ޓްވިޓާއާ ގުޅިގެން އީޔޫއިން މަސްކްއަށް އިންޒާރު ދީފި

ޓްވިޓާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ރޮއިޓާޒް

ޓްވިޓާގެ ވެރިޔާ އެލޮން މަސްކް. -- ފޮޓޯ: ރޮއިޓާޒް

އީޔޫގެ ގަވާއިދުތަކާ އެއް ގޮތަށް އަމަަލު ކުރުމަަށް ޓްވިޓާގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރަން ޖެހޭނެ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓްވިޓާގެ ވެރިޔާ އެލޮން މަސްކްއަށް އިންޒާރު ދީފި އެވެ.

އީޔޫގެ ޑިޖިޓަލް ގަވާއިދުތައް ތަންފީޒު ކުރުމާ ބެހޭ އެންމެ އިސް އޮފިޝަލް ތިއެރީ ބްރެންޓަން އެގޮތަށް ވިދާޅުވީ މަސްކްއަށް ކުރެއްވި ވީޑިއޯ ކޯލެއްގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ އީޔޫގެ ގަވާއިދުތަކަށް ޓްވިޓާ ފައްތަން އަދިވެސް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށެވެ.

"އީޔޫގެ ޑިޖިޓަލް ސާވިސަސް ގާނޫނާ އެއް ގޮތަށް ޓްވިޓާ 2.0 ހިންގަން އެލޮން މަސްކް ބޭނުންވުމަކީ އަޅުގަަނޑު މަރުހަބާ ކިޔާ ކަމެއް. އެކަމަކު އަދިވެސް ކުރަން ޖެހޭ މަސައްކަތް ބައިވަރު،" އޭނާ ވިދާޅުވި އެވެ.

Advertisement

އެގޮތުން ޓްވިޓާ ބޭނުންކުރާ މީހުންނާ ގުޅޭ ސިޔާސަތު ދެފުށްފެންނަ ސިޔާސަތަކަށް ހެދުމާއި، ކޮންޓެންޓް މޮޑަރޭޓް ކުރުން ކުޑަކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރި ކުރުމާއި، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވައި، ޓާގެޓްކޮށްގެން އިޝްތިހާރު ކުރުން މަދު ކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން މަސްކް ސީދާ އެއްޗެއް ނުބުނެ އެވެ. އެކަމަކު މީހަކު ކުރި ޓްވީޓަކަށް ރަައްދު ދެމުން މަސްކް ބުނީ ކުރީގެ މެނޭޖްމަންޓުގެ ދަށުން އިތުބާރާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ޓްވިޓާ ފެއިލްވެފައި އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.

"ޓްވިޓާ 2.0 މާ ބޮޑަށް ވެސް ރަނގަޅުވެ، ހަމަހަމަކޮށް އޮވެ، ދެފުށްފެންނާނެ،" އެ ޕްލެޓްފޯމަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުން މަސްކް ބުންޏެވެ.

އީޔޫގެ އާ ޑިޖިޓަލް ސާވިސަސް ގާނޫނަށް އަމަަލު ކުރަން ފެށުމުގެ ކުރިން ކުންފުނިތައް ތައްޔާރުވުމަށް ވަގުތު ދެ އެވެ. އަންނަ އަހަރު އެ ގާނޫނު ތަަންފީޒު ކުރަން ފެށުމުން ގާނޫނާ ހިލާފުވާ ކުންފުނިތައް ބޮޑު އަދަދުން ޖޫރިމަނާކޮށް، ބައެއް ހާލަތްތަކުގައި އީޔޫގެ މާކެޓުގައި އޮޕަރޭޓް ކުރުން ވެސް މަަނާ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox