އަގުހުރި އިނާމުތަކާ އެކު ވޯލްޑް ކަޕްގެ ފޯރި "ގޯލްއާރް" ގެ ޕްރައިވެޓު ލީގުތަކަށް

Nov 21, 2022, 1:21 PM
އަގުހުރި އިނާމުތަކާ އެކު ވޯލްޑް ކަޕްގެ ފޯރި "ގޯލްއާރް" ގެ ޕްރައިވެޓު ލީގުތަކަށް

މުޅި ދުނިޔެ ފުޓްބޯޅައިގެ އީދެއްގެ ތެރޭގައި އޮތް މި ދުވަސްވަރު ދިވެހިންގެ މެދުގައި ވެސް ވޯލްޑް ކަޕްގެ ފޯރި ފެންނަނީ ވަރަށް ގަދަކޮށެވެ. އެގޮތުން، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މެޗުތަކުގެ ސްކޯ ދިމާކުރުމަށް ކުރިއަށްގެންދާ އެކި ލީގުތަކެވެ.

ބޮޑެތި މުބާރާތްތަކުގައި ސްކޯ ދިމާކުރުމުގެ މުބާރާތްތައް ފޯރިގަދަވެފައި ވާއިރު، "ގޯލްއާރް" އެޕްލިކޭޝަނަކީ ހަގީގަތުގައި މި ފަދަ ކަންކަމަށް ވަރަށް ފުރިހަމަ އަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

"ގޯލްއާރް" މެދުވެރުކޮށް މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެއް ވަަަނަ އަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ރެޑްވޭވުން ހުށަހަޅާފައިވާ 65 އިންޗުގެ ޓީވީއެއް ލިބޭނެ އެވެ. އަދި، ދެވަނަ އާއި ތިންވަނަ އަށް ލިޓަސް ކަނެކްޓުން ވަނީ އަން ޕްލަސް ބްރޭންޑުގެ ފޯނަކާއި ވަޔަލެސް ބަޑްސް ހުށަހަޅާފަ އެވެ.

"ގޯލްއާރް" އަކީ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ފަށާފައިވާ ޝައުގުވެރި މަސައްކަތެކެވެ. "ގޯލްއާރް" ވުޖޫދުވީ އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. އެ މުބާރާތުގައި ރާއްޖޭގެ ގިނަ އޮފީސްތަކުން މުވައްޒަފުންގެ މެދުގައި "ގޯލްއާރް" މެދުވެރިކޮށް ޕްރައިވެޓް ލީގުތައް ވެސް ވަނީ ބާއްވައިފަ އެވެ. އެ މުބާރާތުގައި "ގޯލްއާރް" އަށް ލިބުނު ތަރުހީބު ބޮޑެވެ.

އެއަށްފަހު ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް "އަދަދު" އިން ވަނީ "ގޯލްއާރް" އާއެކު ސްކޯ ދިމާކުރުމުގެ ލީގެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި، މިއަހަރު ރާއްޖޭގައި ބޭއްވި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގައި ވެސް ސްކޯ ދިމާކުރުމުގެ ލީގު ކުރިއަށްގެންދިޔައީ "ގޯލްއާރް" އިންނެވެ.

"ގޯލްއާރް" ގެ އިންޓަފޭސް. 100 އަށްވުރެ ގިނަ ޕްރައިވެޓު ލީގު އަންނަނީ ހިނގަމުން --- ފޮޓޯ: ގޯލްއާރް
"ގޯލްއާރް" ގެ އިންޓަފޭސް. 100 އަށްވުރެ ގިނަ ޕްރައިވެޓު ލީގު އަންނަނީ ހިނގަމުން --- ފޮޓޯ: ގޯލްއާރް

"ގޯލްއާރް" ގެ އިންޓަފޭސް. 100 އަށްވުރެ ގިނަ ޕްރައިވެޓު ލީގު އަންނަނީ ހިނގަމުން --- ފޮޓޯ: ގޯލްއާރް

ޕްރައިވެޓް ލީގަކީ ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު ވަރަށް ބޮޑު ޓްރެންޑެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެށި "ގޯލްއާރް" އެޕްގައި މިހާރު ވެސް އެކްޓިވްކޮށް ގިނަ ބަޔަކު ޕްރައިވެޓް ލީގުތައް ހަދައިގެން ކުޅެ އެވެ.

އެ އެޕުން މައުލޫމާތު ދޭ ގޮތުގައި ވޯލްޑް ކަޕް ފެށުމުގެ ކުރިން ވެސް 100 އަށްވުރެ ގިނަ ޕްރައިވެޓު ލީގު އެ އެޕުގައި ރެޖިސްޓްރީކޮށް އައީ ހިންގަމުންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ލީގުތައް ވެސް މިހާރު "ގޯލްއާރް" އެޕްގައި ޕްރިޑިކްޓް ދަ ސްކޯ އާއި ޕްރައިވެޓް ލީގު ފަކްޝަން ކުރެވެން ހުރެ އެވެ.

މިފަހަރުގެ މުބާރާތާ ދިމާކޮށް ވެސް "ގޯލްއާރް" ގައި ބޮޑެތި އިނާމުތަކެއް ލިބޭ ލީގުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން، އުރީދޫ މޯލްޑިވްސްގެ ލީގު ފާހަގަކޮށްލެވެ އެވެ. "ގޯލްއާރް" ގެ ފަރާތުން ގެންދަނީ ވީހާވެސް ގިނަ ބަޔަކު މި ފޯރީގައި ބައިވެރިކުރުމުގެ ގޮތުން ބައިވެރިވެވޭނެ ގޮތްތަކުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ވެސް ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox