ރަޝިއާގެ ތެޔޮ ގަންނާތީ ޔޫކްރެއިނުން އިންޑިއާ ކުށްވެރިކޮށްފި

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ. -- ފޮޓޯ: ބްރިކޯޑާ

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ. -- ފޮޓޯ: ބްރިކޯޑާ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 6) - މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން އިތުރު ކުރުމަކީ "ބަލައިނުގަނެވޭނެ ގޯސް" ކަމެއްގެ ގޮތުގައި ޔޫކްރެއިނުން ސިފަކޮށްފި އެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޔޫރަޕުން ވެސް ރަޝިއާގެ ތެޔޮ ގަންނަ ކަމަށް ބުނެ، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ދިފާއު ކުރުމަކީ "މުޅިން ގޯސް" ކަމެއް ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދާދި ފަހުން ވިދާޅުވީ ޑިސްކައުންޓްތަކާ އެކު އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިޔަ ނަމަވެސް، އެއީ ޔޫރަޕުން ގަންނަ ރަޝިއާގެ ތެލާ އަޅާ ބަަލާއިރު ކުޑަ މިންވަރެއް ކަަމަށެވެ.

"އަގުހެޔޮކޮށް ތެޔޮ ގަންނަން ތި ލިބެނީ ޔޫރަޕު މީހުންނާ ހެދިއެއް ނޫން. އެއީ އަޅުގަނޑުމެންނާ ހެދި. އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވޭނާއި ހިތާމައާ ހެދި. ރަޝިއާއިން އަޅުގަނޑުމެންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ހެދި،" ކުލެބާ ވިދާޅުވި އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހަ ގުނަ އިތުރު ކުރި އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިހާރު އެ ގައުމަށް އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ސަޕްލައި ކުރާ ގައުމަކީ ރަޝިއާ އެވެ.

އިންޑިއާ ސަރުކާރުން ބުނަނީ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ފަގީރުންނަށް ކުރާ އަސަރު ބޮޑުވަމުން ދާތީ އަގުހެޔޮކޮށް ތެޔޮ ގަތުން ނޫން ގޮތެއް ނެތް ކަމަށެވެ.

ހޯމަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖޭޝަންކަރް ވިދާޅުވީ އިންޑިއާއިން ތެލަށް ކުރާ ހޭދަ އިތުރުވަމުން ދަނީ ޔޫރަޕްގެ ގައުމުތަކުން މިހާރު މެދުއިރުމަަތިން ތެލާއި ގޭސް ހޯދުން އިތުރުކޮށްފައި ވާތީ ކަމަށެވެ.

"މެދުއިރުމައްޗަނީ ފެށުނީއްސުރެ އިންޑިއާ ކަހަލަ އިގްތިސާދުތަކަށް ސަޕްލައި ކުރާ ތަން. މިހާރު މިދާ ގޮތުން، މެދުއިރުމަތީގައި އަގުތަކަށް އެބަ ބާރުބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox