ދެކުނު ކޮރެއާގެ ކުރީގެ ސެކިއުރިޓީ ވެރިޔާ ހައްޔަރުކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ސެކިއުރިޓީ ވެރިޔާ ސޫހް ހޫން. -- ފޮޓޯ: ރޮއިޓާޒް

ދެކުނު ކޮރެއާގެ ކުރީގެ ސެކިއުރިޓީ ވެރިޔާ ސޫހް ހޫން. -- ފޮޓޯ: ރޮއިޓާޒް

ދެ ކޮރެއާ ގުޅޭ ބޯޑަރު ކައިރީގައި މީހަކު މަރާލި މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ސެކިއުރިޓީ ވެރިޔާ ހައްޔަރުކޮށްފި އެވެ.

އެއީ 2020 ވަނަ އަހަރު ބޯޑަރު ކައިރީގައި އުތުރު ކޮރެއާއިން އޮފިޝަލަކު މަރާލި މައްސަލަ އެވެ. ސޫހް ހޫންއަށް ތުހުމަތު ކުރެވެނީ އެ މައްސަލައިގެ ހަގީގަތް ފޮރުވަން އުޅުނު ކަމަށެވެ.

އެ މައްސަލައިގައި ކުރީގެ ސަރުކާރުން އަމަލު ކުރީ ގޯސް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. އެހެންވެ، ރައީސް ޔޫން ސުކް ޔޯލް ވަނީ އެކަމުގެ ތަހުގީގު ފުޅާ ކުރުމަށް އަންގަވައިފަ އެވެ.

Advertisement

ސޫހް ހޫންއަކީ އެކަމާ ގުޅިގެން ހައްޔަރު ކުރި ކުރީ ސަރުކާރުގެ ފުރަތަމަ އިސް އޮފިޝަލެވެ. އޭނާއަށް ތުހުމަތު ކުރެވެނީ ޖާސޫސީ ރިޕޯޓުތައް ނައްތާލަން އަމުރު ކުރެއްވި ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ މަސްވެރިކަމާ ބެހޭ އޮފިޝަލް ލީ ދައެ ޖުން މަރުވީ ދެ ކޮރެއާ ވަކިވާ ކަނޑުގެ ބޯޑަރު ކައިރީގަ އެވެ.

ކުރީގެ ސަރުކާރުން ބުނީ ލީ ދައެ ޖުން މަސައްކަތް ކުރީ ދެކުނު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވާން ކަމަށެވެ.

ހައްޔަރު ކުރި ސެކިއުރިޓީ އޮފިޝަލް ސޫހް ހޫންއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ހެކި ބަދަލުކޮށް، ކުރީ ސަރުކާރުގެ ދޮގު ވާހަކަ ހަގީގަތެއްގެ ގޮތުގައި ދެއްކުން ވެސް ހިމެނެ އެވެ.

މީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ސޫހް ވުކް އާއި ކުރީގެ ކޯސްޓުގާޑު ވެރިޔާ ކިމް ހޮންގް ހީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox