ވާގޮތް: ބުރެޒިލް ކުޅުންތެރިން ފުޓުބޯޅަ ކުޅެން އެހާ މޮޅީ ކީއްވެ؟

2002، ވަނަ އަހަރުގެ ވޯލްޑު ކަޕު ޗެމްޕިއަންކަން ހޯދުމަށްފަހު ބުރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ

2002، ވަނަ އަހަރުގެ ވޯލްޑު ކަޕު ޗެމްޕިއަންކަން ހޯދުމަށްފަހު ބުރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ

"އަހަރެން ކުޑައިރު ގޭދޮށުގައި ފުޓުބޯޅަ ކުޅޭއިރު ކުޅެނީ ވޯލްޑު ކަޕު ގޮތަށް ދެކިގެން. އެންމެން ވެސް ބޭނުން ވަނީ ބުރެޒިލަށް ވެގެން ކުޅެން،"

ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޒައިނުއްދިން ޒިދާންއާ ފީފާ އިން 2013، ވަނަ އަހަރު ކުރި އެކްސްކުލޫސިވް އިންޓަވިއުއެއްގައި އޭނާ ބުނެފައިވެ އެވެ.

"އެންމެ ފަހުން އަހަރެންގެ ހުވަފެން ހަގީގަތަކަށްވީ އަސްލު ވޯލްޑު ކަޕެއްގައި ބުރެޒިލްއާ ދެކޮޅަށް ކުޅެލަން ފުރުސަތު ލިބުނީމަ. އަހަރެން ހިތާހިތުން ބުނިން، މިއީ އެވަގުތޭ، އެތަނަށް (ދަނޑަށް) ނުކުމެ ފުރުސަތުގެ ބޭނުން ހިފާށޭ، އެންމެ ގޯސްވެގެން ވާނީ ކީއްހެއްޔެ؟ [ބުރެޒިލް އަތުން] ބަލިވިޔަސް އެއްވެސް މީހަކު އަހަރުމެން ދެކެ ރުޅިއެއް ނާންނާނެޔޭ، އަހަރެންގެ މޮޅު ހުނަރު ދައްކާލާށޭ، އަނެއްކޮޅުން އަހަރުމެންނަށް ބުރެޒިލް ބަލި ކުރެވިއްޖެއްޔާ އެއީ ކެރިއަރު ނިންމާލާފައި އެކަމާ މެދު ފަހުރުވެރި ވާނެވަރުގެ ކަމެކޭ،" އިތުރަށް ޒިދާން ބުނެފައި ވެއެވެ.

Advertisement

މިއީ ހަމައެކަނި ޒިދާންގެ ދުލުން ބޭރުވާ ވާހަކަތަކެއް ނޫނެވެ. ދުނިޔެ ދުށް އެތައް ފުޓުބޯޅަ ލެޖެންޑުންނެއްގެ ދުލުން ވެސް ބުރެޒިލްއާ މެދު ބުނެފައި ހުރީ މިފަދަ ބަސްތަކެކެވެ. ހަމަޔަގީނުން ވެސް އޭގެ ފަހަތުގައި ސަބަބުތަކެއް އޮންނާނެކަން ކަށަވަރެވެ.

ބުރެޒިލްއަކީ ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް މުޅި ދުނިޔޭގެ އެންމެ ކާމިޔާބު ގައުމެވެ. ރީނދުލާއި ނުލުގެ ޖާޒީގައި އެތައް އެތައް ހުނަރުވެރި ކުޅުންތެރިންނެއް އެ ދިދައިގެ ދަށުން ދަނޑަށް ނެރެދީފި އެވެ. އެ ގައުމުން ފުޓުބޯޅަ ކުޅެން ފެށީއްސުރެ ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި، ބުރެޒިލް ކުޅުންތެރިއެއްގެ ނަމެއް ނުހިމެނޭ ޒަމާނެއް ނުދެ އެވެ. ސޮކްރޭޓްސްއާއި ޕެލޭއާއި ޒިކޯއާއި ރޮނާލްޑޯ ޑަ ލީމާގެ އިތުރުން ރޮނާލްޑީނިއޯ، ރޮމާރިއޯ އަދި ކަކާ މެން ފަދަ އެތައް ނަމެކެވެ.

ސުވާލަކީ ބުރެޒިލުން އެހާ ބައިވަރު ހުނަރުވެރި، މޮޅެތި ކުޅުންތެރިން އުފެދެނީ ކީއްވެ ހެއްޔެވެ؟ އެހެން ގައުމަކުން އެފަދަ ކުޅުންތެރިން އެ އަދަދަށް ދަނޑަށް ނުނެރެވެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ފުޓުބޯޅައިގެ ތަހުތު އަބަދުވެސް ބުރެޒިލް އަށް ލިބެނީ ކީއްވެ ހެއްޔެވެ؟ މި ލިޔުމުގައި މިފަހަރު މިގެނެސްދެނީ މިހެންވާން މެދުވެރިވާ ސަބަބެވެ.

ބުރެޒިލްގެ އެއްބައިވަންތަ ކަމުގެ އަސްލު

ފުޓުބޯޅައިގެ އެންމެ ކާމިޔާބު ގައުމަކަށް ބުރެޒިލް ވަނީ ގުދުރަތީ ގޮތުން ވަކި ހާއްސަކަމެއް އެ ގައުމުގެ ކުޅުންތެރިންނަށް ލިބިފައި ވާތީއެއް ނޫނެވެ. ފުޓުބޯޅައަކީ އެ ގައުމުގެ ރައްޔިތުންގެ ފަހުރެވެ. އެއީ އެމީހުންގެ ލޭނާރެވެ. އެއީ އެމީހުންނަށް ހަމައެކަނި ކުޅިވަރެއް ނޫނެވެ. އަހަރުމެން ދިވެހި ބަހާމެދު ފަހުރުވެރިވާ ފަދައިން އެމީހުން ފަހުރުވެރި ވަނީ ފުޓުބޯޅައަށްޓަކަ އެވެ.

ފުރަތަމަ ފަހަރަށް ބުރެޒިލަށް ފުޓުބޯޅަ ތައާރަފުކޮށްދިނީ 1890 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސިންނެވެ. ފުރަތަމަ ބުރެޒިލްގައި ފުޓުބޯޅަ ކުޅުނީ ރިއޯ ޑި ޖެނެއިރޯއާއި ސައޮ ޕައޮލޯގައި ޔޫރަޕުގެ ކުޅުންތެރިން އެކަނި ހިމަނައިގެން އުފެއްދި ކުލަބުތަކުންނެވެ. އޭރު ބުރެޒިލް މީހުންނަށް އޮންނަނީ ދޮން މީހުން ކުޅޭއިރު ކުޅިބަލަން ތިބުމެވެ. ސަބަބަކީ ބުރެޒިލްގެ އަސްލަކީ ކަޅު ނަސްލުކަމަށް ވުމެވެ. އިނގިރޭސިން ގަބޫލުކުރި ގޮތުގައި ކަޅު ނަސްލުގެ މީހުންނަކީ އެމީހުންނަށް ވުރެ މާދަށު ދަރަޖައިގެ ބައެކެވެ.

އެހެންނަމަވެސް ބުރެޒިލްގެ އަހުލުވެރިން އެގޮތަށް އެކަން ބަލައެއް ނުގަތެވެ. އަމިއްލަ ޓީމުތަކެއް އުފައްދައި، އެމީހުންވެސް ބޯޅަ ހިފައިގެން ދަނޑަށް ނުކުތެވެ. ބުރެޒިލްގެ ރައްޔިތުން ފުޓުބޯޅައާ މެދު ދެކުނީ އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެމީހުން ކުރާ ހަނގުރާމައެއްގެ ގޮތުގައެވެ. އެއާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 1914، ވަނަ އަހަރު ބުރެޒިލުން ހޮވާލެވުނު ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވުނު ޓީމަކުން އިނގިރޭސިވިލާތުގެ އެކްސްޓާ ސިޓީ ބަލިކޮށް، އިނގިރޭސިންނަށް ރަނގަޅު ފިލާވަޅެއް ނަގައިދިނެވެ.

ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ، ޕެލޭ
ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ، ޕެލޭ

ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ، ޕެލޭ

ލިބުނު މޮޅުން އާވި ހިތްވަރާއެކު ފަސްބެލުމެއް ނެތި ކުރިއަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަސް އަހަރު ފަހުން، އާތާ ފްރީޑެންރައިކްގެ ގޯލުން 1919، ވަނަ އަހަރު ސަރަހައްދީ ޗެމްޕިއަންކަން ބުރެޒިލުން ހޯދި އެވެ. ނަމަވެސް ނަސްލީ ތަފާތުކުރުންތަކުގެ މައްޗަށް ބުރެޒިލްއަކަށް ކުރިއެއް ނުލިބުނެވެ. 1920، ވަނަ އަހަރު އިޓަލީގައި ކުޅުނު ވޯލްޑު ކަޕުގައި ވެސް ބުރެޒިލް ކުޅުންތެރިންނަށް ކުރިމަތިލާން ޖެހުނީ ނަސްލީ ތަފާތުކުރުމާއި ފުރައްސާރައާ އެވެ. އެއާއެކު ފުޓުބޯޅައަކީ އެމީހުންގެ އެއްބައިވަންތަ ކަމުގެ އަސްލު ކަމުގައި މުޅި ބުރެޒިލް ދެކުނެވެ.

އެހިސާބުން ފެށިގެން މާބައިވަރު ވަސީލަތްތަކެއް ނެތް ބުރެޒިލްގެ މަގުތައް އެއީ 24 ގަޑިއިރު ފުޓުބޯޅަކުޅޭ މައިދާންތަކަކަށް ބަދަލުވެގެން ދިޔައެވެ. ކޮންމެވެސް ދުވަހަކުން ގައުމު ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދުގައި، ދޭހައި އަތްވަކާއި ވެހޭހައި ވާރޭއެއްގައި އެތައް މިލިއަން ކުދިންނެއް ފުޓުބޯޅަ ކުޅެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ހުނަރުވެރި އެތައް ކުޅުންތެރިންނެއް އެ ގައުމުގައި އުފެދެން ފެށި އެވެ. ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، ޕެލޭގެ ޖާދުވީ ކުޅުމާ އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހައިރާން ކޮށްލައި ކަޅު ނަސްލަށް ނިސްބަތްވާ ބުރެޒިލުން ދުނިޔޭގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލި އެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ފުޓުބޯޅައަކީ ބުރެޒިލްގެ ހިތުގެ ވިންދެވެ. އެ ގައުމުގެ ފަހުރެވެ. ބުރެޒިލްގެ ބަހުން ނަމަ "ޖޮގާ ބޮނީތޯ" އަކީ އެމީހުންގެ ދިރިއުޅުމުގެ އެއްބައެވެ.

ކުދިން އުފަންވަނީ ފުޓުބޯޅައިގެ ތެރެއަށް

އެހެން ގިނަ ގައުމުތަކުގައި ވެސް ފުޓުބޯޅައަކީ ވަރަށް އާންމު ކުޅިވަރެކެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ވެސް ފޯރިގަދަ ކުޅިވަރެކެވެ. އެހެންނަމަވެސް ބުރެޒިލްގައި މިކަމުގައި ވެސް އެހެން ގައުމުތަކާ ތަފާތުތަކެއް ހުރެ އެވެ.

އެގޮތުން އެ ގައުމުގެ ތުއްތުކުދިން ފައިއިނދޭ އުމުރުން ފެށިގެން ފުޓުބޯޅަ އަކީ އެ ކުދިންގެ ފަޔަށް ފަރިތަ އެއްޗަކަށް ހަދާލަ އެވެ. ދުވަން ދަސްކުރުމުގެ ކުރިން އެ ކުދިން ފުޓުބޯޅަ ކުޅެން ދަސްކުރެ އެވެ. އެހެން ގައުމުތަކާ ހިލާފަށް ފުޓުބޯޅަ އަކީ އެ ކުދިންގެ ކޮންމެ ދުވަހެއްގެ އެއްބައެވެ. އަޑިގުޑަން މަގުތަކާއި ގޮނޑުދޮށް ތަކަކީ އެ ކުދިންގެ ތަމްރީނު މައިދާންތަކެވެ.

ބުރެޒިލްގެ މަގެއްގެ މަތީގައި ކުޑަކުއްޖަކު ފުޓުބޯޅަ ކުޅެނީ
ބުރެޒިލްގެ މަގެއްގެ މަތީގައި ކުޑަކުއްޖަކު ފުޓުބޯޅަ ކުޅެނީ

ބުރެޒިލްގެ މަގެއްގެ މަތީގައި ކުޑަކުއްޖަކު ފުޓުބޯޅަ ކުޅެނީ

ދުނިޔޭގެ ފެންވަރުގެ އެތައް ކުޅުންތެރިންނެއް އެ ގައުމުން އުފެދިގެން އަންނަ ސަބަބަކީ ކުދިކުދި ބޯޅަތަކުން އެ މައިދާންތަކުގައި އެ ކުދިން ކުރާ ހިތްވަރެވެ. ބޯޅަ ކޮންޓުރޯލް ކުރުމާއި ތަފާތު މޮޅު ގޮތްގޮތަށް ބޯޅަ ގެންގުޅުމަކީ ލޯލި ކަޅުވެލާ އުމުރަށް އަޅާއިރު އެ ކުދިންނަށް މާ އުނދަގޫ ކަމަކަށް ނުވެ އެވެ. ބުރެޒިލްއަށް ޒިޔާރަތް ކުރާ ފުޓުބޯޅައިގެ ބައެއް މާހިރުން ސިފަކުރާ ގޮތުގައި އެ ގައުމުގެ ފުރާވަރު ކުދިންގެ ބޯޅަ ކޮންޓުރޯލް ކުރުމުގެ ހުނަރު، ޔޫރަޕު ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންނަށް ވުރެ މޮޅެވެ.

ބުރެޒިލްގެ މަގުތަކުގައި ފުޓުބޯޅަ ކުޅޭ ތަން ނުފެންނަ ވަގުތެއް ނުދާ ކަމަށް ވެއެވެ. އޭގެ ފަހަތުގައި ވެސް އޮތީ އަސަރު ގަދަ ވާހަކަ އެކެވެ. އެ ގައުމަކީ މާ ތަނަވަސް ގައުމެއް ނޫން ކަމުން، ފުޓުބޯޅަ އަކީ އެއިން ކޮންމެ ކުއްޖެއްގެ ވެސް ކުރިމަގާ ގުޅިފައި އޮންނަ ކަމެކެވެ. މޮޅު ކުޅުންތެރިއަކަށް ވެވިއްޖެ ނަމަ ފުދިގެން އުޅެވޭ ވަރުގެ ތަނަވަސްކަމެއް އެ ކުދިންނަށް ލިބޭނެ އެވެ. އެހެންކަމުން ފުޓުބޯޅައަކީ ބުރެޒިލް މީހުންނަށް އެތައް ގޮތަކުން ވަރަށް ހާއްސަ ކުޅިވަރެކެވެ.

އެ ގައުމަކީ ފުޓްސަލްގެ ވެސް ރަސްގެފާނު

ފުޓުބޯޅައިގެ އިތުރުން ފުޓްސަލްއަކީ ވެސް އެ ގައުމުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. ސްޓުރީޓު ފުޓުބޯޅައިގެ އިތުރުން ފުޓްސަލްއަކީ ވެސް އެ ގައުމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ އާދަޔާ ހިލާފު ހުނަރުގެ މުހިންމު ބައިވެރި އެކެވެ. ރޮނާލްޑީނިއޯ އަދި ނޭމާ ޖޫނިއާ ފަދަ ފަހުގެ ތާރީހު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ފެށުމަކީ ވެސް ފުޓްސަލްއެވެ. ފުޓުބޯޅައާ ހިލާފަށް ކުޑަކުޑަ ދަނޑެއްގައި ކުޅޭ ފުޓްސަލްއަކީ ބުރެޒިލް ކުޅުންތެރިންގެ ފަރާތުން ފެންނަ ޗަރުކޭހުގެ އަސްލެވެ. އެންމެ ތުއްތު އިރުން ފެށިގެން ސްޓްރީޓު ފުޓުބޯޅައާއި ފުޓްސަލްގެ ދަނޑުތަކުގައި ތަފާތު ދައްކާ އެތައް ކުދިންނެއް އެ ގައުމުގައި އަބަދު ވެސް ތިބެ އެވެ.

ނަތީޖާއެއްގެ ގޮތުން އެ ގައުމުން ވަނީ 1989، ވަނަ އަހަރުން ފެށިގެން ފީފާއިން ބާއްވަމުން އަންނަ ފީފާ ފުޓްސަލް ވޯލްޑު ކަޕު ވެސް ފަސް ފަހަރު ކާމިޔާބުކޮށް، އެންމެ ގިނަ ފަހަރު އެ މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ހޯދާފަ އެވެ. އެގައުމަކީ ފުޓްސަލްގައި ވެސް ދުނިޔޭގެ އެންމެ ކާމިޔާބު ޓީމެވެ. މި ކުޅިވަރުގެ ކާމިޔާބީ ވެސް ގޮސް ގުޅެނީ ބުރެޒިލްގެ މަގުމައްޗާއި ގޮނޑުދޮށާ އެވެ.

ފުޓުބޯޅައާއި ފުޓްސަލްގެ ތަހުތުގައި ބުރެޒިލް ހަމަޖެހިލަނީ މި ސަބަބުތަކާ ހުރެ އެވެ. ފުޓުބޯޅައާއި ފުޓްސަލް އަކީ އެމީހުންގެ ހިތްތަކުގައި އެހެން އެއްވެސް ކަމަކަށް ދެވިފައި ނުވާ ގަދަރަކާއި ލޯތްބެއް އޮންނަ ދެ ކުޅިވަރެވެ. ވާގޮތަކީ މިއީ އެވެ. އެހެންނަމަވެސް އަދިވެސް ބައެއް ފަހަރު ބުރެޒިލްގެ ކުޅުންތެރިންނަށް ނަސްލީ ތަފާތުކުރުމާއި ފުރައްސާރައާ ކުރިމަތި ލާން ޖެހެ އެވެ. އެހެނަސް އެމީހުންނަކީ ދޮން މީހުންނަށް ވުރެ އެތައް ގޮތަކުން ކުރިއަރައި ދެވޭނެ ބައެއްކަން އެމީހުންގެ ބުރަ މަސައްކަތާއި ހިންމަތުން މުޅި ދުނިޔެއަށް ސާބިތު ކޮށްދީފި އެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox