އިމާރާތުގެ ހާލަތު ވަރަށް ދެރަ، ކުދިކުދި ގޮޅިތަކެއްގައި މީހުންތައްވީ ތާށި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް

މާލޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާއިރު, އަލިފާން ރޯވި އިމާރާތަކީ ވަރަށް ދެރަ ފެންވަރެއްގައި ހުރި އިމާރާތެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އަދި އެ އިމާރާތުގެ އެންމެ ތިރީގައި ހިންގާ ގަރާޖުގައި އަލިފާންގަނޑު ރޯވުމާ އެކު އޭގެ މަތީ ދެ ފެންގިފިލާގައި ދިރިއުޅޭ ބިދޭސީންނަށް ބޭރަށް ނުކުމެވޭނެ ގޮތް ނުވެ, ތާށިވި އެވެ. ސަލާމަތްވެގެން ބޭރަށް ނުކުމެވެނީ މަދު ބަޔަކަށެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު މަރުވާން މެދުވެރީ އެމީހުންނަށް ސަލާމަތްވާން ބޭރަށް ނުނިކުމެވި, އަދި އެ ތަނުގެ ހާލަތު ހުރި ގޮތުން ބޭރަށް ނުކުންނާނެ ގޮތެއް ތާށިވި މީހުންނަށް ނޭނގިގެންނެވެ.

ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 10 އަކަށް އަރާފައިވާއިރު, އަދިވެސް ބައެއް މީހުން ފެނިފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. މަރުވި ގިނަ މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.

އެ އިމާރާތަށް މީގެ ކުރިން ޒިޔާރަތްކޮށްފައިވާ އިންޑިއާގެ އަންހެނަކު "އަދަދު" މައުލޫމާތު ދިން ގޮތުގައި ދެ ބުރިއަށް ނަގާފައި ހުރި އެ އިމާރާތުގައި ޖުމްލަ 10 ކޮޓަރި ހުރެ އެވެ. އަދި އެއީ ދެމަފަރިން އުޅެވޭ ގޮތަށް ހަދާފައި ހުންނަ ތަނެއް ކަމަށެވެ.

އިމާރާތުގައި އުޅޭ މީހުންގެ އަދަދު 20 އަށްވުރެ ގިނަވާނެ ކަމަށާއި އެ އެންމެން ބޭނުންކުރަން ހުންނަނީ ތިން ފާހަނާ ކަމަށްވެ އެވެ.

"އިންޑިއާ މީހުން އުޅެނީ، އަންދްރާގެ މީހުން ގިނައީ," އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މި ކޮޓަރިތަކަކީ މަހު ކުލި ދައްކާ ކޮޓަރިތަކެކެވެ. އަދި އެ ކޮޓަރިތަކަކީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ގޮޅިތަކެއް ކަމަށް ވެސް މައުލޫމާތު ދިނެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ކޮޓަރި އަދި އެޕާޓުމަންޓުތައް ކުއްޔަށްދޭ މައްސަލަ ބޮޑުވެފައިވާއިރު މިހާތަނަށް އެކަމަށް އެދެވޭނެ ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox