ނެޓްފްލިކްސްގެ އެންމެ ފުރަތަމަ ލައިވް ޝޯ ހުށަަހަޅައިދޭނީ ކޮމީޑިއަން ކްރިސް ރޮކް ކަމަށް އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ކްރިސް ރޮކް ވަގުތުން ސްޓޭންޑް އަޕް ކޮމެޑީ ޝޯއެއް ހުށަހަޅައިދޭ އިރު، ނެޓްފްލިކްސުން ސްޓްރީން ކުރެވޭނެ އެވެ.
ނެޓްފްލިކްސުން އުއްމީދު ކުރަަނީ އެއާއެކު އެ ޕްލެޓްފޯމަށް އިތުރު ލައިވް ކޮންޓެންޓެއް ގެނެވޭނެ ކަމަށެވެ. އެގޮތުން ކުޅިވަރާއި، ރިއެލިޓީ ޝޯތަކާއި އެހެން ބޮޑެތި އިވެންޓުތައް ލައިވްސްޓްރީމް ކުރުމުގެ ވިސްނުން ކުންފުނިން ގެންގުޅެ އެވެ.
މީގެ ކުރިން މިފަދަ ލައިވް ޝޯތައް އާންމުކޮށް ދައްކަނީ ހަމައެކަނި ޓީވީ ޗެނަލްތަކާއި ބްރޯޑްކާސްޓަރުންނެވެ.
މި އަހަރު ލައިވް ޓީވީގައި ހިނގި އެންމެ ބޮޑު އެއް ހާދިސާ ގުޅިފައި ވަނީ ކްރިސް ރޮކްއާ އެވެ. އެއީ އޮސްކާ އެވޯޑް ހަފުލާގެ ތެރެއިން އެކްޓަރު ވިލް ސްމިތު އޭނާގެ ކަންކަށި މަތީގައި ޖެހި ހާދިސާ އެވެ.











