ތާލިބާނުންގެ ހަމަލާއެއްގައި ޕާކިސްތާނުގައި ތިން މީހުން މަރުވެއްޖެ

ޕާކިސްތާނުގެ މިސްކިތެއްގެ ބޭރުގައި ފުލުހުންގެ ވެހިކަލެއް. -- ފޮޓޯ: އޭޕީ

ޕާކިސްތާނުގެ މިސްކިތެއްގެ ބޭރުގައި ފުލުހުންގެ ވެހިކަލެއް. -- ފޮޓޯ: އޭޕީ

ޕާކިސްތާނުގެ ތާލިބާނުން ބުދަ ދުވަހު ދިން ހަމަލާއެއްގައި ތިން މީހުން މަރުވެ 23 މީހުންނަށް އަނިޔާވެއްޖެ އެވެ.

ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން އެ ހަމަލާ ދިނީ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ޓެރަރިސްޓަކު އަމިއްލައަށް މަރުވެގެންނެވެ.

ޓީޓީޕީއަކީ އަފްގާނިސްތާނުގެ ތާލިބާނުންނާ ތަފާތު ގްރޫޕެކެވެ. އެހެން ނަމަވެސް، ދެ ގްރޫޕުން ވެސް ގެންގުޅެނީ އެއް ކަހަލަ ވިސްނުންތަކެކެވެ.

Advertisement

ޕާކިސްތާނުގައި 2007 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބޮޑެތި ހުރިހާ ޓެރަރިސްޓް ހަމަލާއެއްގެ ފަހަތުގައި ވަނީ ނުރައްކާތެރި ޓީޓީޕީ އެވެ.

ޓީޓީޕީއިން މިދިޔަ ހޯމަ ދުވަހު ބުނީ ވަގުތީ ގޮތުން ސުލްހަ ގާއިމް ކުރަން މިދިޔަ ޖޫން މަހު ސަރުކާރާ އެކު އެކުލަވާލި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

"މުޖާހިދުންނާ ދެކޮޅަށް ގައުމުގެ އެކި ކަންކޮޅުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ދަނީ ހިންގަމުން. އެހެންވީމާ، މެމްބަރުން ތިބި ތަނެއްގައި ތިބެގެން ހަމަލާތައް ދެމުން ދިޔުން ކޮންމެހެން ވެސް މުހިއްމު،" ޓީޓީޕީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުލުހުން ބުނީ ބުދަ ދުވަހު ހަމަލާ ދިނީ ހުޅަނގު ގެތާ ސިޓީގައި ޕޯލިއޯ ވެކްސިން ޖެހުމުގައި އުޅުނު ޓީމެއްގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހުންނަށް އަމާޒުކޮށް ކަމަށެވެ.

މަރުވީ ފުލުހަކާއި، އަންހެނަކާއި ކުޑަކުއްޖެކެވެ. ޓީޓީޕީއިން ބުނީ ހަމަލާ ދިނީ ވަގުތީ ސުލްހައިގެ އެއްބަސްވުމާ ހިލާފަށް އެ ގްރޫޕްގެ ފައުންޑިން މެމްބަރު އުމަރް ހާލިދް މަރާލުމުން، ބަދަލު ހިފުމަށް ކަމަށެވެ.

"ބަދަލު ހިފުމުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ،" ޓީޓީޕީގެ ބަޔާނުގައި ބުންޏެވެ.

ޕާކިސްތާނުގެ ރަށްފުށުގެ ހިސާބުގަނޑުގެ ބޮޑު ސަރަހައްދެއް މީގެ ކުރިން ޓީޓީޕީއިން ކޮންޓްރޯލް ކުރި އެވެ. އެ ތަންތަނުގައި ތަންފީޒު ކުރީ އެ ގްރޫޕުން ގަބޫލުކުރާ ހަމަތަކެވެ.

ޓެރަރިޒަމާ ދެކޮޅު މަސައްކަތުގެ ތެރެއިން ޓީޓީޕީގެ ގިނަ މެމްބަރުން ޕާކިސްތާނުން ފައްސާލި އެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ގިނަ މެމްބަރުން އުޅެނީ އަފްގާނިސްތާނުގަ އެވެ.

އަފްގާނިސްތާނުގެ ތާލިބާނުން ވެރިކަމަށް އައުމާ އެކު ޓީޓީޕީއަށް ވެސް އާ ހިތްވަރެއް ލިބި، ޕާކިސްތާން ސަރުކާރާ ދެކޮޅަށް މަސައްކަތް ވަރުގަދަ ކުރަން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox