މަސްކްގެ ޖެޓް ޓްރެކް ކުރަމުން ދިޔަ ޓްވިޓާ އެކައުންޓުގެ ވެރިޔާއާ ދެކޮޅަށް ކޯޓަށް

މަސްކްގެ ޖެޓު ޓްރެކްކޮށް، ޓްވީޓް ކުރަމުން ދިޔަ އެކައުންޓްގެ ސްކްރީންޝޮޓެއް،

މަސްކްގެ ޖެޓު ޓްރެކްކޮށް، ޓްވީޓް ކުރަމުން ދިޔަ އެކައުންޓްގެ ސްކްރީންޝޮޓެއް،

ބިލިއަނަރު އެލޮން މަސްކްގެ ޕްރައިވެޓް ޖެޓް ޓްރެކް ކުރަމުން ދިޔަ ޓްވިޓާ އެކައުންޓުގެ ވެރިޔާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

"އެލޮން ޖެޓް"ގެ ނަމުގައި ހިންގާ އެކައުންޓަކީ ބައި މިލިއަން މީހުން ފޮލޯކުރާ އެކައުންޓެކެވެ. ބުދަ ދުވަހު ޓްވިޓާއިން އެ އެކައުންޓު ސަސްޕެންޑު ކުރި އެވެ.

އެ އެކައުންޓުގެ ވެރިފަރާތަކީ އުމުރުން 20 އަހަރުގެ ޖެކް ސްވީނީ އެވެ. އޭނާ ވަނީ އާއްމުކޮށް ލިބެން ހުންނަ ފްލައިޓް ޓްރެކިން މައުލޫމާތު ބޭނުންކޮށް، މަސްކްގެ ޖެޓު ދަތުރެއް ކުރާ ކޮންމެ ފަހަރަކު، ޓްވީޓުކޮށްފަ އެވެ.

Advertisement

މަސްކް ބުނީ އަންގާރަ ދުވަހުގެ ރޭ އޭނާގެ ދަރިފުޅު އެކްސް ގޮވައިގެން އެމެރިކާގެ ލޮސް އެންޖެލިސްގައި ދަތުރު ކުރަމުން ދިޔަ ކާރު ފަހަތުން މީހަކު ދުއްވި ކަމަށެވެ.

މަސްކްގެ ދަރިފުޅު އިން ކާރު ހުއްޓުވައި، އެ ކާރުގެ ފުރާޅު މައްޗަށް އެރި ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ. މަސްކް ބުނީ މީހުންގެ "ރިއަލް ޓައިމް ލޮކޭޝަން" އާއްމު ކުރާ ހުރިހާ އެކައުންޓެއް ސަސްޕެންޑް ކުރާނެ ކަމަށެވެ. އޭނާ ބުނީ މީހުން ތިބޭ ތަންތަން އާއްމު ކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

މަސްކްގެ ޖެޓް ޓްރެކް ކުރަމުން ދިޔަ އެކައުންޓުގެ އިތުރުން، އެ އެކައުންޓު ހިންގި ޖެކް ސްވީނީގެ ޕާސަނަލް އެކައުންޓު ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފްލޮރިޑާއަށް ނިސްބަތްވާ ކޮލެޖް ދަރިވަރު ދަނީ އެމެރިކާގެ ބޮޑެތި މަހުޖަނުންގެ ގިނަ ޕްރައިވެޓް ދަތުރުތައް ޓްރެކް ކުރަމުންނެވެ. އެގޮތުން މައިކްރޯސޮފްޓްގެ ފައުންޑަރު ބިލް ގޭޓްސް، އެމޭޒަންގެ ފައުންޑަރު ޖެފް ބެޒޯސް އަދި މެޓަަގެ ސީއީއޯ މާކް ޒަކަބާގްގެ ޖެޓުތައް ޓްރެކް ކުރާ އެކައުންޓު ވެސް އޭނާ ހިންގަ އެވެ.

އޭގެ ތެރެއިން ގިނަ އެކައުންޓުތައް ބުދަ ދުވަހު ސަސްޕެންޑް ކުރި އެވެ. އެގޮތުން ގިނަ އަދަދެއްގެ ސެލެބްރިޓީންނާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ ޖެޓު ޓްރެކް ކުރާ އެކައުންޓްތައް ސަސްޕެންޑް ކުރި އެވެ.

މީގެ ކުރިން ވެސް މަސްކް ވަނީ "އެލޮން ޖެޓް" ޓްވިޓާ އެކައުންޓް މައްސަލައިގައި ނުރުހުން ފާޅުކޮށްފަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ އެކައުންޓް ޑިލީޓް ކުރަން އެދި އޭނާ ޖެކް ސްވީނީއަށް 5000 ޑޮލަރު ހުށަހެޅި އެވެ.

ޖެކް ސްވީނީ އެމެރިކާގެ ނޫސްތަކަށް ބުނީ ފައިސާ ދީގެން އެކައުންޓް ހިންގުން ހުއްޓުވުމަކީ ރަނގަޅު ގޮތް ކަމަށް މަސްކަށް ނުފެންނާތީ، ފައިސާގެ ހުށަހެޅުން އަނބުރާ ގެންދިޔަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox