ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރާނެ، އެއްވެސް ކަމަކަށް އެއްބަސްވެފައެއް ނޯންނާނެ: ޝާހިދު

ޗާގޯ މައްސަލާގައި، ބަންޑާރަ ނައިބު ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް

ޗާގޯ މައްސަލާގައި، ބަންޑާރަ ނައިބު ރިފްއަތާއި ފޮރިން މިނިސްޓަރު ޝާހިދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ރައީސް އޮފީސް

ބައިނަލް އަގްވާމީ ކޯޓު، އިޓްލޮސްއަށް ހުށަހެޅިފައިވާ ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އެ އޮންނަ އުސޫލެއްގެ ތެރެއިން އާންމުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އެންމެ ފުރަތަމަ ވަނީ މައްސަލައިގެ ތާރީހަށް އަލިއަޅުއްވާލައްވައިފަ އެވެ.

Advertisement

މިނިސްޓަރު ޝާހިދު ކިޔައިދެއްވީ ޗާގޯސްގެ ރަށްތަކުގެ ޒަމާންވީ އެ މައްސަލައަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ހަމައަށް އެ މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކެވެ.

އަދި ބަންޑާރަ ނައިބު ރިފްއަތު އެރުއްވީ މިހާރު އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި މޮރިޝަސް އިން ކަނޑުގެ ސަރަހައްދު ބަހަން ބޭނުންވާ ގޮތުގެ ތަފުސީލުތަކެވެ. އަދި އެ ހުށަހެޅުންތަކަށް ރާއްޖޭން ތާއީދު ނުކުރާ ކަމާއި ދުވަހަކު ވެސް ތާއީދުނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ނޫސްވެރިންނަށް ސުވާލުކުރުމަށް ދިން ފުރުސަތުގައި ގިނަ ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރެވުނީ ރައީސް ފޮނުވި ސިޓީފުޅަށެވެ. މޮރިޝަސްއަށް ތާއީދުކުރާނެ ކަމަށް ސިޓީއެއް ފޮނުވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އަދި ސިޓީގައި އޮތް އެއްޗެއް ވިދާޅުވެދެއްވަން ވެސް ނޫސްވެރިން އެދުނެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ފޮނުވި ސިޓީފުޅުގައި ދިވެހި ސަރުކާރުގެ ސްޓޭންޑަށް ބަދަލެއް ގެނެސްފައި ނޯންނާނެ ކަމަށެވެ. އަދި ސިޓީފުޅުގައި ވާނީ އދ. ގައި ދެން އެފަދަ ވޯޓެއް އައިސްފިނަމަ މޮރިޝަސްއާ އެއްކޮޅަށް ދޭނީ އިސްތިއުމާރީ ބާރުތަކާ ރާއްޖޭން ދެކޮޅުވުމުން ކަމަށެވެ.

"ރައީސް ފޮނުވި ސިޓީފުޅުގައި ވެސް މި ފާހަގަ ކުރަނީ މޮރިޝަސްގެ އިސްތިއުމާރީ މިނިވަންކަން އޮތުމާ ތިމަންނަމެން ދެކޮޅެއް ނުހަދަމޭ، އެކަމަކު ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އޮތް މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރުމުގައި ދެމިހުންނާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

ރައީސްގެ ސިޓީފުޅު އާންމުކުރާނެތޯ "އަދަދު" އިން ސުވާލުކުރުމުން މިނިސްޓަރު ޝާހިދު ވިދާޅުވީ "ހަމަޖެހިފައި އޮންނަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ރައީސްގެ ސިޓީ އާންމު ކުރާނެ،" ކަމަށެވެ.

އެ ސިޓީފުޅުގައި ރާއްޖެއަށް ކަނޑުގެ ސަރަހައްދުގެ އެއްވެސް ބަޔެއް ލިބޭ ގޮތަށް ނޫނީ ދޫކޮށްލާ ގޮތަށް އެއްބަސްވެފައިވޭތޯއާއި އެއްވެސް ކަމެއް މޮރިޝަސްއަށް ޝަރުތުކޮށްފައި އޮންނާނެތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. މިނިސްޓަރު ވިދާޅުވީ "އެފަދަ އެއްވެސް އެއްބަސްވުމަކަށް ދިއުމަށް ނޯންނާނެ" ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މޮރިޝަސް އިން ފުރަތަމަ ހުށަހެޅި މައްސަލައަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރިޝަސްގެ ސިިޔާދަތީ ބާރު އޮތް ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ކޯޓުން އދ. އަށް ލަފާ ދިނީ ވެސް އެ ގޮތަށެވެ.

ދެން އދ. އަށް މޮރިޝަސް އިން 2019 ވަނަ އަހަރު ހުށަހެޅި ގަރާރަށް ރާއްޖޭން ވޯޓު ދިނީ ދެކޮޅަށެވެ. ޝާހިދު ވިދާޅުވީ ވޯޓު ނުދިން ތަފުސީލު އދ. އާ ހިއްސާކުރަން އޮންނައިރު، އޭގައި ދެކޮޅު ހެދި ސަބަބެއްގެ ގޮތުގައި އޭރު ވެސް ލިޔެފައި އޮންނާނީ ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ސްޓޭންޑް ގަބޫލުނުކުރާތީ ކަމަށެވެ. ވޯޓު ނުދިނީ މޮރިޝަސްގެ ސިޔާދަތު ގަބޫލުނުކުރާތީވެ ނޫން ކަމަށް ލިޔެފައި އޮންނާނެ ކަމަށެވެ.

އިޓްލޮސްގައި މިހާރު އޮތް މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު ރިފްއަތު ވެސް މިރޭ ވިދާޅުވީ އެ މައްސަލާގައި ކަނޑުގެ އެންމެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށް މައްސަލަ ނިމިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ ގޮތުގެ މަތިން ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox