ވޯލްޑް ކަޕާ ކުރިމަތިލާއިރު ހަޒާޑް ހުރީ އުފަލުންނެއް ނޫން

Nov 15, 2022, 3:30 AM
ވޯލްޑް ކަޕާ ކުރިމަތިލާއިރު ހަޒާޑް ހުރީ އުފަލުންނެއް ނޫން

ބްރުސެލްސް،، ބެލްޖިއަމް (ނޮވެމްބަރު 15) - ފަސް ދުވަސްތެރޭ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ފަށާއިރު، ބެލްޖިއަމްގެ ކެޕްޓަން، އެޑެން ހަޒާޑް، ހުރީ އެންމެ ހިތްހަމަޖެހިފައެއް ނޫން ކަމަށް ބުނެފި އެވެ.

ބެލްޖިއަމް އިން މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހޯދި ކާމިޔާބީތަކުގައި ހަޒާޑް، 31، ގެ އިސް ރޯލެއް އެބައޮތެވެ. މި ފަަހަރުގެ ވޯލްޑް ކަޕްގައި ވެސް ބެލްޖިއަމްގެ ކޯޗު، ރޮބާޓޯ މާޓީނޭޒް، ޓީމުގެ ކަންކަމަށް ތަފާތެއް ގެންނަން ރާވާނީ ހަޒާޑް ހިމަނައިގެންނެވެ.

އެކަމަކު، މި ފަހަރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުރިން ދިން އިންޓަވިއުއެއްގައި ހަޒާޑް ވަނީ އޭނާ އަށް ކްލަބް ލެވަލްގައި އެކަށީގެންވާ މިންވަރަށް ކުޅެވިފައިނުވާތީ، "ހުރިހާ ކަމެއް ރަނގަޅު ކަމަށް" ނުބުނެވޭނެ ކަމަށެވެ.

Advertisement

ހަޒާޑް މި ސީޒަނުގެ މިހާތަނަށް ކުޅެފައިވަނީ ރެއާލްގެ ހަ މެޗެއްގަ އެވެ. އެއް ގޯލު ޖެހިއިރު، އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

"ސުވާލަކީ އަހަރެން (ރެއާލްގައި) އެހާ މަދުން ކުޅެނީ ކީއްވެތޯ؟ މި ސީޒަން ފެށުމުގެ ކުރިން އަހަރެން އަންޗެލޮޓީ (ރެއާލްގެ ކޯޗު)އާ އެކު މަޝްވަރާތަކެއް ކުރިން. އަހަންނަށް ގިނަ މެޗުތަކެއް ލިބޭނެ ކަމަށް ބުނި، އެކަމަކު، އެހެނެއް ނުވި، އަހަންނަށް އެ ސަބަބުތަކެއް ސާފެއް ނޫން،" ހަޒާޑް ބުންޏެވެ.

ބެލްޖިއަމުން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ޓީމުގައި މޮޅަށް ކުޅުނު ހަޒާޑް ބުނީ މެޗުތައް ކުޅޭ ވަރަކަށް އޭނާގެ 100 ޕަސެންޓް ފެންނަން ފަށާނެ ކަމަށެެވެ. ރެއާލްގައި މެޗު ކުޅެން ނުލިބި އޮތް އޮތުން، ވޯލްޑް ކަޕަށް ފަހު ބަދަލުވާނެ ކަމަށް ހަޒާޑް އުންމީދުކުރެ އެވެ.

"އަހަރެން ރެއާލް ދޫކޮށްލަން ބޭނުމެއް ނޫން. ފަހަރުގައި ވޯލްޑް ކަޕަަށް ފަހު ކަންތައްތައް ބަދަލުވާގޮތް ތަފާތުވެދާނެ. އަހަރެން ކުޅެން ބޭނުން، އެކަމަކު، އެ ނިންމުން އޮންނާނީ ހުންނަ ކޯޗެއްގެ އަތްމަތީގައި،" ހަޒާޑް ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ހަޒާޑްގެ ސޮއި ހޯދަން އިންގްލެންޑާއި އިޓަލީގެ ޓީމުތަކުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބެލްޖިއަމް ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ހަޒާޑް ވަނީ މިހާތަނަށް އެ ޓީމަށް 122 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ޖުމްލަ 33 ލަނޑު ޖެހި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ހިމެނެނީ ކެނަޑާ، ކްރޮއޭޝިއާ އަދި މޮރޮކޯއާ އެކު ގްރޫޕް އެފްގަ އެވެ. ބެލްޖިއަމް ފުރަތަމަ މެޗުގައި ނުކުންނާނީ މި މަހު 23 ވަނަ ދުވަހު ކެނަޑާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox