އައިއެސްގެ ލީޑަރު މަރުވިކަން އިއުލާންކޮށް، އާ ލީޑަރެއް ހަމަޖައްސައިފި

އިރާގުގެ މޯސުލްއަށް ހަނގުރާމައިގައި ލިބިފައިވާ ގެއްލުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިރާގުގެ މޯސުލްއަށް ހަނގުރާމައިގައި ލިބިފައިވާ ގެއްލުން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕްގެ ލީޑަރު އަބޫ ހަސަން އަލް ހާޝިމީ އަލް ގުރައިޝީ މަރުވުމުން އާ ލީޑަރަކު ހަމަޖައްސައިފި އެވެ.

އައިއެސްއިން ބުދަ ދުވަހު ބުނީ އަބޫ ހަސަން މަރުވީ ހަނގުރާމައިގެ މައިދާނުގައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އެ ގްރޫޕުން ނެރުނު އޯޑިއޯ މެސެޖެއްގައި ބުނީ އާ ލީޑަރަކަށް އައްޔަނު ކުރީ އަބޫ އަލް ހުސެން އަލް ގުރައިޝީ ކަމަށެވެ.

Advertisement

ގުރައިޝީގެ ނަމުން ނިސްބަތް ވަނީ ކީރިތި ރަސޫލާގެ ގަބީލާއަށެވެ. އައިއެސްގެ ލީޑަރުން ދައުވާ ކުރާ ގޮތުގައި އެ މީހުންނަކީ ގުރައިޝީ ދަރިކޮޅުގެ މީހުންނެވެ.

އިރާގާއި ސީރިއާގައި 2014 ވަނަ އަހަރު ބާރުގަދަވި އައިއެސް ހަނގުރާމައިން ބަލިވީ ހުޅަނގުގެ ގައުމުތަކުން ހެދި އަސްކަރީ ކޯލިޝަނުގެ އެހީގަ އެވެ.

އިރާގުން އައިއެސް ފައްސާލީ 2017 ގަ އެވެ. އޭގެ ދެ އަހަރު ފަހުން ސީރިއާއިން ވެސް އައިއެސްގެ ބާރު ނެތިގެން ދިޔަ އެވެ. އެކަމަކު ސިއްރުން އެ ގްރޫޕްގެ މެމްބަރުން އަދިވެސް ހަރަކާތްތެރިވެ އެވެ.

މިހާރު އައިއެސް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އުޅެނީ އަފްގާނިސްތާނާއި އިރާން އަދި އިޒްރޭލުގަ އެވެ. މި އަހަރު އެ ތިން ސަރަހައްދުގައި ހަމަލާތައް ވެސް ދިނެވެ.

ބުދަަ ދުވަހު ނެރުނު އޯޑިއޯ މެސެޖުގައި ބުނީ ގްރޫޕްގެ ހަތަރު ވަނަ ލީޑަރަކީ ތަޖުރިބާކާރު ހަނގުރާމަވެރިއެއް ކަމަށާއި ހުރިހާ މެމްބަރުން އާ ލީޑަރަށް ބައިއަތު ހިފަން ވާނެ ކަމަށެވެ.

އެ ގްރޫޕްގެ އެންމެ ފުރަތަމަ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީ މަރާލީ އޮކްޓޯބރު 2019 ގައި ސީރިއާގަ އެވެ. ދެ ވަނަ ލީޑަރު އަބޫ އިބްރާހިމް އަލް ގުރައިޝީ މަރާލީ ސީރިއާގައި މި އަހަރުގެ ފެބްރުއަރީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox