ހޮރައިޒަނުން މަސްވެރިންނަށް ފައިސާ ނުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް؛ މަސްވެރިންގެ ދިފާއުގައި ކުއްލި މައްސަލައެއް އޭނާ ވަނީ ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް؛ މަސްވެރިންގެ ދިފާއުގައި ކުއްލި މައްސަލައެއް އޭނާ ވަނީ ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް

ލ. މާންދޫ މަސް ފެކްޓަރީއިން މަސް ކިރުމަށް ފަހު، މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ހޮރައިޒަނުން ހިންގަމުން އަންނަ މާންދޫ މަސް ފެކްޓަރީއަކީ ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިންނަށް ނުހަނު ބޭނުންތެރި ތަނަކަށް ވީއިރު، މިހާތަނަށް އައިރު ވެސް މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަން ފާހަގަކޮށްފަ އެވެ.

މަސްވެރިންގެ އަތުން އެ ފެކްޓަރީން ގަންނަ މަސްތަކުގެ އަގު ތިން ހަފުތާގެ ތެރޭގައި ދެއްކުމަށް އެއްބަސްވެފައި އޮވެ އެވެ. އެހެންނަމަވެސް މި މުއްދަތުގައި ފައިސާ ލިބިފައިނުވާތީ މަސްވެރިން އަންނަނީ މާންދޫގައި މުޒާހަރާ ކުރަމުންނެވެ.

Advertisement

ކުއްލި މައްސަލައިގައި ވަނީ 26 ދޯންޏަކުން ކިރާފައިވާ މަހަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަން ފާހަގަކޮށްފަ އެވެ.

މަސްވެރިންނަށް ދިމާވެފައިވާ މި ހާލަތުން އަރައިގަތުމަށް، މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް މި މައްސަލައިގައި ގޮވާލާފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބަލައިގަންނަ ކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލައަށް ވާހަކަދައްވަކަވަމުން ވިސާމް ވިދާޅުވި ގޮތުގައި މާންދޫއިން މަސް ގަންނަމުން އަންނަނީ މިފްކޯއާ އެއް އަގެއްގައެއް ނޫނެވެ. އަދި މަސްވެރިންނަށް ތެޔޮ ލިބުމުގައި ވެސް ދަތިތަކެއް އެބަހުރި އެވެ.

"ދެކުނުގެ މަސްވެރިންނަށް ވެސް ހަމަ ލިބޭ އަގުގައި ޖެހޭނެ ލާމުގެ މަސްވެރިންނަށް ވެސް މަސް ކިރެން، މި ސަބަބުތަކާ ހުރެ ހަގީގަތުގައި މި ކުއްލި މައްސަލަ މި ހުށަހެޅީ،" ވިސާމް ވިދާޅުވި އެވެ.

މި މައްސަލައިގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް އިއްޔެ ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އެ ސިޓގައި ބުނީ ލ. މާންދޫގައި ގާއިމްކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިން ބާނާ މަސް ކިރައި، އެމަހުގެ ފައިދާ ދޫނުކޮށް އެތަކެއް ދުވަހެއް ވެފައިވާ ކަމަށާއި، އެ ފައިސާގެ އަދަދު މިހާރު މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންނާއި، މަސްވެރިންގެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox