އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.25 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގާ އިމާރާތް. ފޮޓޯ: އަދަދު

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގާ އިމާރާތް. ފޮޓޯ: އަދަދު

ފާއިތުވި އޮކްޓޫބަރު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.25 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 24.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އެ އޮތޯރިޓީން އަންދާޒާ ކުރި އަދަދަށް ވުރެ 28.5 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ލިބުނު އާމްދަނީއަށް ވުރެ ފާއިތުވި މަހުގެ އާމްދަނީ އިތުރުވެފައިވަނީ ޖީއެސްޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރު ވެފައި ވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ ނިމުނު މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.5 އިންސައްތަ މަދުވި ނަމަވެސް ކުރީ އަހަރަށްވުރެ މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ އެއާޕޯޓު ޓެކުހާއި ފީގެ ރޭޓަށް އައި ބަދަލުގެ ސަބަބުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެއާޕޯޓު ޑެވެލޮޕްމަންޓު ފީ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި އޮކްޓޫބަރު މަހު މީރާއަށް 132.65 މިލިއަން ރުފިޔާ ލިބުނެވެ.

އެ އޮތޯރިޓީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ރިވެނިއުގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީގެ އެއްމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީ އެވެ. އެއީ އެ މަހު ލިބުނު ޖުމްލަ އާމްދަނީގެ 57.4 އިންސައްތަ އެވެ. ރުފިޔާއިން ބަލާނަމަ އެއީ، 716.47 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެއްމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ، 127.97 މިލިއަން ރުފިޔާ އެވެ.

އޭގެއިތުރުން ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައި 100.51 މިލިއަން ރުފިޔާ ލިބުނު އިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ލިބުނެވެ.

އޮކްޓޫބަރު މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް އެ އޮތޯރިޓީން އާއްމުކުރި ރިޕޯޓުގައި ވެއެވެ.

މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ މީރާއަށް ލިބުނު އާމްދަނީ 28.5 އިންސައްތަ އިތުރުވެފައިވާ އިރު މި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު އިތުރު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. އެގޮތުން ޖީއެސްޓީ އަށް އިންސައްތައަށް އަދި ޓީޖީއެސްޓީ 16 އިންސައްތައަށް ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ދެން އޮންނާނީ ކޮމިޓީ ރިޕޯޓު ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުުމުގައި ބިލާ މެދު ބަހުސްކޮށް ގޮތެއް ނިންމުމެވެ.

މިހާރު ހަ ޕަސެންޓުގައި ނަގަމުންދާ ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކޮށްފި ނަމަ މުދަލާއި ހިދުމަތުގެ އަގު 2.5 ޕަސެންޓުން އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓަރީން ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox