ފަސް އަހަރަށް ފަހު ގޮޓްޒާ އެނބުރި ޖަރުމަނު ގައުމީ ޓީމަށް

Nov 10, 2022, 3:31 PM
ފަސް އަހަރަށް ފަހު ގޮޓްޒާ އެނބުރި ޖަރުމަނު ގައުމީ ޓީމަށް

މިއުނިކް (ނޮވެމްބަރު 10) - މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ ގައުމީ ޓީމުގެ ސްކޮޑް މިއަދު އިއުލާންކުރިއިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުޖެހި އެޓޭކިން މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ސްކޮޑުގައި ހިމަނައިފި އެވެ.

ޖަރުމަން ބުންޑަސްލީގާގެ އެއިންޓްރަކްޓް ފްރޭންކްފާޓަށް މިހާރު ކުޅެމުންދާ ގޮޓްޒާ ،30، އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު ފްރާންސާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.

"މާރިއޯ ގޮޓްޒާ ޓީމަށް އެނބުރި މިއައީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް. އަހަރަމެން އެންމެނަށް ވެސް އެނގޭ ގޮޓްޒާ އަކީ މޮޅު ކުޅުންތެރިއެއްކަން. މި ފަހުން ކުޅުނު މެޗުތަކުގައި އޭނާ ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން،" ގޮޓްޒާއާ ގުޅޭ ގޮތުން ޖަރުމަންގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކަށް ކުޅުނު ގޮޓްޒާ ސްކޮޑަށް ނެގިއިރު، ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް އާއި ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމަލްސް އަދި އިންޓަ މިލާންގެ ޑިފެންޑަރު ރޮބިން ގޯސެންސް އަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ.

ރޮއިސް އަށް ސްކޮޑުން ޖާގަ ނުލިބުނީ ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެންނެެވެ. ރޮއިސް ،33، އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ ވެސް އަނިޔާގެ މައްސަލަތަކާހެދި ގެއްލުނެވެ.

ފްލިކް ބުނީ ރޮއިސް ނެތުމަކީ ޓީމަށް ލިބޭ އުނިކަމަކަށްވިޔަސް، "ރިސްކެއް" ނަގަން އޭނާ ބޭނުންނުވީ ކަމަށެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން ރޮއިސްގެ ފިޓްނަސްއާމެދު ސުވާލު އުފެދިފައިވާ ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ.

އަނިޔާއާ ހެދި ޖަރުމަނު ޓީމުން ބާކީވި އަނެއް ކުޅުންތެރިއަކީ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފޯވާޑް، ޓިމޯ ވާނާ އެެވެ.

ވޯލްޑް ކަޕަށް ޖަރުމަންގެ ކޯޗު ނެގި 26 މީހުންގެ ސްކޮޑުގައި ޑޯޓްމަންޑްގެ ޒުވާން ފޯވަޑް ޔޫސޮފާ މޫކޯކޯ އަސް ވަނީ ފުރުސަތު ދީފައެވެ. މިއީ އުމުރުން 17 އަހަރުގެ މޫކޯކޯ ޖަރުމަންގެ ސީނިއާ ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. މި ސީޒަނު ޖަރުމަނު ލީގުގައި އޭނާ ވަނީ ޑޯޓްމަންޑަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އީގައި ޖަރުމަނާ އެކު އޮތީ ޖަޕާނާއި ސްޕެއިން އަދި ކޮސްޓަ ރީކާއެވެ. މުބާރާތުގައި ޖަރުމަން ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި ޖަރުމަންގެ ސްކޮޑް:

ގޯލްކީޕަރުން: މެނުއަލް ނޯޔާ (ބަޔާން މިއުނިކް/ޖަރުމަން)، މާކް އަންދްރޭ ޓާ ސްޓެގެން (ބާސެލޯނާ/ސްޕެއިން)، ކެވިން ޓްރަޕް (އައިންޓްރަކްޓް ފްރޭންކްފާޓް/ޖަރުމަން)

ޑިފެންޑަރުން: އާމެލް ބެލާ-ކޯޗަޕް (ސައުތުހެމްޕްޓަން/އިންގްލެންޑް)، މަތިއަސް ގިންޓާ (ފްރައިބާގް/ޖަރުމަން)، ކްރިސްޓިއަން ގުއެންޓާ (ފްރައިބާގް/ޖަރުމަން)، ތީލޯ ކޭރާ (ވެސްޓް ހޭމް/އިންގްލެންޑް)، ލޫކަސް ކްލޮސްޓެމާން (އާރްބީ ލައިޕްޒިގް/ޖަރުމަން)، ޑޭވިޑް ރައުމް (އާރްބީ ލައިޕްޒިގް/ޖަރުމަން)، އެންޓޯނިއޯ ރޫޑިގާ (ރެއާލް މެޑްރިޑް/ސްޕެއިން)، ނީކޯ ޝްލޮޓަބެކް (ބޮރޫޝިއާ ޑޯޓްމަންޑް/ޖަރުމަން)، ނިކްލަސް ސޫލާ (ބޮރޫޝިއާ ޑޯޓްމަންޑް/ ޖަރުމަން)

މިޑްފީލްޑަރުންނާއި ފޯވަޑުން: ކަރީމް އަޑެޔޭމީ (ބޮރޫޝިއާ ޑޯޓްމަންޑް/ޖަރުމަން)، ހޫލިއަން ބްރަންޑްޓް (ބޮރޫޝިއާ ޑޯޓްމަންޑް/ޖަރުމަން)، ނިކްލަސް ފުއެލްކްރަގް (ވާޑާ ބްރޭމަން/ޖަރުމަން)، އާޖް ގްނަބްރީ (ބޮރޫޝިއާ ޑޯޓްމަންޑް/ ޖަރުމަން)، ލެއޮން ގޮރެޓްޒްކާ (ބަޔާން މިއުނިކް/ޖަރުމަން)، މާރިއޯ ގޮޓްޒާ (އެއިންޓްރަކްޓް ފްރޭންކްފާޓް/ ޖަރުމަން)، އިލްކައި ގުންޑޮގާން (މެންޗެސްޓާ ސިޓީ/އިންގްލެންޑް)، ކައީ ހަވާޓްޒް (ޗެލްސީ/އިންގްލެންޑް)، ޖޯނަސް ހޮފްމަން (ބޮރޫޝިއާ މޮންޗަންގްލަޑްބަކް/ޖަރުމަން)، ޔޯސުއާ ކިމިޗް (ބަޔާން މިއުނިކް/ޖަރުމަން)، ޔޫސުފާ މުކޯކޯ (ބޮރޫޝިއާ ޑޯޓްމަންޑް/ޖަރުމަން)، ތޯމަސް މުލާ (ބަޔާން މިއުނިކް/ޖަރުމަން)، ޖަމާލް މުސިއާލާ (ބަޔާން މިއުނިކް/ޖަރުމަން)، ލެރޯއި ސާނޭ (ބަޔާން މިއުނިކް/ޖަރުމަން)

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox