ޒިޔަދަމްގެ މަރަށް ހަތް އަހަރު ފަހުން ހުކުމް ކުރުން އަންނަ މަހު!

މަރާލި ޒިޔަދަމް؛ އޭނާގެ މަރުގެ މައްސަލާގައި އަންނަ މަހު ހުކުމް ކުރުމަށް ތާވަލުކުރަން ނިންމައިފި

މަރާލި ޒިޔަދަމް؛ އޭނާގެ މަރުގެ މައްސަލާގައި އަންނަ މަހު ހުކުމް ކުރުމަށް ތާވަލުކުރަން ނިންމައިފި

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިތާ ހަތް އަހަރު ފަހުން އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތުގެ އަޑުއެހުންތައް ނިންމައި، އަންނަ މަހު ހުކުމް ކުރުމަށް މައްސަލައާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އިސްމާއީލް ޝަފީއު ނިންމަވައިފި އެވެ.

ޒިޔަދަމް މަރާލާފައި ވަނީ މީގެ ހަ އަހަރު ކުރިން، 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާ ދީގެންނެވެ.

އެންމެ ފުރަތަމަ އޭނާގެ ފަލަ މަސްގަނޑަށް ވަޅި ޖެހުމުން، އެ ހަމަލާއިން ސަލާމަތްވުމަށް ދުވެފައި ދަނިކޮށް، ދެ މީހެއް އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ މަރާލީ ކަމަށް ދައުވާގައި ވެއެވެ. އެ ދެ މީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި މުހައްމަދު ޝަނޫން ކަމަށް ވެސް ދައުވާގައިވެ އެވެ.

ސިފާމް އާއި ޝަނޫންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭގެ އިތުރަށް ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ހަތް އަހަރުވީ މައްސަލަ މީގެ ކުރިން ތިންހަތަރު ގާޒީން ބަލާފައިވާއިރު، މިހާރު މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ޝަފީއު ހަވާލުވިއިރު ވެސް ހެކިބަސް ނެގުމުގެ މަރުހަލާ ވެސް ނުނިމެ އެވެ. ގާޒީ ޝަފީއު މައްސަލައާ ހަވާލުވި ފަހުން، ހެކި ނެގުމުގެ މަރުހަލާ ނިންމައި ހުލާސާ ބަޔާން އިއްވުން މިއަދު ކުރިއަށް ގެންދިޔަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ނިންމަލާވައްލަވަމުން ގާޒީ ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ބާއްވާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އޮންނަ ގޮތުން، މައްސަލައިގެ ކޮންމެ ހަސްމަކު ޝަރީއަތް ހިނގި ކަންކަމުގެ މައްޗަށް އިއްވާ ހުލާސާ ބަޔާނަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވުމުގެ މަޖިލިސް ބާއްވަން ޖެހެ އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު އެކި ސަބަބުތަކަށްޓައި، މައްސަލަތަކުގެ ހުކުމް އިއްވުން ލަސްވެފައި އެބަ ހުއްޓެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގަ އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox