ޝަކުވާއާ ގުޅޭ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި މަހާޒް އިޖާބަ ދެއްވާފައި ނުވޭ: ޖޭއެސްސީ

ޝަކުވާއާ ގުޅޭ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި މަހާޒް އިޖާބަ ދެއްވާފައި ނުވޭ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަމުންދާ މައްސަލައިގެ ތަފްސީލު ހޯދުމަށް އެ ކޮމިޝަނުން ކުރެއްވި މަސައްކަތްތަކަށް އޭނާ ގަސްތުގައި އިޖާބަ ދެއްވާފައި ނުވާ ކަމަށް ބުނެފި އެވެ.

އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާއަކީ ފަނޑިޔާރު މަހާޒު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ގަޒައްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ޤަޒިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް "ބުނާ މައްސަލައެއް ކަމަށް" ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

"މި ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުން ފިޔަވައި، އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒުކުރެއްވީ އެވެ. ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެއެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އެއިރު އެ މައުލޫމާތު މަހާޒު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކުރިއަށްގެންދާ ތަހުގީގަށް ފަހު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެ ތަހުގީގުގެ ތެރެއިން މަހާޒު މަސައްކަތް ކުރައްވާ ސެކްޝަނުގެ ބައެއް މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެ އެވެ.

"މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީ އާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީ" ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ޖޭއެސްސީއާ މައުލޫމާތު ހިއްސާނުކޮށް މީޑިއާ މެދުވެރިކޮށް މަހާޒު މައުލޫމާތު ހިއްސާކުރުމުން ޖޭއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުންކަމަށްވީއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަންވާނޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަހާޒް އެދިވަޑައިގަތީ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން

ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ދުވަހު މެންދުރުގެ ފަރިއްކޮޅު ގެންނެވީ މަހާޒްގެ އަމިއްލަ ހަރަދުގައި ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ހުރިހާ ފަނޑިޔާރުންނާ ދިމާވާނެ ފަހު މަސައްކަތު ދުވަހަށް ވުމުން ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"ކާއެއްޗެހި ގެނައީ އަމިއްކަ ހަރަދު ކޮށްފައި. ފައިސާ ދެއްކި ސްލިޕްވެސް އެބަ އޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއްވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީވެސް ނޫން. އަމިއްލައަށް އީޑަރު ދިނީމާ އޯޑަރު ދިންތަނުން ގުޅާނީ އަޅުގަނޑަށް ވާތީވެ އިދާރީ ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަމްބަރު ދިނިން،" އެ ތުހުމަތު ސާފުކޮށްދެއްވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަދި، އެއީ ސިއްރިއްޔާތުގައި ކުރި ކަމެއް ނޫން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، އެ މައްސަލައިގެ އަޑުއެހުންތައް "އާންމުކޮށް ހުޅުވާލައިގެން އިންސާފުން ގެންގޮސްދިނުމަށް" އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެހެންމެ، މިއީ އާންމު އުސޫލެއްގެ ގޮތުން ވެސް މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށްގެންދާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox