ޓްވިޓާއިން ނޫސްވެރިން ސަސްޕެންޑް ކުރުމުން އދ. އާއި އީޔޫގެ ކަންބޮޑުވުން

ޓްވިޓާއިން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑުކޮށްފައި.

ޓްވިޓާއިން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑުކޮށްފައި.

ޓްވިޓާއާ ގުޅޭ ކަންކަން ރިޕޯޓު ކުރާ ނޫސްވެރިންތަކެއްގެ އެކައުންޓް ސަސްޕެންޑް ކުރަން އެ ޕްލެޓްފޯމުން ނިންމުމުން، އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހުކުރު ދުވަހު އެކައުންޓް ސަސްޕެންޑް ކުރި ނޫސްވެރިންގެ ތެރޭގައި ނިއު ޔޯކް ޓައިމްސް، ސީއެންއެން އަދި ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިން ހިމެނެ އެވެ.

އދ. އިން ކުރި ޓްވީޓެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ "ކުޅޭ އެއްޗެއް ނޫން" ކަމަށެވެ. އީޔޫއިން ވަނީ ޓްވިޓާއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

Advertisement

ޓްވިޓާގެ ތަރުޖަމާނަކު އެމެރިކާގެ ނޫސްތަކަށް ވިދާޅުވީ ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑް ކުރުން ގުޅިފައި ވަނީ "ރިއަލް ޓައިމްކޮށް" ލޮކޭޝަން ހާމަކުރުން މަނާކުރާ ސިޔާސަތާ ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަކީ ކުޅޭ އެއްޗެއް ނޫން. މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގެ އެއް އަސާސް އަދި ގެއްލުންދެނިވި ނުރަނގަޅު މައުލޫމާތާ ދެކޮޅު ހަނގުރާމައިގައި މުހިއްމު އެއްޗެއް،" އދ. ގެ އަންޑާ ސެކެޓްރީ ފޯ ގްލޯބަލް ކޮމިއުނިކޭޝަން މެލިސާ ފްލެމިންގް ވިދާޅުވި އެވެ.

އީޔޫގެ ކޮމިޝަނަރު ވެރާ ޖޮރޮވާ ހުކުރު ދުވަހު ވިދާޅުވީ ޔޫރަޕަށް އަލަށް ތައާރަފު ކުރި ޑިޖިޓަލް ސެކިއުރިޓީ ގާނޫނުގެ ދަށުން ޓްވިޓާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެލޮން މަސްކަށް އެކަން ސާފުވާން ޖެހޭ. ރަތް ރޮނގުތަކެއް އެބަހުރި. އޭގެ ފަހުން ވަރަށް އަވަހަށް ފިޔަވަޅުތައް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އެކައުންޓްތައް ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން ޓްވިޓާގެ ވެރިޔާ މަސްކް ސީދާ އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ޓްވީޓަކަށް ދިން ރައްދެއްގައި އޭނާ ބުނީ "މުޅި ދުވަހު ފާޑުކިޔަސް ވަރިހަމަ" ކަމަށާއި އެކަމަކު އޭނާގެ "ރިއަލް ޓައިމް ލޮކޭޝަން ހާމަކޮށް އާއިލާ ނުރައްކަލަށް ހުށަހެޅުން ވަރިހަމަ ނޫން" ކަމަށެވެ.

މީހުން އެ ވަގުތެއްގައި ތިބި ތަނެއް ނުވަތަ ދަތުރު ކުރަމުންދާ ތަނެއް ހާމަކުރާ އެކައުންޓްތައް މަނާކުރަން ޓްވިޓާއިން ނިންމީ މަސްކްގެ ދަރިފުޅު އިން ކާރެއް ފަހަތުން މީހަކު ގޮސް، އެ ކާރު ހުއްޓުވައި، ކާރުގެ މައްޗަށް އެރި ފަހުންނެވެ.

އެ ހާދިސާއާ ގުޅިގެން މަސްކް ނިންމީ އޭނާގެ ޕްރައިވެޓް ޖެޓް ޓްރެކްކޮށް އެ މައުލޫމާތު އާއްމު ކުރަމުން ދިޔަ ޓްވިޓާ އެކައުންޓުގެ ވެރިފަރާތާ ދެކޮޅަށް ކޯޓަށް ދިޔުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox