ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ދަނީ ހަމަލާއެއް ދޭން ކެނޑިނޭޅި މަސައްކަތް ކުރަމުން: މާރިޔާ

Nov 25, 2022, 8:52 AM
ރޭގެ ހަފްލާގައި މާރިޔާ ސިފައިންގެ އިސް ވެރިންނާއެކު: ޓެރަރިސްޓުންނާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރޭގެ ހަފްލާގައި މާރިޔާ ސިފައިންގެ އިސް ވެރިންނާއެކު: ޓެރަރިސްޓުންނާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ދަނީ ހަމަލާއެއް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ސަދަން އޭރިޔާ ކޮމާންޑަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ޓެރަރިސްޓުން ދަނީ "އެކަމަށް ހުސްވެލައިގެން ތިބެ" ރޭވުންތައް ރާވަމުން ކަމަށެވެ.

"ހަރުކަށި ފިކުރު ފެރުރުނިޔަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. އެހެން ނަމަވެސް، މުޖުތަމައުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެމަސައްކަތް އެބަކުރޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި މަހުގެ ތެރޭގައި އައްޑޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ނާކާމިޔާބުކޮށްލީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކަމަށެވެ.

"ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން،" އޭނާ ވިދާޅުވި އެވެ.

ޓެރަރިސްޓުންނާ ކުރިމަތިލުމުގެ ގާބިލުކަން ސިފައިންގެ އިތުރު ކުރަންޖެހޭ ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.

"މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. މިގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް ވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގައި، މިފަދަ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ޓެރަރިސްޓުން ޕްރޮޕެގެންޑަ ފަތުރަނީ އިންޓަނެޓުގައިކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ ސިފައިން ވެސް މާހައުލާ އެއްގޮތަށް ބަދަލުވާންޖެހޭ ކަމަށެވެ.

"މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބާ ނުވަތަ އިންފޮމޭޝަން ޑޮމޭންގަ. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ހަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުސަތު އިތުރުވޭ،" މާރިޔަ ވިދާޅުވި އެވެ. "އެހެންކަމުން، ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ދާންޖެހޭނީ ބަދަލުވަމުން."

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox