ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރައިފި

އިންޑޮނީޝިއާގެ ހޮސްޕިޓަލެއްގައި ތުއްތު ކުދިންތަކެއް. -- ފޮޓޯ: އޭއެފްޕީ

އިންޑޮނީޝިއާގެ ހޮސްޕިޓަލެއްގައި ތުއްތު ކުދިންތަކެއް. -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގެ އާބާދީ އަންގާރަ ދުވަހުގެ ވަގުތެއްގައި އަށް ބިލިއަނަށް އިތުރުވެފައިވާ ކަމަށް އދ. އިން ލަފާކޮށްފި އެވެ.

"މިއީ އިންސާނުންގެ ތަފާތުކަމާއި ހޯދާފައިވާ ކުރިއެރުން ފާހަގަކޮށް، އިންސާނުން ދުނިޔެއަށް އަދާކުރަން ޖެހޭ ޒިންމާ ހަނދާން ކުރަންވީ ވަގުތެއް،" އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އދ. އިން ބުނާ ގޮތުގައި ދުނިޔޭގެ އާބާދީ އިތުރުވަމުން ދަނީ އާއްމު ސިއްހަތާއި، ފައިދާ ހުރި ކާނާ އާއި ބޭސް ފަރުވާ އަދި އަމިއްލަ ސާފުތާހިރުކަން ފަދަ ކަންކަމުގައި އިންސާނުން ހޯދަމުންދާ ކުރިއެރުމުގެ ސަބަބުންނެވެ.

Advertisement

އޭގެ އިތުރުން، ގައުމުތަކުގެ ދަރިމައިވުމުގެ ސިއްހަތު ރަނގަޅުވެ، ވަކިން ހާއްސަކޮށް ފަގީރު ގައުމުތަކުގެ ފާޓިލިޓީ ރޭޓް އުފުލުމަކީ އާބާދީ އިތުރުވުމަށް މަގުފަހިވާ ކަމެކެވެ.

އާބާދީ އުފުލޭ ވަރަކަށް ގައުމުތަކަށް ގެންނަ އިގުތިސާދީ ކުރިއެރުމާ އެކު ތިމާވެއްޓަށް ކުރާ އަސަރުތައް ދަނީ ބޮޑުވަމުންނެވެ. ދުނިޔޭގެ އާބާދީ މާ ބޮޑަށް އުފުލެމުންދާ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

އެހެން ނަމަވެސް، މައްސަލައަކީ އާބާދީ އިތުރުވުން ނޫން ކަމަށް ދެކޭ މީހުން ވެސް ގިނަ އެވެ. އެ މީހުން ދެކޭ ގޮތުގައި އިގްތިސާދީ، އިޖުތިމާއީ ހުރިހާ މައްސަލައެއް ދިމާވަނީ ދުނިޔޭގެ ޖުމްލަ އާބާދީގެ ތެރޭގައި ހިމެނޭ މަދު މަހުޖަނުންތަކެއް މުޅި ދުނިޔޭގެ ގުދުރަތީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާތީ އެވެ.

ނަވާރަ ސަތޭކަ ފަންސާސް ވަނަަ އަހަރު ދުނިޔޭގެ ޖުމްލަ އާބާދީއަކީ 2.5 ބިލިއަނެވެ. އެހެންކަމުން މިހާރު މި ވަނީ ޖުމްލަ އާބާދީ ތިން ގުނައަށް ވުރެ ބޮޑަށް އުފުލިފަ އެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދިޔުމުގެ ކުރިން އާބާދީ 8.5 ބިލިއަނަށް އަރާނެ އެވެ. އޭގެ އިތުރުން 2050 ގައި 9.7 ބިލިއަން އަދި 2080 ގައި 10.4 ބިލިއަނަށް އާބާދީ އިތުރުވާނެ ކަމަަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox