ބޭންކް އޮފް މޯލްޑިވްސްގެ އެމެކްސް ކާޑުން ވިޔަފާރި ކޮށްގެން ދެ މީހަކަށް، ލަންޑަން ދަތުރަކާއި ދަތުރު ހަރަދަށް 1000 ޕައުންޑު (18،100ރ.) ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޑިސެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓު ކާޑުން ރާއްޖޭގައި ވިޔަފާރި ކޮށްގެން ބައިވެރިވެވޭނެ އެވެ. ނަމަވެސް، ބީއެމްއެލްގެ ސްޓާފުންނާއި އާއިލާ މެމްބަރުންނަށް ބައިވެރިއެއް ނުވެވޭނެ އެވެ.

މި ޕުރޮމޯޝަނުގައި ބައިވެރިވާން ބޭނުންފުޅު ނުވާ ފަރާތްތަކުން ބީއެމްއެލްއާއި ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެ ބޭންކުން އެދޭ -- ފޮޓޯ: ބީއެމްއެލް
ނަސީބުވެރި ދެ ފަރާތަކަށް ލިބޭ ލަންޑަން ދެކޮޅު ޓިކެޓުގެ އިތުރުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަކަށް 5000ރ. ލިބޭނެ އެވެ.
ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރިންގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުގައި އާއްމު ކުރާނެ އެވެ. ލަންޑަންގެ ދަތުރު ކުރަންޖެހޭނީ އަންނަ އަހަރުގެ އޭޕްރިލް މަހާއި އޯގަސްޓު މަހާ ދެމެދު އެވެ.










