މިއަދު ފެށި ވޯލްޑު ކަޕްގެ ފޯރި އާއި އުފާވެރި ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެޗް ބެލޭނެ ގޮތަށް ޖުމުލަ 213 ފޭން ޒޯނެއް އުރީދޫ މޯލްޑިވްސްއިން ހަދައިފި އެވެ.
ފޭން ޒޯންތައް އިފްތިތާހު ކޮށްދެއްވީ އާޓިފިޝަލް ބީޗުގެ ފޭން ޒޯނުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.
އުރީދޫން ބުނި ގޮތުގައި ފޭން ޒޯންތައް ހެދީ މީޑިއާނެޓް، އެމްއައިބީ، ލައިޑް އިންޝުއަރެންސް، މާލެ ސިޓީ ކައުންސިލް، ބޮޑެތި ކެފޭތައް, ރަށު ކައުންސިލް އަދި ޒުވާނުން ޖަމިއްޔާތަކާ ގުޅިގެންނެވެ.

އުރީދޫ އާއި ޕާޓަރުންގެ ފޮޓޯއެއް. -- ފޮޓޯ: އުރީދޫ
އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ހޯދޭނެ އެވެ.
މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީގިޔާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.










