އިމްރާން ހާނަށް ދިން ހަމަލާ ތަހުގީގު ކުރަން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ވަޒަން އެރީ ފަޔަށް. -- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ވަޒަން އެރީ ފަޔަށް. -- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އިމްރާން ހާނަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން ވަގުތުން ތަހުގީގެއް ފެށުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

ކުރީގެ ބޮޑު ވަޒީރަށް އަމާޒުކޮށް ދިން ހަމަލާގައި ވަޒަން އެރީ ފަޔަށެވެ. އެ ހަމަލާ ދިނީ ބުރާސްފަތި ދުވަހު ޕަންޖާބް ޕްރޮވިންސްގައި ސަޕޯޓަރުންނާ އެކު ބޮޑު ހިނގާލުމެއް ކުރިއަށް ގެންދަވަނިކޮށެވެ.

އެ ހަމަލާގައި އެކަކު މަރުވެ 10 މީހުންނަށް އަނިޔާވި އެވެ. އިމްރާން ހާން ތުހުމަތު ކުރެއްވީ މިހާރުގެ ބޮޑު ވަޒީރު، އިންޓީރިއާ މިނިސްޓަރު އަދި ސިފައިން އިސް ޖެނެރަލެއް އެކަމުގެ ފަހަތުގައި ތިއްބެވި ކަމަށެވެ.

އެހެން ނަމަވެސް، އެ ހުރިހާ ފަރާތްތަކުން ތުހުމަތު ދޮގުކުރައްވަ އެވެ.

އިމްރާން ހާން ވިދާޅުވީ ހަމަލާގެ ތުހުމަތު ކުރެވޭ ސިފައިންގެ ޖެނެރަލަކީ ޖާސޫސީ އިދާރާ އައިއެސްއައިގެ އިސް މަގާމެއް ފުރުއްވާ ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕަންޖާބް ޕްރޮވިންސްގެ ފުލުހުންނަށް ދިން ބަޔާނުގައި އޭނާގެ ނަން ފާހަގަކޮށްފައި ވާތީ، މައްސަލަ ތަހުގީގު ކުރަން ފެށޭނީ އޭނާގެ ނަން އުނިކުރުމުން ކަމަށް އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނީ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ރަސްމީ ތަހުގީގެއް ފުލުހުން ނުފަށައި ތިބި ސަބަބެއް ސާފުކުރަން ބޭނުންވާ ކަމަށެވެ.

އޭގެ އިތުރުން 24 ގަޑިއިރުގެ ތެރޭގައި ތަހުގީގު ފެށުމަށް ވެސް ފުލުހުންގެ މައްޗަށް އަމުރުކުރި އެވެ.

"ފުލުހުން ތަހުގީގު ނުފަށައި ތިބި ނަމަ، ކްރައިމް ސީންގައި ހެކި ނެތިގެން ގޮސްފައިވުމަކީ އެކަށީގެންވާ ކަމެއް. އެހެންވެއްޖެ ނަމަ، މައްސަލައިގައި ހިޔާލު ތަފާތުވުން އުފެދި، ކޯޓުން ހެކި ބަލައިނުގަންނާނެ،" އުއްތަމަ ފަނޑިޔާރު އުމަރް އަތާ ބަންދިއާލް ވިދާޅުވި އެވެ.

އުމުރުފުޅުން 70 އަހަރުގެ އިމްރާން ހާނަށް ދިން ހަމަލާގައި ޒަަހަމްވީ ފަޔެވެ. އެމަނިކުފާނު ގެންދަވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

މައްސަލައިގެ ތުހުމަތަށް އެކަކު ހައްޔަރުކޮށްފައި ހުރި އިރު، އޭނާއާ ދެކޮޅަށް މިހާތަނަށް ދައުވާއެއް ނުއުފުލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox