ރިޓަޔަކުރާ ވާހަަކައެއް ނެތް؛ ރޮނާލްޑޯގެ އަސަރު ގަދަ މެސެޖެއް

Dec 12, 2022, 8:14 AM
ރިޓަޔަކުރާ ވާހަަކައެއް ނެތް؛ ރޮނާލްޑޯގެ އަސަރު ގަދަ މެސެޖެއް

ދޯހާ (ޑިސެމްބަރު 12) - ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓި ފަހުން ފުރަތަމަ ފަހަރަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ އާންމުކޮށް މެސެޖެއް ދީފައިވާއިރު، ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންދިއުމާ މެދު ރޮނާލްޑޯ ވަކި އެއްޗެއް ނުބުނެ އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް ވަނީ ބަލިވެފައެވެ. ކުއާޓާ ފައިނަލް މެޗާއި ގަަދަ 16ގައި ޕޯޗުގަލް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގައެއް ނުދެ އެވެ. މި ދެ މެޗުގައި ވެސް ރޮނާލްޑޯ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެެވެ. ޖެހިޖެހިގެން ދެ މެޗުގައި ރޮނާލްޑޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެހެއްޓުމަކީ ކޯޗު ސަންޓޯސް ހެދި ގޯހެއްގެ ގޮތުގައި ޕޯޗުގަލްގެ ކުރީގެ ކެޕްޓަން، ލުއިސް ފިގޯ ވަނީ ބުނެފަ އެވެ.

މޮރޮކޯ އަތުން ބަލިވި މެޗަށް ފަހު، ރޮނާލްޑޯ ދަނޑުން ފައިބައިގެން ޓަނަލްއާ ދިމާލަށް ދިޔައިރު، އޭނާގެ ލޮލުން ކަރުނަ އޮހުރުނު މަންޒަރު ފެނުނެވެ.

މިއީ ރޮނާލްޑޯ ،37، ގެ ފަސް ވަނަ ވޯލްޑް ކަޕް އެވެ. އަދި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ކުރިން ވެސް ބެލިވައިވާއިރު، ރޮނާލްޑޯގެ ވާހަކައިން ވެސް އެކަން ކަށަވަރުވެ އެވެ. އެކަމަކު، ގައުމީ ޓީމުގެ ކެރިއަރު ކުރިއަށް ގެންދިއުމާ މެދު ވަކި އެއްޗެއް އޭނާ ނުބުނެ އެވެ.

"ޕޯޗުގަލްގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ އަހަރެންގެ ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ އުންމީދުކުރި ކާމިޔާބު. އެކަމަކު އެ ހުވަފެން ހަގީގަތަކަށްނުވި،" ރޮނާލްޑޯ އިންސްޓަގްރާމަށް ދޫކޮށްލި އަސަރުގަދަ މެސެޖުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނީ ވޯލްޑް ކަޕްގެ ތެރެއިން އޭނާ އަށް ގިނަ ފާޑުކިއުންތައް އަމާުޒުވި ނަމަވެސް، ޕޯޗުގަލްގެ ޓީމަށް އޭނާ ދޭ އަހައްމިއްޔަތުކަމާމެދު ސުވާލު އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިއީ "ޖަޒުބާތުގައި ޖެހިގެން" ރައްދު ދޭންވީ ވަގުތެއް ނޫން ކަމަށެވެ.

"ވަރަށް ގިނަ ވާހަކަތަކެއް ލިޔެފި، ވަރަށް ގިނަ ވާހަކަތަކެއް ދައްކައިފި އަދި ވަރަށް ގިނަ އަޑުތަކެއް ފެތުރިއްޖެ. އެކަމަކު ޕޯޗުގަލްގެ ޓީމަށް އަހަރެން ދޭ އަހަމިއްޔަތުކަމާމެދު ސުުވާލު އުފެއްދޭނެ ފުރުސަތެއް ނޯންނާނެ،" ރޮނާލްޑޯ ބުންޏެވެ.

"ދަނޑުމަތީގައި އަހަންނަށް ދެވެން އޮތް ހުރިހާ އެއްޗެއް އަހަރެން ދިނިން. އަަހަރެންގެ ހުވަފެންތައް ހާސިލްކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިން."

ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގަ ގެއްލުމާ އެކު، މުބާރާތުގެ ތެރެއިން ޕޯޗުގަލް ޓީމު ދޫކޮށް ދިއުމަށް އޭނާ އެދުނު ކަމަށް މީޑިއާ ރިޕޯޓްތަކުން ބުންޏެވެ. އެކަމަކު، ޕޯޗުގަލްގެ ކޯޗު ސަންޓޯސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 118 ގޯލު ޖަހައިގެން، ފިރިހެނުންގެ ފުޓްބޯޅައިގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގަ އެވެ. އެންމެ ފަހުން މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް ޓީމަށް 196 ވަނަ މެޗު ކުޅެދީ، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ހަދާފައިވާ ކުވޭތުގެ ބަދުރު އަލް-މުތާވާގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox