ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓު ހޮވައިފިއެވެ.
ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ބޭންކުން އާންމުކޮށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު، 5، ގައެވެ. މި ފުރުސަތުގައި ހުށަހެޅި ޕުރޮޖެކްޓުތަކުގެ ތެރެއިން ހޮވި ކޮންމެ ޕްރޮޕޯސަލްއަކަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން 50،000ރ. ދޭނެ އެވެ.
titledesc
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް އެ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓު ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.











