ޓެރަރިސްޓު ހަމަލާ ހުއްޓުވަން މަސައްކަތް ފެށީ ޖޫން މަހު

މިދިޔަ އަހަރު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މިދިޔަ އަހަރު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މި ހަފުތާގެ ތެރޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހުއްޓުވި ޓެރަރިސްޓު ހަމަލާ ހުއްޓުވުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފުލުހުން ފެށި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާ މެދު ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ހުއްޓުވުނު ހަމަލާ ކާމިޔާބުވިނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ.

"މި އަހަރުގެ ޖޫންއިން ފެށިގެން އަޅުގަނޑުމެން ބަލަމުންދިޔަ ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ނޮވެމްބަރު 11 ވަނަ ދުވަހު އައްޑޫގައި އޮޕަރޭޝަން ހިންގީ" ކޮމިޝަނާ ހަމީދު.

Advertisement

ކޮމިޝަނާ އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު ޓެރަރިޒަމްގެ އަމަލުތައް ބޮޑަށް ހިނގަނީ ޑިޖިޓަލް ސްޕޭސްގައި ކަމަށެވެ. އެގޮތުން ސޯޝަލްމީޑިއާގެ އެކި ކްލޯސްޑް ގުރޫޕް ތަކުގައި ހަރުކަށި ފިކުރު ފެތުރުމާއި އެކަމާ ބެހޭ މައުލޫމާތު ފެތެރުމާއި ހަމަލާތައް ރާވާނެ ގޮތްތައް ދަސްކުރަމުންދާކަމަށް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އައްޑޫ އޮޕަރޭޝަނުގައި ރާވަމުންދިޔަ ހަމަލާ ހުއްޓުވުމަށް ފުލުހުންގެ އިންޓެލިޖެންސް ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ކުރިއަށްގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ޖުމްލަ 13 ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫއިން ނުވަ މީހަކު، މާލެއިން ދެ މީހަކު އަދި ގުރައިދޫއިން ދެމީހަކެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ހުއްޓުވީ ގިނަ ބަޔަލު މަރާލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބަޔަކު ދޭން އުޅުނު ހަމަލާއެއް ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަން އަންނަނީ އަދިވެސް ކުރިއަށް ގެންދަމުންނެވެ. އަދި ދެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox