އާޖެންޓީނާ ދެ ވަނަ ބުރަށް، ގޯލުގެ ތަފާތުން ޕޮލެންޑަށް ދެ ވަނަ

Nov 30, 2022, 10:48 PM
އާޖެންޓީނާގެ މެކަލިސްޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާޖެންޓީނާގެ މެކަލިސްޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ޑިސެމްބަރު 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ، ޕޮލެންޑު އަތުން 2-0 އިން މޮޅުވެ، ދެ ވަނަ ބުރުގެ ޖާގައެއް އާޖެންޓީނާ އިން ހޯދިއިރު، ސައުދީ އަރަބިއްޔާ އަތުން 2-1 އިން މޮޅުވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ނުލިބި މެކްސިކޯ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓަައިފި އެވެ.

މިރޭގެ ނަތީޖާތަކާ އެކު އާޖެންޓީނާ އަށް ގްރޫޕުގެ އެއް ވަނަ ލިބުނީ ހަ ޕޮއިންޓާ އެކުގަ އެވެ. ދެ ވަނަައިގައި އޮތް ޕޮލެންޑާއި ތިނެއްގައި ނިންމި މެކްސިކޯ އަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބުނީ ޕޮލެންޑަށެވެ. ފައިދާ ގޯލު ހަމަހަމަކޮށް އޮއްވައި، މެކްސިކޯ ކެޓީ އެޓީމް ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ސައުދީ އިން ޖެހި ގޯލުންނެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި އާޖެންޓީނާ ނުކުންނާނީ ގްރޫޕް ސީގެ ދެ ވަނަ ހޯދި އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ތާރީހީ ކުރިއެރުމެއް ހޯދައި، 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދި ޕޮލެންޑް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.

ގްރޫޕްގެ ފަހު މެޗުގައި ޕޮލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗަކީ މިހާތަނަށް މި މުބާރާތުގައި އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. ގިނަ ހަމަލާތަކެއް އާޖެންޓީނާ އިން އުފެއްދިއިރު، ޕޮލެންޑުގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ ވަނީ ގިނަ ބޯޅަތަކެއް ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެސީ އެވެ. މި ބޯޅަ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ޖޫލިއެން އަލްވަރޭޒް ފޮނުވާލި ބޯޅައެއްވެސް ޝެޒްނީ ދިފާއުކުރި އެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް އާޖެންޓީނާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެސީއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މެސީ ފޮނުވާލުމުން ކީޕަރު ޝެޒްނީ އެ ބޯޅަ ދިފާއުކުރި އެވެ. މިއީ ޝެޒްނީ މި ވޯލްޑްކަޕްގައި ދިފާއުކުރި ދެ ވަނަ ޕެނަލްޓީ އެވެ. އޭނާ ވަނީ ސައުދީއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގައިވެސް ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.

އާޖެންޓީނާ އިން މެޗުގެ ފުރަތަމަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ. އަރިމަތިން ނަހުއެލް މޮލީނާ ނަގައިދިން ހުރަހުން މި ގޯލު ޖަހައިދިނީ އެލެކްސިސް މެކެލިސްޓާ އެވެ. މިއީ ބްރައިޓަން އަށް ކުޅޭ މެކަލިސްޓާ އާޖެންޓީނާ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އާޖެންޓީނާ އިން ލީޑު ފުޅާކުރީ މެޗުގެ 67 ވަނަ މިނެޓުގަ އެވެ. އެރިއާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ އަލްވަރޭޒް އެވެ.

އާޖެންޓީނާ އަތުން ބަލިވި ނަމަވެސް ޕޮލަންޑު ދެ ވަނަ ބުރަށް ދިޔައީ ސައުދީ އަރަބިއްޔާ އަތުން ބޭނުންވިވަރުގެ ގޯލު ފަރަގަކާ އެކު މެކްސިކޯ އަށް މޮޅު ނުވެވުމުންނެވެ. މެކްސިކޯ އިން މި މެޗުގައި ތިން ގޯލު ޖަހަން ޖެހުނުއިރު، އެ ޓީމް މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެކްސިކޯގެ ކީޕަރު އޮޗޯއާ އާއި އެ ޓީމުގެ ތަރި ހާވިން ލޮޒާނޯ

ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ޖުމްލަ 23 ހަމަލާ މެކްސިކޯ އިން ފޮނުވާލި މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ހުރަސްވެގެން އައި ބޯޅަ ގޯލަށް ވައްދާލީ ހެންރީ މާޓިން އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި މޮޅު ބޯޅައަކުން ޖަހައިދިނީ ލުއިސް ޗާވޭސް އެވެ.

މި ސްކޯގައި އޮވެ، މެޗު ނިމުނު ނަމަވެސް ކުރި ލިބެން އޮތީ ޕޮލަންޑަށެވެ. ސަބަބަކީ 2-0 އިން މެކްސިކޯ މޮޅުވާނަމަ ޕޮއިންޓުގެ ގޮތުން ޕޮލަންޑާއި މެކްސިކޯ އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުން އެވަރުވެ، ޖެހި ގޯލާއި، ބައިކޮޅަށް ވަތް ގޯލު އެއްވަރުވެ، މި ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ ވެސް އެއްވަރުވެފައި އޮތުމުން، ފެއާ ޕްލޭ އުސޫލަށް ބަލައިގެން ޕޮލެންޑަށް ކުރި ލިބޭތީ އެވެ. ފެއާ ޕްލޭ އުސޫލަށް ބަލާއިރު މެޗުގެ އެހާތަނަށް މެކްސިކޯގެ ކުޅުންތެރިންނަށް މުބާރާތުގައި ހަތް ރީނދޫ ކާޑު ދައްކާފައި އޮތްއިރު، ޕޮލަންޑަށް ދައްކާފައިވަނީ ފަސް ރީނދޫ ކާޑެވެ.

އެހެންކަމުން ތިން ވަނަ ގޯލެއް ޖެހުމަށް މެކްސިކޯއަށް މަޖުބޫރުވި އެވެ. ގިނަ ކުޅުންތެރިން ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަ މެކްސިކޯ އިން މަސައްކަތް ކުރަމުން ދިޔަ ވަގުތު ސައުދީ އަރަބިއްޔާ އިން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ގޯލު ޖަހައިދިނީ ކެޕްޓަން ސަލިމް އަލްދާސަރީ އެވެ. މި ގޯލާ އެކު މެކްސިކޯ މުބާރާތުން ކަޓައި ދެ ވަނަ ބުރުގެ ފުރުސަތު ޕޮލެންޑަށް ލިބުނެވެ.

ގްރޫޕް ސްޓޭޖާއި ހަމައިން މެކްސިކޯ އަށް މި ފަހަރުގެ ވޯލްޑް ކަޕް ނިމުނުއިރު، މިއީ 1978 ވަނަ އަހަރަށް ފަހު މެކްސިކޯ އިން ކުޅުނު ނުވަ ވޯލްޑް ކަޕުގެ ތެރެއިން، އެ ޓީމަށް ގަދަ ސޯޅައިގެ ޖާގައެއް ނުލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox