ފިޔަވަޅުތަކަށް ލުއި ދިނުމުން ޗައިނާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ ކަމަށް ބުނެފި

ޗައިނާއިން ފިޔަވަޅުތަކަށް ލުއިދިނީ އާއްމުންގެ ޕްރެޝަރާ ހެދި. -- ފޮޓޯ: އޭއެފްޕީ

ޗައިނާއިން ފިޔަވަޅުތަކަށް ލުއިދިނީ އާއްމުންގެ ޕްރެޝަރާ ހެދި. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޑިސެމްބަރު 11) - ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުން ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށާފައިވާ ކަމަށް ޗައިނާގެ އިސް ސިއްހީ ތަޖުރިބާކާރުން ބުނެފި އެވެ.

ކޭސްތައް އިތުރުވަމުންދާ ކަމަށް ބެލެވޭތީ ވެރިރަށް ބެއިޖިންގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް މިހާރު ހުންނަނީ ފަޅުކޮށެވެ.

ޗައިނާގެ އެންމެ އިސް އެޕިޑެމިއޮލޮޖިސްޓް ޒޯންގް ނަންޝާން ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ކޮވިޑް ވައިރަހުގެ އޮމިކްރޯން ވޭރިއެންޓް އެ ގައުމުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ.

"މިހާރު ފެތުރެމުންދާ އޮމިކްރޯންގެ މިޔުޓޭޝަން ވަރަށް އަވަހަށް ފެތުރޭ. އެކެއްގެ ގައިން 22 މީހުންގެ ގަޔަށް ވައިރަސް އެރުމުގެ ފުރުސަތު އޮވޭ،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ "ޒީރޯ ކޮވިޑް" ސިޔާސަތު މެދުކަނޑާލައި ފިޔަވަޅުތަކަށް ލުއިދޭން ފެށީ އާއްމުން ހިތްހަމަނުޖެހި މުޒާހަރާ ކުރަން ފެށުމުންނެވެ.

އެހެން ނަމަވެސް ލުއިތައް ދިން އިރު، ކޭސްތައް އިތުރުވެދާނެ ކަމަށް ތައްޔާރުވެފައެއް ނުވެ އެވެ. އާބާދީގައި ހިމެނޭ އެތައް މިލިއަން އުމުރުން ދުވަސްވީ މީހުން ވެކްސިން ފުރިހަމައެއް ނުކުރެ އެވެ.

ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑިޕާޓްމަންޓް އޮފް މެޑިކަލް އެފެއާޒްގެ ޑިރެކްޓަރު ޖިއާއޯ ޔާހުއި ވިދާޅުވި ޗައިނާގެ ކޮންމެ 10،000 މީހަކަށް ހުރީ އައިސީޔޫގެ އެއް އެނދު ކަމަށެވެ.

އޭނާ ވިދާޅުވީ 106،000 ޑޮކްޓަރުންނާއި 177،700 ނަރުހުންގެ މަސައްކަތް ދެން ބަދަލު ކުރާނީ ކޮވިޑްގައި އައިސީޔޫގައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox