އިރާން ބަލިކޮށް އިންގްލެންޑް ފެށީ ވަރުގަދަކޮށް

Nov 21, 2022, 3:13 PM
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ސަކާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ސަކާ އުފާފާޅުކުރަނީ.

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އިރާން އަތުން 6-2 އިން މޮޅުވެ، ވަރުގަދަ ފެށުމަކާ އެކު އިންގްލެންޑުން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މި ނަތީޖާއާ އެކު މިއީ އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފުރަތަމަ މެޗުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެެވެ. މީގެ ކުރިން އިންގްލެންޑުން ބޮޑު މުބާރާތެއްގައި ހަ ގޯލު ޖަހައިގެން މޮޅުވި ހަމައެކަނި މެޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެނަމާ އަތުން 6-1 އިންނެވެ. އެއީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ކުޅުނު ދެ ވަނަ މެޗެވެ.

މިއީ އެންމެ ފަހުން އިންގްލެންޑު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މި އަހަރު މާޗް މަހުގައި އެކުވެރިކަމުގެ މެޗެއްގައި އައިވަރީ ކޯސްޓް އަތުން މޮޅުވި ފަހުން އިންގްލެންޑް ދެން ކުޅުނު ނޭޝަންސް ލީގުގެ ހަ މެޗު ވެސް ނިންމާލީ މޮޅެއް ނުލިބި އެވެ. ތިން މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން މާގިނައިރެއްނުވެ، އިރާންގެ ގޯލްކީޕަރު، އަލީރިޒާ ބީރާންފާންދް އަނގަމަތި ފަޅައިގެން ގޮސް، ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދީގެން ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް ފަހުން، ޖެހުނީ އޭނާ ބަދަލުކުރާށެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު ސައްޔިދު ހުސެއިން ހޮސެއިނީ އެވެ. މިއީ އޭނާ ގައުމީ ޖޯޒީގައި ފުރަތަމަ މެޗެވެ.

އިރާންގެ ގޯލްކީޕަރު އަލީރިޒާ އަށް ދަނޑުމަތީގައި ފަރުވާދެނީ: އޭނާ ބަދަލުކުރަން ޖެހުމަކީ އިރާނަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑުން ފުރަތަމަ 25 ވަރަކަށް މިނިޓަށް ފަހު މެޗުގެ ތެރެއަށް ވަދެ، ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އެ ގޮތުން ކޯނަރެއްގައި އިންގްލެންޑްގެ ހެރީ މެގުއާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އިންގްލެންޑުން ގޯލު ޖެހީ މެޗުގެ 33 ވަަނަ މިނިޓްގަ އެވެ. މިއީ، ލޫކް ޝޯ ނެގި ހުރަހަކަށް އޭރިއާތެރެއަށް ވަދެ، ޖޫޑް ބެލިންހަމް ބޮލުން ޖެހި ގޯލެކެވެ.

މި ގޯލާ އެކު 19 އަހަރުގެ ބެލިންހަމް ވެފައިވަނީ ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލު ޖެހި ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެންމެ ޒުވާން ކުޅުންތެރިއަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭރު އުމުރުން 18 އަހަރުގައި ލަނޑު ޖެހި މައިކަލް އޮވެން އެވެ.

ފުރަތަމަ ގޯލަށް ފަހު ލިބުނު ކޮންފިޑެންސާ އެކު އިންގްލެންޑުން ދެ ވަނަ ގޯލެއް ޖަހަން މާ ގިނައިރެއްނުނެގި އެވެ. މެޗުގެ 44 ވަނަ މިނިޓްގައި އިންގްލެންޑްގެ ދެ ވަނަ ގޯލު ޖެހީ ބުކާޔޯ ސަކާ އެވެ. ކިއެރަން ޓްރިޕިއޭ ނެގި ކޯނަރެއްގައި މެގުއާ ބޮލުން ޖެއްސި ބޯޅަ އޭރިއާތެރެއިން ހޯދައި، ސަކާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އިންގްލެންޑްގެ ފުރަތަމަ ގޯލު ޖެހި ބެލިންހަމް އެ ޓީމުގެ މައުންޓާ އެކު އުފާފާޅުކުރަނީ. ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތު ގޮތުގައި 14 މިނިޓް ދެއްކީ އީރާން ކީޕަރު އަލީ ރިޒާ އަށް ދަނޑުމަތީގައި ފަރުވާ ދޭން ނެގި ވަގުތަށް ބަލައިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި، ހެރީ ކޭން ދިން ބޯޅައަކުން ރަހީމް ސްޓާލިން ވަނީ ރަނގަޅު ތަނަށް ހުސްވެ، އިންގްލެންްޑްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި އިރާނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓްގަ އެވެ. އިންގްލެންޑްގެ އޭރިއާތެރެއިން އިރާންގެ ކުރިއަށް ކުޅޭ އަލީ ރެޒާ ޖަހަންބަކްޝް އަށް ލިބުނު ފުރުސަތަކުން އޭނާ ވޮލީ އަކުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފަށް އިރާން ނުކުތީ ތިން ބަދަލާ އެކީގަ އެވެ. އެކަމަކު، މި ހާފުގައި ވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންގްލެންޑް އެވެ. އިންގްލެންޑުން ވަނީ މެޗުގެ 62 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ ސަކާ އެވެ. މިއީ ސްޓާލިން ދިން ބޯޅަ އަކުން އޭރިއާތެެރެއިން ތިރިތިރިން ޖެހި ގޯލެކެެވެ. އޭގެ ތިން މިނިޓް ފަހުން، އިރާން ވަނީ ގޯލެއް ޖަހައިފަ އެވެ. އޭރިއާތެރެއިން އިރާންގެ ފޯވާޑް މަހްދީ ތަރޭމީ ޖެހި ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖައްސައިފަ އެވެ.

އިންގްލެންޑުން ވަނީ ފަހު 20 މިނިޓަށް، ހަތަރު ބަދަލު އެއްކޮށް ގެނެސްފަ އެވެ. އިންގްލެންޑްގެ ފަސް ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި މާކަސް ރެޝްފޯޑް އެވެ. ކޭން ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރެޝްފޯޑް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ރެޝްފޯޑް މި ގޯލު ޖެހީ ކުޅެން އެރިތާ 49 ސިކުންތުގެ ތެރޭގަ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ވެސް ބަދަލަަކަށް ކުޅެން އަރައި ކުޅުންތެރިއަކު ޖެހި ތިން ވަނަ އަށް އެންމެ އަވަސް ގޯލެވެ.

މެޗުގެ 89 ވަނަ މިނިޓްގައި އިންގްލެންޑްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ޖެކް ގްރީލިޝް އެވެ. އިރާންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ކަލުމް ވިލްސަން ދިން ބޯޅަ ގްރީލިޝް ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 10 މިނިޓް ދެއްކިއިރު، ހަތް ވަނަ މިނިޓްގައި އީރާނަށް ދެ ވަނަ ގޯލެއް ޖަހައިދޭން ސަރްދާރް އަޒްމޫނަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރުވީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގެ އިތުރުން ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. އިރާނުން ވަނީ މެޗު ނިމުމުގެ ކުރިން ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް، ދިން ޕެނަލްޓީ އަކުން ތަރޭމީ ޖެހި ގޯލެކެވެ.

މި ގްރޫޕްގެ ދެ ވަނަ މެޗުގައި މިރޭ ވޭލްސް އާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox