އދ. ގެ އެންމެ ބާރުގަދަ ދެ ކައުންސިލަށް ރާއްޖޭން ވާދަކުރަނީ

ރައީސް ސޯލިހު ފޮރިން މިނިސްޓަރު ޝާހިދުއާ ސަލާމް ކުރައްވަނީ. ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ފުރާފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ފޮރިން މިނިސްޓަރު ޝާހިދުއާ ސަލާމް ކުރައްވަނީ. ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ފުރާފައި --- ފޮޓޯ: ރައީސް އޮފީސް

އދ. އެންމެ ބާރުގަދަ ދެ ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އަދި ސޯޝަލް ކައުންސިލްގެ މެމްބަރު ގައުމަކަށް ވުމަށް ކުރިމަތިލުމަށް ރާއްޖޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެގޮތުން، ސެކިއުރިޓި ކައުންސިލަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ދައުރަށް ކަމަށާއި އަދި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ދައުރަށް ކަމަށް ފޮރިން މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް ހާމަކޮށްފައިވެ އެވެ.

މި އިންތިހާބުތައް ރާއްޖޭން ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށް ވެސް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރި އެވެ. އެ އިންތިހާބުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ އިންޑޮނޭޝިއާ އެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ތާއީދެވެ.

މި އިންތިހާބުތަކުގައި ވާދަކުރުމަށް ސަރުކާރުން ނިންމީ ހާރިޖީ ދާއިރާއިން ވެފައިވާ ވައުދުތަކަށް ބިނާކޮށް، ގައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަގްސަދުގައި ކަމަށް ސަރުކާރުން ބުނެ އެވެ.

ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އަދި، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ވެސް ފުރާފަ އެވެ. އެ މަގާމުގައި ރާއްޖެެ ތަމްސީލު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ހަމައެހެންމެ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވެސް ރާއްޖެ ވަނީ މިއަހަރު އަލުން އިންތިހާބުވެފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަތަރު މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް ހަ ގައުމަކުން ކުރިމަތިލި އެވެ. މިފަހަރުގެ ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރި އެވެ.

އަދި، މީގެކުރިން ދެ ދައުރެއްގައި ވެސް ހިއުމަންސް ރައިޓްސް ކައުންސިލުގެ ގޮނޑިއެއް ރާއްޖޭން ފުރި އެވެ. ފުރަތަމަ ދައުރަށް ރާއްޖެ އިންތިހާބުވީ 185 ގައުމެއްގެ ވޯޓާ އެކު އެވެ. ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ އެ ކައުންސިލުގެ 164 މެމްބަރު ގައުމުގެ ތާއިދާ އެކު އެވެ.

އެގޮތުން، 2010 ގައި އިންތިހާބުވި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ގައުމަކީ ވެސް ރާއްޖެ އެވެ. ޖެހިޖެހިގެން ދެ ދައުރު 2011 އިން ފެށިގެން 2016 އާ ހަމައަށް އެ ކައުންސިލުގެ މެމްބަރުކަން ރާއްޖެއިން ކުރި އެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ އިން ކުރި އެވެ.

އެއަށްފަހު، ރާއްޖެއިން މަސައްކަތްކުރީ 2018 އިން 2020 އަށް ހޮވި ކައުންސިލުގެ މެމްބަރަކަށްވުމަށެވެ. ޑިޕްލޮމެޓިކް ކެމްޕޭނެއް ކުރުމަށް ފަހު އެ ގޮނޑިއަށް ވާދަ ނުކުރުމަށް ނިންމި އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެއީ ފަހުގެ ދައުރެއްގައި ވާދަކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox