މެލޭޝިއާގައި ކޭމްޕް ސައިޓަކަށް ފަސް އެޅި 21 މީހުން މަރުވެއްޖެ

ރެސްކިއު ޓީމުން މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ރެސްކިއު ޓީމުން މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ސެލަންގޯ ސްޓޭޓުގެ ކޭމްޕް ސައިޓަކަށް ފަސް އެޅި 21 މީހުން މަރުވެއްޖެ އެވެ.

ބަޓަންގް ކާލީ އަވަށުގެ ދަނޑުވެރި ހިސާބެއްގައި ޓެންޓު ޖަހައިގެން އާއިލާތައް ނިދާފައި ތިބި ވަގުތު، ބިންގަނޑު ކަނޑައިގެން ގޮސް ފަސް އެޅުނެވެ.

މެލޭޝިއާގެ ނޫސްތަކުން ބުނީ ގެއްލިފައިވާ 12 މީހުން ހޯދުމަށް ޗަކަ ފަސްގަނޑުގެ ތެރޭގައި 400 އަށް ވުރެ ގިނަ މަސައްކަތްތެރިން އުޅެމުންދާ ކަމަށެވެ.

އޮފިޝަލުން ބުނީ މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި 12 އަންހެނުން ހިމެނޭ ކަމަށެވެ.

އަލިފާން ނިއްވާ ޓީމުގެ ވެރިޔާ ނޫރްއަޒަމް ހަމިސް މީޑިއާތަކަށް ވިދާޅުވީ މަންމަ އާއި އަންހެން ދަރިއަކު ކަމަށް ބެލެވޭ ދެ މީހުންގެ ހަށިގަނޑު ފެނުނު އިރު ތިބީ ބައްދާލައިގެން ކަމަށެވެ.

ކޭމްޕް ސައިޓުގެ މެނޭޖަރުން ބުނީ އެ ތަނުގައި ރޭ ކުރުމަށް 30 ކުދިންނާއި 51 މީހުން ރަޖިސްޓްރީކޮށްފައި ތިބި ކަމަށެވެ. ހެލްތު މިނިސްޓަރު ޒާލިހާ މުސްތަފާ ވިދާޅުވީ އަނިޔާވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.

ނިއު ސްޓްރެއިޓްސް ޓައިމްސް ނޫހުން ބުނީ ޕްރައިމެރީ ސްކޫލެއްގެ 20 ޓީޗަރުންނާއި އެ މީހުންގެ އާއިލާތައް އެ ކޭމްޕް ސައިޓުގައި ތިއްބެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނީ ގާތްގަނޑަކަށް 450،000 އަކަމީޓަރުގެ ވެލި އެ ކޭމްޕް ސައިޓުގެ މައްޗަށް އެޅުނު ކަމަށެވެ. އެ ސައިޓު ހިންގަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ދަނޑުގައި އޯގެނިކް ދަނޑުވެރިކަން ކުރުމަށް ހުއްދަ އޮތް ނަމަވެސް، އެ ތަނުގައި ޓެންޓު ޖަހައި ކޭމްޕް ސައިޓެއް ހިންގުމުގެ ހުއްދަ ދޫކޮށްފައެއް ނުވެ އެވެ.

އެކަން ސާބިތުވެއްޖެ ނަމަ، އެ ތަނުގެ ވެރިޔާ ތިން އަހަރަށް ޖަލަށް ހުކުމްކޮށް ނުވަތަ 11،318 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

އެ ސަރަހައްދުގެ ލޯކަލް ސަރުކާރުން ބުނީ ފެންގަނޑުތަކާއި ކޯރުތަކާއި އުސް ވެލިގަނޑުތައް ކައިރީގައި "ނުރައްކާތެރި" ކަމަށް ބެލެވޭ ހުރިހާ ކޭމްޕް ސައިޓެއް ހަތް ދުވަހަށް ބަންދު ކުރަން އަންގާފައިވާ ކަމަށެވެ.

ޑެޕިއުޓީ ބޮޑު ވަޒީރު ޒާހިދް ހާމިދީ ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސް ވާނެ ކަމަށް ބެލެވޭތީ އިތުރަށް ފަރުވާތެރިވުން މުހިއްމެވެ.

"މިއަދު މި ހިނގި ހާދިސާއިން އިބުރަތް ހާސިލްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރު ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ސަލާމަތް ކުރި މީހުންގެ ތެރޭގައި އެ ގައުމުގެ ތިން ރައްޔިތުން ހިމެނޭ ކަމަށެވެ.

ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ސިއެން ލޫންގް ވަނީ "ބިންގަނޑު ކަނޑައިގެން ދިޔުމުގެ އަސަރު ކުރި ހުރިހާ ފަރާތްތަކަށް ހިތްވަރު" ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox