އެމްފައިސާ މެދުވެރިކޮށް ޕެޓްރޯލް އަޅައިގެން ސައިކަލެއް ލިބުމުގެ ފުރުސަތު!

ޕެޓްރޯލް ޝެޑުތަކުން އެމްފައިސާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ހަފްލާގައި އުރީދޫގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިރާޝް/އަދަދު

ޕެޓްރޯލް ޝެޑުތަކުން އެމްފައިސާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ހަފްލާގައި އުރީދޫގެ ސީއީއޯ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މިރާޝް/އަދަދު

ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑުތަކަށް އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު، "އެމްފައިސާ" އިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި، ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިކަން ތައާރަފުކުރަން މިއަދު ހެނދުނު ކާނިވާ ކުރިމަތީގައި ހުންނަ ޝެޑު ސަރަހައްދުގައި ބޭއްވި ހަފުލާގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ މީގެ ކުރިން ވޮލެޓު ބާއްވާފައި ގެއިން ބޭރަށް ނުކުމެވުމަކީ ވަރަށް ބޮޑު ހާސް ކަމެއް ލިބޭ ކަމެއް ކަމަށާއި، ނަމަވެސް މިފަދަ ބަދަލުތަކާ އެކު ހުރިހާ ކަމެއް ވެސް ފޯނުން ކޮށްލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އުރީދޫން މަސައްކަތް ކުރަނީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމަށާއި ޕެޓްރޯލް ޝެޑުތަކުން އެމްފައިސާ ބަލައިގަންނަ ފެށުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އެފްއެސްއެމްގެ ޝެޑުތަކަށް އެމްފައިސާއިން ފައިސާ ދެއްކޭ ގޮތް ހެދުން ތައާރަފުކުރަން ބޭއްވި ހަފުލާގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް/އަދަދު
އެފްއެސްއެމްގެ ޝެޑުތަކަށް އެމްފައިސާއިން ފައިސާ ދެއްކޭ ގޮތް ހެދުން ތައާރަފުކުރަން ބޭއްވި ހަފުލާގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް/އަދަދު

އެފްއެސްއެމްގެ ޝެޑުތަކަށް އެމްފައިސާއިން ފައިސާ ދެއްކޭ ގޮތް ހެދުން ތައާރަފުކުރަން ބޭއްވި ހަފުލާގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް/އަދަދު

މި އިންތިޒާމާއެކު މިއަދު ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. ހަ މަސް ދުވަހަށް ހިންގާ މި ޕްރޮމޯޝަންގައި އެމްފައިސާއިން ޕެޓްރޯލަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންގްސްޓަން މޯލްޑިވްސްއިން ސްކޫޕީ ސައިކަލެއް ލިބޭނެ އެވެ.

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް މިހާރު ވެސް ވަރަށް ގިނަ ފިހާރަތަކާއި، ރެސްޓޯރެންޓު އަދި ކެފޭތަކަށް ފައިސާ ދެއްކެ އެވެ. ޒަމާނަށް އައި ބަދަލާ އެކު ހުރިހާ ކަމެއް ޑިޖިޓަލް ވަމުން ދާއިރު، ޕެޓްރޯލު ޝެޑުތަކަށް އެމްފައިސާއިން ބިލް ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށް އެފްއެސްއެމްއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox