ކިމް ޖޮންގް އުން ހަދިޔާ ކުރެއްވި ކުއްތާތައް ދައުލަތާ ހަވާލުކުރަނީ

ކިމް ޖޮންގް އުން އެ ކުއްތާތައް ހަދިޔާ ކުރެއްވީ ދެކުނު ކޮރެއާގެ ކުރީގެ ރައީސަށް. -- ފޮޓޯ: ރޮއިޓާޒް

ކިމް ޖޮންގް އުން އެ ކުއްތާތައް ހަދިޔާ ކުރެއްވީ ދެކުނު ކޮރެއާގެ ކުރީގެ ރައީސަށް. -- ފޮޓޯ: ރޮއިޓާޒް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ހަދިޔާ ކުރެއްވި ކުއްތާތައް ދައުލަތާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ދެކުނު ކޮރެއާގެ ކުރީގެ ރައީސް މޫން ޖޭ އިން ވިދާޅުވެއްޖެ އެވެ.

އެގޮތަށް ނިންމެވީ އެ ކުއްތާތައް ބެލުމަށް ކުރަން ޖެހޭ ހޭދައިގެ މައްސަލައިގައި މޫން ޖޭ އިން އާއި މިހާރުގެ ސަަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމެއްގެ ސަބަަބުން ކަމަށް ބެލެވެ އެވެ.

ކިމް ޖޮންގް އުން އެ ކުއްތާތައް ހަދިޔާ ކުރެއްވީ 2018 ވަނަ އަހަރު ދެ ކޮރެއާގެ ދެމެދުގައި ބޭއްވި ސަމިޓަކަށް ފަހު އެވެ.

މިދިޔަ މޭ މަހު ރައީސްކަމުގެ ދައުރު ނިމުމުން ވެސް އެ ކުއްތާތައް ހުރީ މޫން ޖޭ އިންގެ ބެލުމުގެ ދަށުގަ އެވެ. އެހެން ނަމަވެސް، އެމަނިކުފާނު މިހާރު ބޭނުން ވަނީ ދައުލަތާ ހަވާލު ކުރުމަށެވެ.

ހުދު ކުލައިގެ ޕުންގްސަން ބްރީޑްގެ ދެ ކުއްތާގެ ނަމަކީ ގޯމީ އަދި ސޮންގްގަންގް އެވެ. ގާނޫނީ ގޮތުން އެ ކުއްތާތަކަކީ ދައުލަތުގެ މުދަލެވެ.

ރިޕޯޓުތައް ބުނާ ގޮތުން މޫން ޖޭ އިން އާއި އިންޓީރިއާ މިނިސްޓްރީއާ ދެމެދު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން އެ ކުއްތާތަށް ބެލެހެއްޓުމަށް ދާ ހޭދަ ދައުލަތުން ފޯރުކޮށްދޭނެ އެވެ.

ދެކުނު ކޮރެއާގެ ނޫސްތަކުން ބުނާ ގޮތުގައި އެކަމަށް ކޮންމެ މަހަކު ވެސް 1،800 އެމެރިކާ ޑޮލަރު ހޭދަވެ އެވެ.

މޫން ޖޭ އިންގެ އޮފީހުން ބުނީ މިހާރުގެ ރައީސް ޔޫން ސުކް ޔޯލްގެ ސަރުކާރުން ކުއްލިއަކަށް އެއްބަސްވުމާ ދެކޮޅުވުމުން، އިތުރަށް ކުއްތާތައް ބެލެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ޔޫން ސުކް ޔޯލްގެ އޮފީހުން ބުނީ ކުއްތާތަކުގެ މައްސަލައިގައި އެމަނިކުފާނު ނުފޫޒު ނުފޯރުވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ކުރަނީ ކަމާ ބެހޭ އިދާރާތަކުން ކަމަށެވެ.

ޔޮންހަޕް ނިއުސް އެޖެންސީން ބުނީ ރައީސް ޔޫން ސުކް ޔޯލްގެ ބެލުމުގެ ދަށުގައި ހަތަރު ކުއްތާ އާއި ތިން ބުޅާ މިހާރު ވެސް ގެންގުޅުއްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox