ކުޅިވަރު ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑު "އަދަދު" ގެ އައްޒާމަށް

ކުޅިވަރު ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑު "އަދަދު" ގެ އައްޒާމަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އިނާމު، އަދަދުގެ އެސޯސިއޭޓް އެޑިޓަރު އައްޒާމް އަލިފުޅު ހާސިލުކޮށްފި އެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާފައި އައްޒާމް، މި އެވޯޑު ކާމިޔާބު ކުރީ، ހުސައިން ހަބީބު އާއި މުހައްމަދު ޝައްމޫނާ ވާދަކޮށްގެންނެވެ. އައްޒާމަށް ވަނީ މީގެ ކުރިން ވެސް ތިން ފަހަރު ކުޅިވަރު ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ހާސިލުކޮށްފަ އެވެ.

އައްޒާމަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަތާ މިއީ އަށް ވަނަ އަހަރެވެ.

އައްޒާމް ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރު ސީއެންއެމް ނޫހުންނެވެ. އެއަށްފަހު ހަވީރު ނޫހާއި މިހާރު ނޫހުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު އަދަދު ނޫސް ފެށުމާއެކު، އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމުގައި އައްޒާމް ގެންދަނީ ނޫސްވެރިކަމަށް އަގުހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޒާމްގެ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ ވަނީ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ގިނަ ކުޅިވަރު މުބަރާތްތަކެއް ކަވަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމަންވެލްތު ގޭމްސްއާއި، އިސްލާމިކް ސޮލިޑާރިޓީ ގޭންސްގެ އިތުރުން ސައުތް އޭޝިއަން ގޭމްސް ހިމެނެ އެވެ.

ނޫސްވެރިކަމުގެ އިތުރުން އައްޒާމް ވަނީ މައިލޯގެ ފަރާތުން ރާއްޖޭގެ ކުޅިވަރުގެ ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއަށް ވެސް ހިދުމަތްކޮށްފައިވާއިރު، އެ ކޮމިޓީން ވަނީ ދެ ފަހަރެއްގެ މަތިން އޭނާއަށް އަގުވަޒަން ކުރުމުގެ އެވޯޑް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox