ސޮލޮމޮން އައިލެންޑްސްއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ ބިރެއް ނެތް

ސޮލޮމޮން އައިލެންޑްސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސޮލޮމޮން އައިލެންޑްސްއަކީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމުގައިވާ ސޮލޮމޮން އައިލެންޑްސްގެ ހުޅަނގު ދެކުނު މަލާންގޯ ސަރަހައްދަށް 7.0 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފި އެވެ.

މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ އަދި އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ނާދެ އެވެ. އެކަމަކު ވެރިރަށް ހޮނިއަރާއަށް 20 ސިކުންތު ވަންދެން ބިންހެލުމުގެ އަސަރު ކުރި އެވެ.

ސުނާމީގެ އިންޒާރު ނެރުމާ އެކު ބޮޑު ވަޒީރުގެ އޮފީހުން އާއްމުންނަށް އެންގެވީ އައްސޭރިފަށުގެ ހިސާބުތައް ދޫކޮށް ދިޔުމަށެވެ. އެކަމަކު ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ފަހުން ބުންޏެވެ.

Advertisement

އެމެރިކާއިން ހިންގާ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވެސް ބުނީ ސުނާމީއެއް އަރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ބިންހެލުން އައީ ސޮލޮމޮން އައިލެންޑްސްގެ ގަޑިން މެންދުރު 01:00 ހާއިރު ބިމުގެ 15 ކިލޯމީޓަރު އަޑިން، އައްސޭރިފަށާ ހުޅަނގު ދެކުނުން 18 ކިލޯމީޓަރު ދުރުންނެވެ.

އޭގެ ސަބަބުން ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ހޮނިއަރާގެ އިމާރާތްތަކުގައި ތިބި މީހުން މަގުތަކަށް ނިކުތެވެ. އެއަށްފަހު ވެސް އެ ސަރަހައްދަށް އިތުރު ތިން ލޮޅުން ކުރިމަތިވި އެވެ.

ސޮލޮމޮން އައިލެންޑްސްގެ މީޓިއޮރޮލޮޖިކަލް ސާވިސްގެ ޑިރެކްޓަރު ޑޭވިޑް ހިބާ ހިރިއާސިއާ ނަސޭހަތް ދެއްވީ އިތުރު ބާރުގަދަ ލޮޅުންތައް އަންނާނެ ކަމަށް ބެލެވޭތީ ސަމާލުވެ ތިބުމަށެވެ.

ސޮލޮމޮން އައިލެންޑްސްއަށް ބޮޑު ބިންހެލުމެއް އައިސްފައިވާ އިރު، އާދީއްތަ ދުވަހު އިންޑޮނީޝިއާއަށް އައި ބިންހެލުމެއްގައި 162 މީހުން މަރުވި އެވެ.

ސޮލޮމޮން އައިލެންޑްސް އާއި އިންޑޮނީޝިއާ އޮންނަނީ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގަ އެވެ. އެއީ އާއްމުކޮށް ބިންހެލުންތައް އެންމެ ގިނައިން އަންނަ ހިސާބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox