ރަށު ނޯޓު: ފަގީރު އަލީގެ ޅައިމަގު

ށ. ޅައިމަގު: މި ރަށަކީ ކުރިން އެ އަތޮޅުގެ ވެރިކަން ކުރި ރަށް. -- ފޮޓޯ: ބާޑުއައި

ށ. ޅައިމަގު: މި ރަށަކީ ކުރިން އެ އަތޮޅުގެ ވެރިކަން ކުރި ރަށް. -- ފޮޓޯ: ބާޑުއައި

ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ ގިނަ ބައެއްގެ ހަނދާނުގައި ހުންނާނެ އެވެ. ލޯބީގެ އެ ވާހަކައިގައި ޅައިމަގު ފަގީރު އަލީ ނުވަތަ ފަގީރު ކޮޔަކީ މުހިންމު ޝަހުސިއްޔަތެކެވެ. އެއްރެޔަކު އޭނާއަށް ހޭލެވުނީ ތ. ބުރުނީގައި ފަތްމިންޏަކު އުޅޭތަން ހުވަފެނުގައި ފެނިގެންނެވެ.

ފަގީރު އަލީ ބޭނުންވީ އަވަހަށް ބުރުންޏަށް ދިއުމަށެވެ. ފަތްމިނި ލޮލުން ދެކެ ކަށަވަރު ކުރުމަށް ފަހު ރަދުންނަށް އެ ހަބަރު ދިނުމަށެވެ. ބުރުންޏަށް ދާނެ ގޮތަކާމެދު ފިކުރު ކުރުމަށް ފަހު އަލީ ރޮއިހޭރިގަތީ ލޮލުގެ ފެނުން ގެއްލިއްޖެ ކަމަށް ހެދިގެންނެވެ. އަވަހަށް ބޭސްފަރުވާ އަށް ބުރުންޏަށް ދެވޭނެ ގޮތެއް ހަދައިދޭން އެދުނެވެ.

ޅައިމަގުގެ ދުވަސްވީ އިމާރާތެއް. -- ފޮޓޯ:އައިލްސް
ޅައިމަގުގެ ދުވަސްވީ އިމާރާތެއް. -- ފޮޓޯ:އައިލްސް

ޅައިމަގުގެ ދުވަސްވީ އިމާރާތެއް. -- ފޮޓޯ:އައިލްސް

Advertisement

ލޮލު ބޭހަށް ބުރަންޏަށް ފެށި ދަތުރުގައި މާލެއާ ކައިރި ވުމުން ކަތްޕަށް ކަފިދިދަ ނަގައި އަމަރާލި ނަގައި އޮޑީގެ ކުނބަށް ރަތް ދިދަ ނެގި އެވެ. އެއީ ރަދުންގެ ހާއްސަ ހުއްދައެއް ނެތި ކުރުން މަނާ ކަމެކެވެ. އެހެންވެ، އޮޑީގެ ވެރިޔާ ފޭބުމަށް މާލޭން އަމުރުކުރި އެވެ. ޖަވާބުގައި މަރުވާން ނުފައިބާނެމޭ، ލޮލަށް ބޭސް ކޮށްގެން އަންނަމުން، އެ ކުށް އަފޫ ކޮށްދޭ ވަރުގެ ވެދުމެއް ގެންނާނެ ކަމަށް ބުނެ ފަގީރު އަލީގެ އޮޑި ދުއްވާލައި އޮބައިލި އެވެ.

ރަދުންނަށް ދޮންހިޔަލަ ހޯދައި ދިނުމުގެ އެންމެ ބޮޑު އެހީތެރިޔަކީ ލޮލަށް ނުފެންނަ ކަމަށް ހެދިގެން ބުރުންޏަށް ގޮސް، ފަތްމިނީގެ ބުރުސޫރަ ބެލުމަށް ފަހު ރަދުންނަށް އެ ހަބަރު ދިން ފަގީރު އަލީ އެވެ.

ކުކުޅު ބިސް ބުރަށް އުފެދިފައިވާ ޅައިމަގަކީ ވެސް ރީތި ރަށެކެވެ. ށ. އަތޮޅުގެ އަތޮޅުވެރިކަން، ޖަނަވަރީ 1، 1968 ގައި ފުނަދުއަށް ބަދަލުވުމުގެ ކުރިން އެ އަތޮޅުގެ ވެރިކަންކުރީ އެ ރަށެވެ. އެ ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާ ކޯޑަކީ ސީ-11 އެވެ. ރަށުގެ ބޮޑުމިނަކީ 28.5 ހެކްޓަރެވެ.

ވަރަށް ދުވަސްވީ، ބޮޑެތި މަހާނަ ގާތައް އެ ރަށުގައި ހުރިއިރު، މިސްކިތު ތަރާގަނޑު ކިޔާ ތަނެއް އޮވެ އެވެ. ރަށުގައި ބޮޑު ދެ ނިކަގަސް ހުރިއިރު، ފަގީރު އަގީރު އަލީގެ އޮޑި ބަން ކަމަށް ބުނާ އުސް ފަސްގަނޑު އެ ރަށުގައި އެބަ ހުއްޓެވެ.

ޅައިމަގު ގިނަ މީހުން އާމްދަނީ ހޯދަން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. ނަމަވެސް ރަށުގެ އާންމު ވިޔަފާރި ވެސް ރަނގަޅެވެ. ހަ ފިހާރަ އަކާއި ދެ ކެފޭ އާއި ތެލާއި ގޭހުގެ ވިޔަފާރިކުރާ ދެ ތަނެއް ހުރެ އެވެ. ތިން ސްޕީޑް ލާންޗް ދުއްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުއިރު އެ ރަށުގައި ގިނަ މައްސަލަތަކެއް ހުއްޓެވެ. ބަނދަރެއް އޮތަސް ބަނދަރުގެ ދަތިކަން ބޮޑެވެ. ކަރަންޓުގެ މައްސަލަ ބޮޑެވެ. އެ ހުރިހާ މައްސަލައެއް ވަނީ ހައްލުކޮށްފަ އެވެ. ނަމަވެސް އަދިވެސް ކުރަން ހުރި މަސައްކަތް އެބަ ހުއްޓެވެ. ފެނާއި ނަރުދަމާގެ ނިޒާމު އަދި ގާއިމެއް ނުކުރެ އެވެ.

ފޯކުލޯރެއްގެ ގޮތުގައި ދެކެވެމުން އައި ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ އާއި ބުރުނީގައި ލޯބިން އުޅެމުން ދިޔައ އެ ދެމަފިރިންގެ ދެމެދަށް ކަތުރު ފަންޏެއްގެ ގޮތުގައި، ލޮލަށް ނުފެންނަ ކަމަށް ހެދިގެން ވަން ފަގީރު އަލީގެ ނަމަކީ ފަނޑުވާނެ ނަމެއް ނޫނެވެ. އޭނާއާއެކު އަބަދަށް ޅައިމަގުގެ ނަން ދިރެމުންދާނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox