އެންމެ ފުރަތަމަ އަހަރެން!

މާލޭ ރާގަނޑު ސަރަހައްދުގެ އެއްގަމުގައި ބަހައްޓާފައި ހުރި އުނދޯލީގައި މީހަކު މަޑުކޮށްލައިގެން. -- ފޮޓޯ: އަބްދުﷲ އަޔާން/އަދަދު

މާލޭ ރާގަނޑު ސަރަހައްދުގެ އެއްގަމުގައި ބަހައްޓާފައި ހުރި އުނދޯލީގައި މީހަކު މަޑުކޮށްލައިގެން. -- ފޮޓޯ: އަބްދުﷲ އަޔާން/އަދަދު

އަބަދާއި އަބަދު ފާޑު ކިޔުމެވެ. ކުޑައިމީސްކުރުމެވެ. މަލާމާތް ކުރުމެވެ. ކަންނެތް މީހެކޭ ދިމާލަށް ބުނުމެވެ. ކަމެއް ނުކުރެވޭ މީހެކޭ ބުނުމެވެ. ކަމެއް ކުރަން ނޭނގޭ މީހެކޭ ނުވަތަ ފިނޑިއެކޭ ބުނުމެވެ. ސިފަ ހުތުރު މީހެކޭ ބުނުމެވެ. ބޭކާރު މީހެކޭ ބުނުމެވެ. ވިސްނުންކޮށި މީހެކޭ ދިމާލަށް ބުނުމެވެ. ތިބާ ދެކެ ލޯބިވާނެ އަދި އަޅާލާނެ މީހަކު ނުވާނޭ ދިމާލަށް ބުނުމެވެ. އެންމެ ކުޑަމިނުން އައުގުރާނަ ވެސް ގޮވުމެވެ.

ވިސްނާށެވެ. ތިބާއާ ދޭތެރޭ މި ފަދައިން ކަން ކުރާ މީހަކާ އެކު ވަގުތު ހޭދަކޮށްފާނަން ހެއްޔެވެ. އެފަދަ މީހަކަށް އިތުބާރު ކޮށްފާނަން ހެއްޔެވެ. ނުކުރާނޭކަން ގައިމެވެ. އެހެން ނަމަވެސް ބައެއްފަހަރު ހަމަ އެ ބަހުރުވައިން އަމިއްލަ ނަފުސާ އެބަ މުހާތަބު ކުރަމެއް ނޫން ހެއްޔެވެ. މިއީ ވަރަށް ވަރަށް ގިނަ ބަޔަކަށް ވިސްނާލުމެއް ނެތި ބޭއިހްތިޔާރުގައި ވެސް ކުރެވޭ ކަމެކެވެ.

އިންސާނެއްގެ ދިރިއުޅުމުގެ ހަމަޖެހުމާއި އުފާވެރިކަން ގުޅިފައި އޮންނަނީ ނަފުސުގެ ހަމަޖެހުމާ އެވެ. ދިރިއުޅުމުގެ އުފާވެރިކަމަކީ ވަށައިގެންވާ ކަންކަމުން ހާސިލުކުރެވޭ އެއްޗެއް ނޫނެވެ. ހަގީގީ އުފާވެރިކަން އުފަންވަނީ އެތެރެއިންނެވެ. ތިމާ ގަބޫލުކުރާ ކަންކަމާއި ދެކޭގޮތާއި، ކުރާ އިހުސާސުތަކުންނެވެ. އެހެންކަމުން އަމިއްލަ ނަފުސު ބަލައިގަނެ އަމިއްލަ ނަފުސާ ސުލްހަވެ އޯގާތެރިވުމާއި އަޅާލުމާއި ލޯބިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ދިރިއުޅުމުގެ އުފާވެރިކަމާ ހިތްހަމަ ޖެހުމުން މީހާ މަހުރޫމް ވާނެ އެވެ.

Advertisement
ހދ. ނާވައިދޫގައި ކުދިންތަކެއް ހިނގާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް
ހދ. ނާވައިދޫގައި ކުދިންތަކެއް ހިނގާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް

ހދ. ނާވައިދޫގައި ކުދިންތަކެއް ހިނގާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް

"އަމިއްލަ ނަފުސުދެކެ ލޯބިވުން" ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "ސެލްފް ލަވް" އަކީ ހެއްވާ އަދި ތާކުން ތާކު ނުޖެހޭ އިބާރާތެކޭ ފަހަރެއްގައި ހިތަށް އަރާފާނެ އެވެ. އެއީ ބޮޑާކަމާއި މަވަރު މީހަކު ނެތްކަމަށް ގަބޫލުކުރުމާއި އަމިއްލަ އެދުންބޮޑުކަން ހިމެނޭ ކަމެއް ނޫނެވެ. އަދި އެއީ "ނާސިސިޒަމް" ނުވަތަ "ނާސިސިސްޓުން" ގެ ހުންނަ ސިފައެއް ކަމަށް ބައެއް މީހުން ދެކި އުޅެ އެވެ. އެހެންނަމަވެސް، ނާސިސިސްޓުންނަކީ އަމިއްލަ ނަފުސުދެކެ ލޯބިވާ ބަޔެކޭ ބުނެ އުޅޭ ނަމަވެސް އެމީހުންގެ "އަމިއްލަ ނަފުސު ދެކެ ލޯބިވުން" ގުޅެނީ އެހެން މީހުންގެ ބޮލަށް ސަވާރުވެ އެހެން މީހުން ކޮންޓުރޯލުކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނެގުމާ ތިމާއަށް ހައްގުނޫން މިންވަރަކަށް ކަމޭހިތުމާއި ތައުރީފަށް ބޭނުންވުމާ އެވެ. މި ލިޔުމުގައި މި މާނަ ކުރާ އަމިއްލަ ނަފުސުދެކެ ލޯބިވުމާއި އޯގާތެރިވުމުގެ ތެރޭގައި މި ފަދަ ކަމެއް ނުހިމެނޭނެ އެވެ.

ޒަމާނީ ނަފުސާނީ އިލްމުގެ ބައްޕައެއް ކަމަށް ބުނެވޭ އަލްފްރެޑް އެޑްލާ ދެކެލައްވާ ގޮތުގައި އަހަރެމެންގެ ވަރަށް ގިނަ ވޭނާއި ކެކުޅުން ގުޅިފައި ވަނީ އަމިއްލަ ނަފުސު ހުރިހާ ގޮތަކުން ފުރިހަމަކަން ނޫން ކަން ގަބޫލުކޮށް އެ ހަގީގަތާ މެދު ސުލްހަ ގާއިމު ނުކުރެވުމާ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ތިމާ ހުރިހާ ގޮތަކުން ފުރިހަމަ ނޫން ކަމާމެދު ހިތްހަމަ ޖައްސާލައިގެން ނުހުރެވޭތީ އެވެ. އަލްފުރެޑް އެޑަލާ އިތުރަށް ބުނެފައިވާ ގޮތުގައި ގިނަ ހިތާމަތަކާއި ވޭންތަކުގެ އަސްލު ގުޅިފައިވަނީ އަމިއްލަ ނަފުސާ މެދު ހުންނަ ޝައްކުތަކާ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވުމާއި އަމިއްލަ ނަފުސާ އޮންނަ ގުޅުން ގޯސްވުމާ އެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ހާސްކަމާމެދު އަމަލުކުރެވޭ ގޮތުން މައްސަލަ ހައްލުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވާ ކަމަށް އަލްފްރެޑް އެޑްލާ ދެކެލައްވަ އެވެ.

އަބަދުވެސް އަމިއްލަ ނަފުސު ކުށްވެރިކޮށް، މަތީގައި ދެންނެވުނު ފަދަ ގޮތްގޮތަށް އަމިއްލަ ނަފުސާ މުހާތަބު ކުރެވެނީ އުޅެބޮޑުވި މާހައުލުގެ ސަބަބުން ނަފުސު ތަރުބިއްޔަތުވެ، އިވި ފަރިތަވެފައިވާ އަޑުތަކެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ. ފަހަރެއްގައި އެއީ އާއިލާ މީހެއްގެ އަޑުކަމަށް ވެދާނެ އެވެ. ނޫނީ ޓީޗަރެއް ނުވަތަ ބުލީ އެއް އެއްގެ އަޑު ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އަމިއްލަ ނަފުސާ ހިތާހިތުން މުހާތަބު ކުރާ ގޮތާއި އަމިއްލަ ނަފުސާ މެދު އަމަލު ކުރާ ގޮތް ބަދަލުކޮށް އަމިއްލަ ނަފްސަށް އޯގާތެރި މީހަކަށް ތިބާއަށް ވެވިދާނެ އެވެ. ތިބާ ލޯބިވާ ކުޑަދަރިފުޅު ނުވަތަ އާއިލާ މެންބަރަކު މައްސަލައެއް ދިމާވެގެން އައުމުން މަތީގައި ދެންނެވުނު ފަދަ ރަހުމު ކުޑަ ގޮތަކަށް މުހާތަބު ކޮށްފާނަން ހެއްޔެވެ. ޖަވާބަކީ ނޫނެކޭ ނަމަ އަމިއްލަ ނަފުސާ މެދު އެގޮތަށް އަމަލު ކުރެވެނީ ކީއްވެތޯ ވިސްނާލަން ޖެހެ އެވެ. އެއީ ތިމާއަށް ކިހައި ގެއްލުން ހުރި ކަމެއްތޯ ވިސްނާލަން ޖެހެ އެވެ. އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ އެއްފަހަރުން އެއްދުވަހުން ކުއްލިއަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ކުޑަ އިރުން ފެށިގެން ވަކި ގޮތަކަށް އާދަވެ އެގޮތް ކަށީގައި ހަރުލާފައި ވާނަމަ އެވެ. ނަމަވެސް އެއީ ފަށަން ޖެހޭ ދަތުރެކެވެ. މަސައްކަތް ކުރާ ނަމަ މި ދަތުރުގައި ދާނީ ކުރިޔަށެވެ.

ދެން އުފެދޭނޭ ސުވާލަކީ އަމިއްލަ ނަފްސަށް އޯގާތެރި ވާނީ ކިހިނެއް ހެއްޔެވެ. މީގެ ޖަވާބު ކަމުގައި ކައުންސިލިން ސައިކޮލޮޖީގެ ތަޖުރިބާކާރެއް ކަމަށް ސައިކޮލޮޖިސްޓް ޖޫލިއާ ކުރިސްޓީނާ އޭނާގެ ވީޑިއޯ ބުލޮގްގައި ބުނެފައިވަނީ "ތިބާ އެންމެ ގަޔާވާ އެންމެ ލޯބިވާ މީހުން ދެކެ ލޯބިވެ، ގަޔާވަނީ ކީއްވެތޯ އަމިއްލަ ނަފުސާ ކޮށްލާށެވެ. އެމީހުން ތިބާއާ މެދު ކަންކުރާގޮތަށް އަމިއްލަ ނަފުސާ މެދު ކަންކުރާށެވެ. "ފަހަރެއްގައި ތިބާ އެމީހުންނާ ގަޔާވަނީ އެމީހުން ތިބާ މާޔޫސްވެ ހިތްވަރު އެލޭ ގޮތަށް ވާހަކަ ނުދައްކައި ހިތްވަރު ދޭތީ ކަމަށް ވެދާނެ އެވެ. އެމީހުން ތިބާގެ ހުރި އުނި ސިފަތައް އެކަނި ފާހަގަ ކުރުމުގެ ބަދަލުގައި ރަނގަޅު ކަންކަން ފާހަގަ ކުރާތީ ކަމަށް ވެސް ވެދާނެ އެވެ. އެމީހުން ތިބާއަށް ލިބެމުން އަންނަ ކުރިއެރުންތައް ވެސް ފާހަގަ ކުރާތީ ކަމަށް ވެދާނެވެ. އަމިއްލަ ނަފުސާ މެދުވެސް ކަންކުރަން ވީ މިގޮތަށެވެ.

ޖުމްހޫރީ މައިދާނުގެ އަހުލުވެރިންގެ ގޮތުގައި ފާހަގަކުރެވޭ ކޮތަރިތަކަށް މީހަކު ކާންދެނީ. -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު
ޖުމްހޫރީ މައިދާނުގެ އަހުލުވެރިންގެ ގޮތުގައި ފާހަގަކުރެވޭ ކޮތަރިތަކަށް މީހަކު ކާންދެނީ. -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ޖުމްހޫރީ މައިދާނުގެ އަހުލުވެރިންގެ ގޮތުގައި ފާހަގަކުރެވޭ ކޮތަރިތަކަށް މީހަކު ކާންދެނީ. -- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

މީހުންނަށް ރަނގަޅުވެ އޯގާތެރިވުމަކީ ގިނަ މީހުންނަށް އުނދަގޫ ކަމެއް ނޫނެވެ. މީހަކަށް އޯގާތެރިވުމުގެ ގޮތުން ކަންކުރަންވީ ކިހިނެއްކަން ގިނަ މީހުންނަށް އެނގޭނެ އެވެ. ތިބާ ލޯބިވާ ކުޑަދަރިފުޅު ނުވަތަ ކޮއްކޮ ކުރާ ކަމެއްގައި ފެއިލް ވެގެން ނުވަތަ ބިރުގަނެ ހާސްވާ ކަމަކާ ދެރަވެގެން ނުވަތަ ބިރުން ވާހަކަ ދައްކައިފި ނަމަ ކަންކުރާނީ ކިހިނެއް ހެއްޔެވެ. އެހާލަތުގައި ކަންކުރާނޭ ގޮތަށް، ތިބާއަށް ހާސްވުމާއި ނާކާމިޔާބީ ކުރިމަތިވާ ހިނދު ވެސް ކަންކުރާށެވެ.

އަމިއްލަ ނަފުސާ ހިތާހިތުން މުހާތަބު ކުރާގޮތް ރަނގަޅު ކުރުމަކުން އެކަނި ނުފުދޭނެ އެވެ. ނަފުސުގެ ހިތްހަމަޖެހުމަށާއި އަމިއްލަ ނަފްސަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކަންކަން ކުރުން ވެސް މުހިންމެވެ. ތިބާއަކީ އާމްދަނީ ހޯދުން ނުވަތަ ގޭތެރޭ މަސައްކަތް ކުރުމުގައި ވަރަށް ބުރަކޮށް އަވަދިނެތި އުޅޭ މީހަކަށް ވެދާނެ އެވެ. އެހެން ކަމަށް ވާނަމަ ހިތްހަމަ ޖައްސާލުމުގެ ގޮތުން ޗުއްޓީއަށް ދިއުން ނުވަތަ ރެސްޓޯރަންޓަކަށް ކާން ގޮސްލުން އެއީ އަމިއްލަ ނަފްސަށް ހަދިޔާއެއް ދިނުމުގެ މިސާލެކެވެ. އެންމެންނަކީ އެއްގޮތް ބަޔެއް ނޫނެވެ. ސިއްހީ ނުރަނގަޅު އާދަތަކާ ދޯޅު އަދި ދިރިއުޅުމަށް އެކަށީގެންވާ ގޮތެއްގެ މަސަކަތް ނުކުރާ މީހުންވެސް އުޅެ އެވެ. މި ފަދަ މީހުން އެ އާދަތަކާ ދުރަށްޖެހި މުސްތަގުބަލާ މެދު ވިސްނާ ހަރުދަނާ މީހަކަށް ވާން މަސައްކަތް ކުރުމަކީ އަމިއްލަ ނަފްސަށް އަޅާލުމާއި އޯގާތެރިވުމެވެ.

އަމިއްލަ ނަފުސާ މެދު އަބަދުވެސް ޝައްކެއްގެ މަތީގައި ހުންނަ މީހުންވެސް އުޅެ އެވެ. މީހަކު ހީކޮށްފާނޭ އެއްޗަކާ މެދު ނޫނީ ބުނެފާނެ އެއްޗަކާ މެދު ކަންބޮޑުވާން ނުޖެހޭ މިންވަރަށް ކަންބޮޑުވެ ހާސްވާ މީހުން ވެސް އުޅެ އެވެ. މީހަކާ ކުޑަވެސް މައްސަލައެއް ޖެހިދާނެތީ މާބޮޑަށް ހާސްވާ، އަދި ކުޑަކުޑަ މައްސަލައެއް ޖެހުމުން އެކަން މިނަށް ވުރެ ބޮޑު ކަމެއްގެ ގޮތުގައި ފެންނަ މީހުންވެސް އުޅެ އެވެ. އިންސާނާ ފަދަ އިޖުތިމާއީ މަހުލޫގަކު އެއްވެސް ވަރަކަށް އެހެން މީހުން ދެކޭ ގޮތާ މެދު ނުވިސްނައި އުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް މިއީވެސް ވަކި ހައްދެއް އޮންނަން ޖެހޭ ކަމެކެވެ.

އެހެން މީހުން ދެކޭ ގޮތާމެދު އަހަންމިއްޔަތުކަން ދޭން ނުޖެހޭ ވަރަށް އަހައްމިއްޔަތުކަން ދިނުމާއި ތިމާ އަމިއްލަ ނަފުސާ މެދު ދެކޭ ގޮތުގައި އެހެން މީހުން ދެކޭ ގޮތަށް ބަރޯސާވާ ހިސާބަށް ދިޔުމަކީ މައްސަލަ އެކެވެ. މިއީ އެހެން ގޮތަކަށް ބުނާ ނަމަ ތިމާއަށް ތިމާއަކީ ކާކުކަން ބުނެދޭން އެހެން މީހުންނާއި ހަވާލު ކުރުމެވެ. އެކަން އެހެން ފަރާތަކަށް އައުޓްސޯސް ކުރުމެވެ. ބުއްދިވެރިން ބުނެ އުޅޭ ގޮތުގައި މިއީ ކޫރުން އެޅި ރެނދުލައި ފުސްބުރާފައިވާ ލޯގަނޑަކުން އަމިއްލަ ސޫރަބެލުން ފަދަ ކަމެކެވެ. ތިމާގެ އަމިއްލަ އުފާވެރިކަން އެހެން މީހުން ދެކޭ ގޮތާއި ބުނާ ބަހަށް ސަތޭކަ އިންސައްތަ ބަރޯސާކުރާ މީހަކަށް ދުވަހަކުވެސް އުފާވެރިކަން ނުލިބޭނެ ކަމަށް ހިކުމަތްތެރިން ބުނެ އުޅެ އެވެ. ތިމާގެ އަމިއްލަ ނަފްސަށް ލޯތްބާއި އޯގާތެރިކަން ހިތުގައި އޮންނަ މީހަކަށް އެހެން މީހަކު ބުނެލާ އެއްޗަކުން ފަސޭހައިން ލޮޅުމެއް ނާރާނެ އެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއޭ ބުނެއުޅޭ މިސާލުންނެވެ.

ބައެއް މީހުންނަށް ދިމާވާ މައްސަލައަކީ ގޯސް ނިންމުމެއް ނުވަތަ 'ކޮހެއް ހެދިދާނެތީ' އެއްވެސް ކަމެއް ނުކުރެވި އަމިއްލަ ކާމިޔާބީއަށް ހުރަސް އެޅި ދިރިއުޅުން ބޭކާރުވުމެވެ. މި ދަރަޖަޔަށް ޖެހިލުންވަނީ ގޯސް ނިންމުމަކުން ނިކުމެދާނެ ނަތީޖާއާ މެދު އޮންނަ ކަންބޮޑުވުކަށް ވުރެ ބޮޑަށް އަމިއްލަ ނަފުސާ މެދު ތިމާ ދެކޭގޮތް ރައްކާތެރި ކުރަން ކަމަށް ވެދާނެ އެވެ. ގޯސް ނިންމުމެއް ނިންމޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ޕެރަގުރާފުގައި ބުނެވުނު ގޮތަށް އަމިއްލަ ނަފްސަށް ހިތާހިތުން އެއްޗެހި ކިޔެނީ އެފަދަ ނިންމުމެއްގެ މާނައަކީ ތިމާއަކީ ފެއިލްވެފައި ހުރި ވިސްނުން ކޮށި މީހެކޭ އަމިއްލައަށް ހީވާތީ ކަމަށް ވެދާނެ އެވެ. ތިމާގެ އަމިއްލަ ހިތުގައި ތިމާއަކީ ކާކުކަމާ މެދު އިތުބާރާއި ޔަގީންކަން އޮންނަ ނަމަ މިގޮތަށް ހީނުވާނެ އެވެ. އަމިއްލަ ނަފްސަށް ލޯތްބާއި އިތުބާރު އަދި އިހުތިރާމް ހިތުގައި އޮތުމަކީ މުހިންމު ކަމެކެވެ.

ވިލިމާލޭ ޖޯލިފައްޗެއްގައި ބަޔަކު އިށީނދެގެން. -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
ވިލިމާލޭ ޖޯލިފައްޗެއްގައި ބަޔަކު އިށީނދެގެން. -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ވިލިމާލޭ ޖޯލިފައްޗެއްގައި ބަޔަކު އިށީނދެގެން. -- ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ތިމާގެ އަމިއްލަ ނިންމުންތަކާއި ކަންކަމާމެދު ދެކޭ ގޮތާއި އެހެން މީހުން އެއްބަސްވުމަކީ ކޮންމެ މީހަކުވެސް ބޭނުން ވާނެ ކަމެކެވެ. ނަމަވެސް މިއީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް ކޮންމެހެން ތިމާއަށް ބޭނުންވާ ކަމަކަށް ވުމަކީ ރަނގަޅު ނިޝާނެއް ނޫނެވެ. އަމިއްލަ ނިންމުންތަކާ ގަބޫލުކުރުންތަކުގައި އެހެން މީހުން އެއްބަސްވާން މާބޮޑަށް ޕުރެޝަރުކޮށް ކަލަގޮވާ އެކަމުގެ ތެރޭގައި މީހާ މާޔޫސްވެ ހަލާކުވާ ހިސާބަށް ދާނަމަ އެއީ މައްސަލަ އެކެވެ. ފުރަތަމަ ކަމަކަށް ތިމާގެ ގަބޫލުކުރުންތަކާ ނިންމުތަކުގެ ފައިދާއެއްވެސް ގެއްލުމެއް ވެސް ނުފޯރާނެ މީހަކަށް ނިންމުތަކާއި ގަބޫލުކުރުން ތަކުގެ ސަބަބު މާބޮޑަށް ކިޔައިދިނުން ނުވަތަ އެހެން ގޮތަކަށް ބުނާނަމަ ނިންމުންތައް އޯވާރޖަސްޓިފައި ކުރުމަކީ ކޮންމެހެން ބޭނުން ކަމެއްތޯ ވިސްނާލުން ރަނގަޅެވެ. ތިމާއަށް ތިމާގެ އަމިއްލަ ނަފުސުގެ އަގު ވަޒަންކުރެވި އަމިއްލަ ނަފްސަށް އިހުތިރާމް ކުރެވޭނަމަ މިފަދައިން އަމަލު ނުކުރާނެ އެވެ. އަދި ތިމާގެ އަގު އެހެން މީހުންނަށް ވިސްނައިދީ ވިއްކާކަށް ވެސް ނޫޅެނެ އެވެ. މީގެ މާނައަކީ އަނެކެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި ހާލަތަށް ބަލާފައި ދޫދިނުމަށް އިސްކަން ދިނުމެވެ. ބައެއް ފަހަރަށް އެންމެ ރަނގަޅު ހައްލަކީ ދެބަސްވާން އެއްބަސްވުން ނުވަތަ "އެގުރީ ޓު ޑިސްއެގުރީ" ކަމަށް ވެދާނެ އެވެ. މަ ގަބޫލުކުރާ ގޮތް މަށަށެވެ. ކަލޭ ގަބޫލުކުރާ ގޮތް ކަލެޔަށެވެ.

ނަފުސުގެ ހަމަޖެހުމާއި، ދިރިއުޅުމުގެ އުފާވެރިކަން ފެށިގެން އަންނަނީ ތިމާއާ ހިސާބުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެ އެވެ. ވަށައިގެންވާ މާހައުލުން އެ އުފާވެރިކަމަށް ނުފޫޒު ފޯރުވާ މިންވަރަކީ އަމިއްލަ ނަފުސުދެކެ ލޯބިވުމާއި ނަފުސަށް ކުރާ އިތުބާރުން ކޮންޓްރޯލް ކުރެވޭނޭ ކަންކަމެވެ. އެހެންވީމާ، އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ އުފާވެރިކަމުގެ ފުރަތަމަ ފިޔަވަޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox