ފަނަރަ ސަތޭކައަށް ވުރެ ގިނަ މަސް އުޅެމުން ދިޔަ ބިޔަ ޓޭންކެއް ގޮވައިފި

އަކުއާޑޮމް ޓޭންކު. -- ފޮޓޯ: ގެޓީ އިމޭޖާޒް

އަކުއާޑޮމް ޓޭންކު. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެއް މިލިއަން ލީޓަރުގެ ފެން ހުރި ބޮޑު މަސް ޓޭންކެއް ކުއްލިއަކަށް ގޮވައި ޖަރުމަނުވިލާތުގެ ބާލިންގެ ރެޑިސަން ބްލޫ ހޮޓަލާއި ކައިރި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ފަނަރަ ސަތޭކައަށް ވުރެ ގިނަ މަސް ގެންގުޅެމުން ދިޔަ "އަކުއާޑޮމް" ޓޭންކަކީ 15.85 މީޓަރު އުސް ޓޭންކެކެވެ. އެ ޓޭންކު ހުންނަނީ ރެޑިސަން ބްލޫ ހޮޓަލުގެ ލޮބީގަ އެވެ.

އެ ޓޭންކު ކުއްލިއަކަށް ގޮވުމުން، ބިއްލޫރީގެ އަސަރުކޮށް ދެ މީހުންނަށް އަނިޔާވި އެވެ.

ފުލުހުން ބުނީ ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ވީޑިއޯއަކުން ފެންނަނީ ހުސް ޓޭންކުން ހޮޓަލުގެ ލޮބީގެ ތެރެއަށް ފެން އެޅޭ މަންޒަރެވެ.

އެ ހާދިސާއާ ގުޅިގެން ހޮޓަލުގައި ތިބި ގެސްޓުން ވަނީ އެހެން ތަންތަަނަށް ބަދަލުކޮށްފަ އެވެ.

ބާލިންގެ ފަޔާ ބްރިގޭޑްގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ ގިނަ މަސްތައް މަރުވެފައިވާ ކަމަށާއި މިއީ ފިނި މޫސުން ކަމަށް ވާތީ މަސްތައް ސަލާމަތް ކުރަން އުނދަގޫވި ކަމަށެވެ. އެ ޓޭންކުގައި ތަފާތު 100 ބާވަތެއްގެ މަސް އުޅުނެވެ.

އެ ޓޭންކަށް ޒަމާނީ ބަދަލުތަކެއް ގެނައީ މީގެ ދެ އަހަރު ކުރިންނެވެ. ހޮޓަލަށް ޒިޔާރަތް ކުރާ މީހުން ބޭނުން ކުރުމަށް ހާއްސަ، ޓްރާންސްޕޭރެންޓު ލިފްޓެއް އެ ޓޭންކުގެ ތެރޭގައި ހުރެ އެވެ. ހޮޓަލުގެ ބައެއް ކޮޓަރިތަކަށް ވެސް ޓޭންކު ފެނެ އެވެ.

ބާލިންގެ ފަޔާ ބްރިގޭޑުން ބުނީ ޓޭންކު ގޮވަން މެދުވެރިވި ސަބަބު ސާފު ނުވާ ކަމަށެވެ. ފުލުހުން ބުނީ އެކަަން ދިމާވީ ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ.

އާދަޔާ ހިލާފަށް ފިނި ގަދަވުމުގެ ސަބަބުން އެކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. މި ދުވަސްވަރު ރޭގަނޑުގެ ވަގުތު ބާލިންގެ ފިނިހޫނުމިން ހުންނަނީ -6 ޑިގްރީ ސެލްސިއަަސްގަ އެވެ.

ރެޑިސަން ބްލޫ ހޮޓަލް ހުންނަ މަގު ބަންދުކުރަން ޖެހުނު.
ރެޑިސަން ބްލޫ ހޮޓަލް ހުންނަ މަގު ބަންދުކުރަން ޖެހުނު.

ރެޑިސަން ބްލޫ ހޮޓަލް ހުންނަ މަގު ބަންދުކުރަން ޖެހުނު.

ބާލިންގެ މޭޔަރު ވިދާޅުވީ ޓޭންކު ގޮވުމުން ސުނާމީއެއްގެ މަންޒަރު އެ ސަރަހައްދުން ސިފަވާ ކަމަށެވެ. އެ ހޮޓަލް ހުންނަ މަގު ބަންދުކުރަން އާއްމު ދަތުރުފަތުރާ ބެހޭ އިދާރާއިން ވަނީ ނިންމައިފި އެވެ.

އަކުއާޑޮމް ހުޅުވީ 2003 ގަ އެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސިލިންޑަރް ބައްޓަމަށް ހުންނަ ޓޭންކުގެ ރެކޯޑް ހޯދާފައިވާ ތަނެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ޓޭންކެ ހެދުމަށް 12.8 މިލިއަން ޔޫރޯ ހޭދަވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox