ބީއެމްއެލްގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބީއެމްއެލްއަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދިނުމުގައި ދެމިތިބި މުވައްޒަފުންގެ އަގުވަޒަން ކުރުމުގު ގޮތުން ބެއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދިނުމުގައި ދެމިތިބި މުވައްޒަފުންގެ އަގުވަޒަން ކުރުމުގު ގޮތުން ބެއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވަންދެން ދެމި ތިބި މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފި އެވެ.

ދަރުބާރުގޭގައި ރޭގައި ކުރިއަށް ގެންދިޔަ ހަފްލާގައި އެ ކުންފުނިން ވަނީ ޖުމްލަ 68 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފަ އެވެ. އެގޮތުން، އެ ކުންފުންޏަށް ހިދުމަތް ކުރުމުގައި 15 އަހަރުން ފެށިގެން ގޮސް 40 އަހަރާ ހަމައަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް އެވޯޑު ދީފައިވެ އެވެ.

މި ހަފްލާގައި ބީއެމްއެލްގެ ހިދުމަތް ފުރަތަމަ ދޭން ފެށީއްސުރެ އެ ބޭންކުގެ މުވައްޒަފުންގެ ގޮތުގައި ތިބި ތިން މީހަކަށް ވަނީ 40 އަހަރުގެ ހިދުމަތުގެ އަގުވަޒަންކޮށް ހާއްސަ އިނާމެއް ވެސް އަރުވާފަ އެވެ. އެއީ، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި، އައިޝަތު ނޫރައްދީނާއި ބީއެމްއެލްގެ ޑިވެލޮޕްމެންޓު ބޭންކިން ޑައިރެކްޓާ، ފާތިމަތު މަނިކެ އަދި ސީނިއާ ފެސިލިޓީސް އޮފިސާ މޫސާ މުހައްމަދެވެ.

ބީއެމްއެލްގެ ސީއީއޯ އެ ބޭންކުގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ ތިން މުވައްޒަފުންނާ އެކު -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އެ ބޭންކުގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ ތިން މުވައްޒަފުންނާ އެކު -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އެ ބޭންކުގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ ތިން މުވައްޒަފުންނާ އެކު -- ފޮޓޯ: ބީއެމްއެލް

އޭގެ އިތުރުން ބީއެމްއެލްގެ ސީނިއާ ރީކޮންސިލިއޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި، ފިރާގު އަހުމަދަށް ވެސް ވަނީ އެ ބޭންކަށް 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާތީ ހާއްސަ އިނާމެއް އަރުވާފަ އެވެ.

ބީއެމްއެލްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ފަރާތްތަކުން ބޭންކިން ދާއިރާއިން ހޯދާފައިވާ އިލްމާއި ތަޖުރިބާ އަކީ ދެވަނައެއް ނުވާފަދަ ހިދުމަތެއް ކަމަށް އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި އެވެ. އަދި، ރާއްޖޭގެ އެންމެ ކުރިއަރާފައި އޮތް ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން އެ މުވައްޒަފުން ކޮށްދެއްވި މިންނެތް ބުރަ މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ބޭންކު އޮފް މޯލްޑިވްސް އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ މުވައްޒަފުންގެ 99 އިންސައްތަ އަކީ ދިވެހީންނެވެ.

ބީއެމްއެލްގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ހަނދާނީ ފިލާ އެރުވުމަށްފަހު އެ ބޭންކުގެ ސީއީއޯ ވާހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ހަނދާނީ ފިލާ އެރުވުމަށްފަހު އެ ބޭންކުގެ ސީއީއޯ ވާހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ހަނދާނީ ފިލާ އެރުވުމަށްފަހު އެ ބޭންކުގެ ސީއީއޯ ވާހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނީ ބައިނަލްއަގުވާމީ މައިދާނުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި ގަވާއިދުތައް ބަލައި ދިރާސާ ކުރުމަށްފަހު އެ ބޭންކުގެ މުވައްޒަފުންނާ ގުޅޭ އުސޫލުތައް އެންމެ ކުރިއަރާފައިވާ އުސޫލުތަކާ އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ބޭންކުން ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް އެ ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގު ސާވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox