މެލޭޝިއާގެ ޕާލަމެންޓުގައި އެއްވެސް ބަޔަކަށް މެޖޯރިޓީ ނުލިބުނު، މަހާތީރަށް ވެސް ނާކާމިޔާބީ

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދު. -- ފޮޓޯ: ރޮއިޓާޒް

ވާދަވެރި އާއްމު އިންތިހާބަކަށް ފަހު މެލޭޝިއާގައި ފުރަތަމަ ފަހަރަށް އެއްވެސް ބަޔަކަށް މެޖޯރިޓީ ކަށަވަރު ނުވާ ޕާލަމެންޓެއް އެކުލަވާލައިފި އެވެ.

އެންމެ ގިނަ ގޮނޑި ލިބުނީ އިދިކޮޅު ލީޑަަރު އަންވަރް އިބްރާހިމްގެ ފަޅިއަށެވެ. އެކަމަކު އެމަަނިކުފާނުގެ ޕަކަތަން ހަރަޕަން އެލަޔަންސަށް ވެސް މެޖޯރިޓީ ނުލިބުނެވެ.

ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބްގެ ވެރިކަން ކުރާ ކޯލިޝަނަށް ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އެ ކޯލިޝަނުން ވާދަކުރި 178 ގޮނޑީގެ ތެރެއިން ކަށަވަރުވީ އެންމެ 30 ގޮނޑި އެވެ.

މެލޭޝިއާގެ ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހައްމަދަށް 53 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންތިހާބަކުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެވެ.

ކުރިން ވެރިކަމުގައި އޮތް ޔުނައިޓެޑް މެލޭޒް ނެޝަނަލް އޯގަނައިޒޭޝަންގެ ތާރީހުގައި ކުރިމަތި ނުވާ ފަދަ ބޮޑު ލަދަކާ މި އިންތިހާބުގައި ކުރިމަތިވި އެވެ.

ޕާލަމެންޓުގެ އެންމެ ފުރަތަމަ ޒިންމާއަކީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މެޖޯރިޓީ ސަޕޯޓް އޮތް ބޭފުޅަކު ބޮޑު ވަޒީރުގެ ގޮތުގައި އައްޔަން ކުރެއްވުމަށް ހުށަހެޅުމެވެ.

ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ މުހިއްމު ބައެއް ޕާޓީތަކުގެ ތާއީދާ އެކު އަލުން ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox