ގުޖަރާތު ޕާލަމެންޓުގެ އިންތިހާބުން މޯދީއަށް ތާރީހީ މޮޅެއް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގުޖަރާތު ސްޓޭޓުގައި. -- ފޮޓޯ: އޭއެފްޕީ

އަހްމަދުއާބާދް، އިންޑިއާ (ޑިސެމްބަރު 8) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖަރާތު ސްޓޭޓުގެ ޕާލަމެންޓު އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީއަށް ތާރީހީ ކާމިޔާބެއް ލިބިއްޖެ އެވެ.

އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖަރާތުން ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) މި ފަހަރު ހޯދީ މީގެ ކުރިން ނުހޯދާ ވަރުގެ ބޮޑު ކާމިޔާބެކެވެ. އެގޮތުން 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޓޭޓުގެ ޕާލަމެންޓުގެ 182 ގޮނޑީގެ ތެރެއިން 147 ގޮނޑި ކަށަވަރު ކުރީ ބީޖޭޕީއިންނެވެ. ބެލެވޭ ގޮތުގައި ދާއިމީ ނަތީޖާ އިއުލާން ކުރާ އިރު، އިތުރު ނުވަ ގޮނޑި އެ ޕާޓީއަށް ލިބޭނެ އެވެ.

ގުޖަރާތުގެ ކެމްޕެއިންގައި މޯދީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. އެމަނިކުފާނު ވަނީ މީގެ 12 އަހަރު ކުރިން އެ ސްޓޭޓުގެ ޗީފް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އިންތިހާބުގެ ނަތީޖާއަށް ފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ގުޖަރާތުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ގުޖަރާތުގެ ޗީފް މިނިސްޓަރުކަމުގައި މޯދީ ހުންނެވި އިރު، 2002 ވަނަ އަހަރު އެ ސްޓޭޓްގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހަމަނުޖެހުން ބޮޑުވި އެވެ. އެ ހަމަނުޖެހުންތަކުގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވި އިރު، ގިނައިން ހިމެނެނީ މުސްލިމުންނެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއަށް ގުޖަރާތުގެ ޕާލަމެންޓުން ލިބުނީ އެންމެ 16 ގޮނޑި އެވެ. އެއީ އެ ސްޓޭޓުގައި ކޮންގްރެސްއިން ހޯދި އެންމެ ދަށް ނަތީޖާ އެވެ.

އެ ސްޓޭޓުގައި ދެން ބީޖޭޕީއާ ވާދަަކުރީ ވެރިރަށް ނިއު ދިއްލީ އާއި ޕަންޖާބް ކޮންޓްރޯލް ކުރާ އާއްމު އާދްމީ ޕާޓީ (އޭއޭޕީ) އިންނެވެ. އެކަމަކު އެ ޕާޓީއަށް ވެސް ލިބުނީ އެންމެ ފަސް ގޮނޑި އެވެ.

ބީޖޭޕީއިން މެދުކެނޑުމެއް ނެތި ގުޖަރާތުގައި ވެރިކަން ކުރާތާ 27 އަހަރު ވެއްޖެ އެވެ. އިންޑިއާގެ 28 ސްޓޭޓުގެ ތެރެއިން 16 ސްޓޭޓުގައި ޗީފް މިނިސްޓަރުންނަށް ތިއްބެވީ ބީޖޭޕީއާ ގާތް ފަރާތްތަކެވެ.

އިންޑިއާގައި އާ ބޮޑު ވަޒީރަކު ހޮވަން ހުރިހާ ސްޓޭޓްތަކުން ބައިވެރިވާ ގައުމީ އިންތިހާބު އޮންނާނީ 2024 ގަ އެވެ. ބެލެވޭ ގޮތުގައި އުމުރުފުޅުން 72 އަހަރުގެ މޯދީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox