ބޯޑަރު ކައިރީގައި ހަމަލާ ބަދަލުކޮށް ޗައިނާ އާއި އިންޑިއާ ސިފައިންނަށް އަނިޔާވެއްޖެ

ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރީގައި އިންޑިއާ ސިފައިންގެ އުޅަނދެއް. -- ފޮޓޯ: އޭއެފްޕީ

ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރީގައި އިންޑިއާ ސިފައިންގެ އުޅަނދެއް. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 12) - ހިމާލަޔާ ފަރުބަދަތައް ކައިރިން އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި މިދިޔަ ހަފުތާގައި ހަމަލާ ބަދަލުކޮށް ސިފައިންނަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން އޭއެފްޕީއަށް ބުނީ ދެ ގައުމުން ވެސް ސިފައިންނަށް އަނިޔާވި ކަމަށެވެ.

އިންޑިއާގެ މަސްދަރަކުން ބުނީ އެ ގައުމުގެ ސިފައިންގެ ހަ މީހުންނަށް އަނިޔާވި ކަމަށެވެ. ޗައިނާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Advertisement

އިންޑިއާގެ މަސްދަރުން ބުނީ ހަމަލާ ބަދަލު ކުރީ ޗައިނާ ސިފައިން އެއްބަސްވުމާ ހިލާފުވުމުން ކަމަށެވެ. އެގޮތުން "ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް" ކައިރިއަށް ދެ ގައުމުން ވެސް ނުދިޔުމަށް އެއްބަސްވެފައި އޮއްވައި ޗައިނާ ސިފައިން އެ ތަނާ ކައިރިވި ކަމަށް ބުންޏެވެ.

އެންމެ ފުރަތަމަ ހަމަލާ ދިނީ އިންޑިއާ ސިފައިންނެވެ. ރައްދުގައި ޗައިނާއިން ވެސް ހަމަލާ ދިނުމަށް ފަހު، ދެ ގައުމުގެ ސިފައިން ވެސް އެ ތަނުން ދިޔަ އެވެ.

އޭގެ ފަހުން އިންޑިއާގެ ކޮމާންޑަރަކު ވަނީ ޗައިނާގެ އަސްކަރީ ވެރިޔަކާ ބައްދަލުކުރައްވައި، ސުލްހަ ދެމެހެއްޓޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެ ހާދިސާ ހިނގީ އިންޑިއާގެ އިރުއުތުރު އަރޫނަޗަލް ޕްރަދޭޝް ސްޓޭޓްގެ ޓަވާންގް ސެކްޓަރުގަ އެވެ. ޗައިނާއިން އެ ސަރަހައްދަށް ކިޔަނީ ދެކުނު ޓިބެޓް އެވެ. ޗައިނާ އިން ދެކެނީ އެއީ އެ ގައުމުގެ ބިމެއް ކަމަށެވެ.

ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު ކައިރީގައި ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިނގަ އެވެ. އެ ދެ ގައުމުން 1962 ގައި ހަނގުރާމަ ވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox