ފެއިލްކޮށްލީ ގިނަ ބަޔަކު މަރައިލަން ދޭން އުޅުނު ހަމަލާއެއް: ފުލުހުން

އިސްކަންދަރު ކޮށީފައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެނީ. އައްޑޫ ގައި ބަޔަކު އުޅުނީ ގިނަ ބަޔަކު މަރައިލަން ހަމަލާއެއް ދޭން ކަމަށް ފުލުހުން މިއަަދު ބުނި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިސްކަންދަރު ކޮށީފައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެނީ. އައްޑޫ ގައި ބަޔަކު އުޅުނީ ގިނަ ބަޔަކު މަރައިލަން ހަމަލާއެއް ދޭން ކަމަށް ފުލުހުން މިއަަދު ބުނި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ފެއިލްކޮށްލީ ގިނަ ބަޔަކު މަރައިލަން ދޭން އުޅުުނު ބޮމުގެ ހަމަލާއެއް ކަަމަށް ފުލުހުން ދާދި ދެންމެ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބައެއް ކަމަށެވެ.

"މިފަރާތްތަކުން ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަން ފާހަގަކުރެވިފައިވޭ،" އުސްވަތު ވިދާޅުވި އެވެ.

އުސްވަތު ވިދާޅުވި ގޮތުގައި އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވަނީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫގަ އެވެ.

ހައްޔަރުކުރި 14 މީހުންގެ ތެރެއިން ނުވަ މީހުންނަކީ މީގެ ކުރިން ވެސް ޓެރަރިޒަމްގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ހަމަލާ ދިނުމަށްޓަކައި ބޭނުންކުރަން ތައްޔާރުކުރަމުން ދިޔަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި އޭގެ ތެރޭގައި ބޮމުގެ ހަމާލާއެއް ދިނުމުގެ ބައެއް ސާމާނުކަމަށް ބެލެވޭ ތަކެތި ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް، އެތަކެތި ތަހުލީލު ކުރެވެމުންދާ ކަމަށް ވިދާޅުވެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީގެ އިތުރުން، އެ ހަމަލާދޭން އުޅުނީ ކޮން ތަނަކަށް ނޫނީ ސީދާ ވަކި ބަޔަކަށް އަމާޒުކޮށްގެންތޯ ވެސް މި ވަގުތު ހާމަކުރެވެން ނެތް ކަމަށް އުސްވަތު ވިދާޅުވި އެވެ.

"އެކަމަކު އެ ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑު. އެހެންވެ އަޅުގަނޑުމެން މި އޮޕަރޭޝަން ޑިސްރަޕްޓިވް އޮޕަރޭޝަނެއްގެ ގޮތުގަ ކުރިއަށް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ މާޗު 27، ގައި ވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި، ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގުމަށްފަހު ނުވަ މީހަކު އައްޑޫން ހައްޔަރުކުރި އެވެ. އޭރު އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021، މާލޭގައި ގޮއްވާލި ވަރުގަދަ ބޮމަށްފަހު ވެސް އައްޑޫއިން ފުލުހުން ބަޔަކު ހައްޔަރު ކުރި އެވެ. އެފަހަރު ޖުމްލަ އަށް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި، ނަޝީދަށް ދިން ހަމަލާ މާސްޓާމައިންޑު ކުރި ކަމަށް ބެލެވޭ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox