އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ފިތުރޯނު މަގަށް ބަދަލު ކުރަނީ

އިސްލާމިކް ބޭންކުގެ މައި އިދާރާއިން މީހަކު ނުކުންނަނީ. -- ފޮޓޯ: އަދަދު

އިސްލާމިކް ބޭންކުގެ މައި އިދާރާއިން މީހަކު ނުކުންނަނީ. -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިމަރާތަށް ބަދަލު ކުރުމަށް އެ ބޭންކުން ނިންމައިފި އެވެ.

ވަން އެވެނިއުގައި އަލަށް ހުޅުވާ ގޮފިން ހިދުމަތް ދޭން ފަށާނީ މިއަންނަ އާދީއްތަ ދުވަހު އެވެ. އެ ބޭންކުގެ ހުޅުމާލެ ބުރާންޗު މިހާރު ހުންނަނީ ސެންޓުރަލް މޯލްގަ އެވެ.

އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ބަދަލު ކުރުމަށް ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެމްއައިބީ
އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ބަދަލު ކުރުމަށް ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެމްއައިބީ

އިސްލާމިކް ބޭންކުގެ ހުޅުމާލެ ބުރާންޗު ބަދަލު ކުރުމަށް ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެމްއައިބީ

އިސްލާމިކް ބޭންކުން ބުނީ އާ އިމާރާތަށް އެ ގޮފި ބަދަލު ކުރާއިރު، އެތަނުގައި ގާއިމު ކުރާ އޭޓީއެމް ސެންޓަރުން 24 ގަޑިއިރު ޗެކާއި ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށާއި މި ބަދަލާ އެކު އެ ބޭންކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލަކުން ފަސޭހަ ކަމާ އެކު ހިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ދާނެ ކަމަށެވެ.

މި ބަދަލަކީ ހުޅުމާލެ ފޭސް ދޭއްގައި މީހުން ދިރިއުޅެން ފެށުމާ އެކު އެ އަވަށުގެ އާބާދީ ބޮޑުތަނުން އިތުރުވެފައި ވުމުގެ ސަބަބުން އެ ބޭންކުން ހުޅުމާލޭގައި ދެމުން އަންނަ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުމުގައި ގެންނަ ބަދަލެއް ކަމަށް އެ ބޭންކުން ބުނެ އެވެ.

މި ބަދަލާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ނުވަތަ އިތުރު އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ބޭންކުގެ ކަސްޓަމާ ކެއާ ސެންޓަރުގެ އީމެއިލް customercare@mib.com.mv އަށް މެއިލް ކުރުމަށް އިސްލާމިކް ބޭންކުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox