވެއްޖެ ނަމަ، ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox