ޓެންޒޭނިއާގެ މިނިވަން ދުވަހުގެ އިހްތިފާލްތައް ކެންސަލްކޮށް އެ ފައިސާ ކުޑަކުދިންނަށް

ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން. -- ފޮޓޯ: އެފްރިކަން އެކްސްޕޮނެންޓް

ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން. -- ފޮޓޯ: އެފްރިކަން އެކްސްޕޮނެންޓް

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޓެންޒޭނިއާގެ މިނިވަން ދުވަހުގެ އިހްތިފާލްތައް ކެންސަލްކޮށް، އެ ފައިސާ ކުޑަކުދިންނަށް ހޭދަކުރަން ރައީސް ސާމިއާ ސުލޫހޫ ހަސަން ނިންމަވައިފި އެވެ.

އެކަމަނާ ނިންމެވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ދިރިއުޅޭނެ އިމާރާތްތައް އެޅުމަށް އެ ފައިސާ ހޭދަކުރުމަށެވެ. ޓެންޒޭނިއާގެ 61 ވަނަ މިނިވަން ދުވަހުގެ އިހްތިފާލްތަކަށް 445،000 ޑޮލަރު ކަނޑައެޅި އެވެ.

އެ އިހްތިފާލްތައް ކެންސަލް ކުރުމުން، ފައިސާ ދެން ބޭނުން ކުރާނީ ޓެންޒޭނިއާގެ އެކި ހިސާބުތަކުގައި ޕްރައިމަރީ ސްކޫލްތަކުގައި ކުދިން ތިބުމަށް ހާއްސަ އަށް އިމާރާތް އެޅުމަށެވެ.

އެ ގައުމުގެ ސްޓޭޓް މިނިސްޓަރު ޖޯޖް ސިމްބަޗަވެނޭ ވިދާޅުވީ ފައިސާ މިހާރު އެ ޕްރޮޖެކްޓުތަކަށް ހަވާލުކޮށްފައިވާ ކަމަށާއި އިހްތިފާލްތަކުގެ ބަދަލުގައި މިނިވަން ދުވަސް ފާހަގަކުރާނީ ތަރައްގީއާ ގުޅޭ ގޮތުން އާއްމުންގެ މަޝްވަރާތައް ބާއްވައިގެން ކަމަށެވެ.

އާއްމުކޮށް މިނިވަން ދުވަހުގެ އިހްތިފާލްތަކުގައި ބޮޑެތި ޖަލްސާތަކާއި ކުޅިވަރުތަކާއި ކެއުންތައް އޮވެ އެވެ. އެހެން ނަމަވެސް މީގެ ކުރިން ވެސް ޓެންޒޭނިއާއިން މިނިވަން ދުވަހުގެ އިހްތިފާލްތައް ކެންސަލްކޮށްފައިވެ އެވެ.

އެގޮތުން 2015 ވަނަ އަހަރު އޭރުގެ ރައީސް ޖޯން މަގުފުލީ ނިންމެވީ އިހްތިފާލްތައް ކެންސަލްކޮށް، ވެރިރަށް ދާރުއްސަލާމްގައި މަގެއް އެޅުމަށް އެ ފައިސާ ބޭނުން ކުރުމަށެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އިހްތިފާލްތަކުގެ ބަދަލުގައި ފައިސާ ހޭދަކުރީ ސިއްހީ ސާމަނު ހޯދުމަށެވެ.

މިހާރު ވެރިކަމުގައި ހުންނެވި ސާމިއާއަކީ ޓެންޒޭނިއާގެ އެންމެ ފުރަތަމަ އަންހެން ރައީސެވެ. މީގެ ކުރިން އެކަމަނާ ވަނީ މާ ބޮޑަށް ބަނޑުލައި، ފަލަކޮށް ތިބޭ ފުލުހުން ބަރުދަން ލުއި ކުރުމަށް އަމުރު ކުރައްވައިފަ އެވެ. އެއީ މާ ބޮޑަށް ފަލަވުމުން މަސައްކަތަށް ހުރަސް އެޅޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox