ރައީސްކަމުގެ ރެކޯޑް އޮތް އޮބިއާންގް އާ ދައުރަކަށް ވާދަކުރައްވަނީ

އިކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދުނިޔޭގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރަމުން ގެންދަވާ އިކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގް އާ ދައުރަކަށް ކުރިމަތިލައްވައިފި އެވެ.

އުމުރުން 80 އަހަރުގެ އޮބިއާންގް ރައީސްކަން ކުރައްވާތާ 43 އަހަރުވެއްޖެ އެވެ. އިކުއެޓޯރިއަލް ގިނީގައި އިންސާނީ ހައްގުތަކާ ހިލާފު ގިނަ އަމަލުތަކެއް ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އިންތިހާބުގައި ބައެއް އިދިކޮޅު ކެންޑިޑޭޓުން ވާދަކުރި ނަމަވެސް، އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ނުބެލެވޭތީ އެހެން އެއްވެސް ކެންޑިޑޭޓަކަށް ކުރިނުލިބޭނެކަން ސާފެވެ.

ތެލުގެ މުއްސަނދިކަން އޮތް އެފްރިކާގެ ގައުމު ފުރިހަމައަށް ކޮންޓްރޯލް ކުރައްވަނީ ރައީސް އޮބިއާންގް އެވެ. ސަރުކާރުގެ މުހިއްމު މަގާމުތައް ފުރުއްވަނީ އެމަނިކުފާނުގެ އާއިލީ ބޭފުޅުންނެވެ.

އެގޮތުން ނައިބު ރައީސްކަމުގައި ހުންނަވަނީ ދަރިކަލުން ޓިއޮޑޯރޯ ންގުއެމާ އޮބިއާންގް އެވެ. އެމަނިކުފާނު ދިރިއުޅުއްވަނީ އެމެރިކާ އާއި ޔޫރަޕްގަ އެވެ.

އިނގިރޭސިވިލާތުން ބުނާ ގޮތުގައި ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަން ބޭނުންކުރި ޖަވާހިރުން ޖަރީކޮށްފައިވާ އަންގި، މިހާރު އޮންނަނީ ނައިބު ރައީސް ޓިއޮޑޯރޯ ންގުއެމާ އޮބިއާންގް އަތްޕުޅުގަ އެވެ.

އިކުއެޓޯރިއަލް ގިނީގައި އެއްވެސް ސިޔާސީ މިނިވަންކަމެއް ނޯވެ އެވެ. އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގައި، ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ.

އޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމެއް ވެސް އެ ގައުމުގައި ނޯވެ އެވެ. ރައީސް އޮބިއާންގް ވަނީ އެމަނިކުފާނާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

އެމަނިކުފާނު ބޭނުންވަަނީ ބައިނަަލްއަގްވާމީ މުޖުތަމައުގެ ރުހުން ހޯއްދެވުމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އިކުއެޓޯރިއަލް ގިނީގައި މަރުގެ ހުކުމް ތަންފީޒު ކުރުން އުވާލި އެވެ.

އޮބިއާންގް ރައީސްކަމަށް ވަޑައިގެންނެވީ އަސްކަރީ ބަގާވާތަކަށް ފަހު 1979 ގަ އެވެ. އޭގެ ފަހުން އެމަނިކުފާނުގެ ސަރުކާރު ވައްޓާލަން ވެސް އެތައް ފަހަރަކު އެކި ފަރާތްތަކުން މަސައްކަތް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox